ސިޓީގެ ކެޕްޓަން ގުންޑޮގާން އެފްއޭ ކަޕްގެ ތަށި އުފުލާލަނީ
ކުޅިވަރު
03 Jun 2023 | 22:09
ޔުނައިޓެޑް ބަލިކޮށް މެންޗެސްޓާ ސިޓީން އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

ދުނިޔޭގެ އެންމެ ގިނަދުވަސްވީ ފުޓްބޯޅަ މުބާރާތް ކަމުގައިވާ އިގިރޭސި އެފްއޭ ކަޕްގެ ފައިނަލްގައި ވާދަވެރި ޔުނައިޓެޑް ބަލިކޮށް މެންޗެސްޓާ ސިޓީ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

އިގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅެވުނު ފައިނަލް މެޗު ވާދަވެރި ކުޅުމަކަށްފަހު މެންޗެސްޓާ ސިޓީން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ސިޓީގެ ދެ ލަނޑު ވެސް އެޓީމުގެ ޖަރުމަނު މިޑްފީލްޑަރު ގުންޑޮގާން ކާމިޔާބުކޮށްދިންއިރު، ޔުނައިޓެޑުގެ ހަމައެކަނި ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ ޕޯޗުގަލްގެ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭޒް އެވެ.

މެޗު ފަށައިގެން 13 ވަނަ ސިކުންތުގައި ގުންޑޮގާން މެންޗެސްޓާ ސިޓީއަށް ލީޑު ހޯދައިދިންއިރު، މިއީ އެފްއޭ ކަޕްގެ 152 އަހަރުވީ ދިގު ތާރީޚްގައި މުބާރާތުގެ ފައިނަލް މެޗެއްގައި މިހާތަނަށް ފެނިގެންދިޔަ އެންމެ އަވަސް ލަނޑެވެ. މީގެ ކުރިން މިރެކޯޑު އޮންނަނީ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ފޯވާޑް ލުއިސް ސާހާގެ އަތުގައެވެ. އެއީ 2009 ވަނަ އަހަރުގެ އެފްއޭ ކަޕް ފައިނަލުގައި މެޗު ފެށިގެން 25 ވަނަ ސިކުންތުގައި ކާމިޔާބުކޮއްފައިވާ ލަނޑެކެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ސިޓީން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް މިހާފުގައި ލަނޑުޖަހާނެ މާގިނަ ހުސް ފުރުސަތުތަކެއް ދެޓީމުންކުރެ އެއްވެސް ޓީމަކަށް ތަނަވަސްކުރެވިފައެއް ނުވެއެވެ.

ފުރަތަަމަ ހާފުގައި މެންޗެސްޓާ ޔުނައިޓެޑުން މެޗުގެ ނަތީޖާ އެއްވަރުކުރި ޕެނަލްޓީއަކީ މެޗުގެ 33 ވަނަ މިނެޓުގައި ސިޓީގެ ޕެނަލްޓީ އޭރިއާ ތެެރެއިން އެޓީމުގެ އިގިރޭސި ފޯވާޑް ގްރިލިޝް އަތުގައި ބޯޅަ ޖެހުމުން ވީއޭއާރުން ބެލުމަށްފަހު ރެފްރީ ދިން ޕެނަލްޓީއެކެވެ.

މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މި މެޗުން ސިޓީ މޮޅުވި ލަނޑު ދެވަނަ ހާފުގެ 51 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖަރުމަނުގެ މިޑްފީލްޑަރު ގުންޑޮގާން އެވެ. މިއީ އެޓީމަށް ލިބުނު ކޯނަރަކުން ކެވިން ޑިބްރޭނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޔުނައިޓެޑުގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ގޯލްގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި މެޗުން މޮޅުވެ އެފްއޭ ކަޕްގެ ޗެމްޕިއަންކަން މެންޗެސްޓާ ސިޓީން ހޯދިއިރު، މިސީޒަނުގައި ޕްރެމިއާ ލީގު ޗެމްޕިއަންކަން ހޯދާފައިވަނީ ވެސް އެޓީމުވެ. މީގެ އިތުރުން މި މަހުގެ 10 ދުވަހުގެ ރޭ ޔުއެފާ ޗެމްޕިއަންސްލީގުގެ ފައިނަލުގައި އިޓަލީގެ އިންޓަ މިލާނާއި ދެކޮޅަށް ސިޓީ ނުކުންނައިރު، އެ މެޗު ކާމިޔާބުކޮށްގެން ޔުނައިޓެޑުގެ ތާރީޚީ ރެކޯޑާއި އަރާ ހަމަކުރުމުގެ ފުރުސަތު އެޓީމަށް ފަހިވެފައެވެ.

1999 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑުން ވަނީ ޕްރެމިއާ ލީގާއި، އެފްއޭ ކަޕްގެ އިތުރުން ޔުއެފާ ޗެމްޕިއަންސްލީގުގެ ޗެންޕިއަންކަން ހޯދާފައެވެ. މިއީ މިހާތަނަށް އިގިރޭސި އިތުރު ކުލަބަކަށް ހާސިލްކުރެވިފައިވާ ކާމިޔާބެއް ނޫނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.