ވޯލްޑް ސާފިން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމު
ކުޅިވަރު
04 Jun 2023 | 03:55
ރާއްޖޭގެ ތިން އެތްލީޓުން ވެސް ރެޕޭޗާޖް އިވެންޓުގެ ދެވަނަ ބުރަށް!

އެލް ސަލްވަޑޯ ގައި މިހާރު ކުރިއަށްދާ ވޯލްޑް ސާފިން ގޭމްސްގެ ރެޕޭޗާޖް ފުރަތަމަ ބުރުގައި ވާދަކުރި ރާއްޖޭގެ ދެ އެތްލީޓުން ވެސް މުބާރާތުގެ ދެވަނަ ބުރުން ޖާގަހޯދިއިރު، މުބާރާތުގެ މެއިން އިވެންޓުގެ ދެވަނަ ބުރުން ޖާގަހޯދި އަހުމަދު އަގީލް ވެސް ރެޕެޗާޖް ދެވަނަ ބުރުގައި ވާދަކުރަން ޖެހިއްޖެއެވެ.

ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ރާޅާއެޅުމުގެ މުބާރާތެއްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމުގެ ހޫދުއަށް މުބާރާތުގެ މެއިން އިވެންޓުގެ ފުރަތަމަ ބުރުގައި ވާދަކުރި ހީޓުން ލިބުނީ ތިންވަނަ އެވެ. ނަމަވެސް މުބާރާތުގެ ރެޕޭޗާޖް އިވެންޓުގެ ފުރަތަމަ ބުރުގައި ހޫދު ވަނީ ވާދަކުރި ހީޓުން އެއްވަނަ ހޯދައި މި އިވެންޓުގެ ދެވަނަ ބުރުން ޖާގަ ހޯދައިފަ އެވެ.

ރެޕޭޗާޖް އިވެންޓުގެ ފުރަތަަމަ ބުރުގެ 19 ވަނަ ހީޓުގައި ހޫދު ވަނީ ސައުދީ އަރަބިއްޔާގެ މުހައްމަދު ކުރުދީ އާއި ޔޫކްރޭންގެ ރުސްލާން ކުލީޝް އާ ވާދަކޮށް ޖުމްލަ 6.17 ޕޮއިންޓު ހޯދައިފަ އެވެ. މި ހީޓުގައި ހޫދު އެޅީ ވެސް ދެ ރާޅެވެ. ފުރަތަމަ ރާޅަށް 2.67 ޕޮއިންޓު ހޯދިއިރު ދެވަނަ ރާޅަށް 3.50 ޕޮއިންޓް ހޯދި އެވެ. ދެވަނައަށް ދިޔައީ ޖުމްލަ 3.10 ޕޮއިންޓް ހޯދި ކުރުދީ އެވެ. ކުލީޝް އަށް ލިބުނީ 1.86 ޕޮއިންޓެވެ.

މުބާރާތުގެ މެއިން އިވެންޓުގެ ފުރަތަމަ ބުރުގެ 22 ވަނަ ހީޓުގައި ވާދަކުރި ރާއްޖޭގެ އިސްމާއިލް ރަޝީދު (ސްމައިލީ ) އަށް މި ހީޓުން ލިބުނީ ހަތަރުވަނަ އެވެ. ނަމަވެސް މުބާރާތުގެ ރެޕޭޗާޖް އިވެންޓުގެ ފުރަތަމަ ބުރުގެ 22 ވަނަ ހީޓުގައި ވާދަކޮށް ދެވަނަ ހޯދައި ސްމައިލީ ވެސް ވަނީ މި އިވެންޓުގެ ދެވަނަ ބުރުން ޖާގަ ހޯދާފައެވެ. މި ހީޓުގައި ސްމައިލީ އާއެކު ވާދަކޮށްފައިވަނީ ޕުއެރްޓޯ ރީކޯގެ ޑްވައިޓް ޕަސްޓްރާނާ އާއި ގްރީސްގެ ގެރާސިމޯސް ވެނޭރިސް އެވެ.

މި ހީޓުން އެއްވަނަ ހޯދި ޕުއެރްޓޯ ރީކޯގެ ޑްވައިޓް ޕަސްޓްރާނާ އަށް ލިބުނީ 13.16 ޕޮއިންޓެވެ. ދެވަނަ ހޯދި ސްމައިލީ މި ހީޓުން 5.94 ޕޮއިންޓް ހޯދިއިރު، ތިންވަނަ ލިބުނު ގްރީސްގެ ގެރާސިމޯސް ވެނޭރިސް އަށް ލިބުނީ 2.50 ޕޮއިންޓެވެ.

މުބާރާތުގެ މެއިން އިވެންޓުގެ ފުރަތަމަ ބުރުގައި ސްމައިލީ ވަދަކުރި ހީޓުގައި ވަނީ 6.23 ޕޮއިންޓް ހޯދައިފަ އެވެ. އޭނާއަށް ވުރެ 0.20 ޕޮއިންޓުގެ ޖުމްލަ ސްކޯ އަކުން ކުރި ހޯދައިގެން ތިންވަނައިގައި ނިންމީ އިންޑިއާގެ ރަމޭޝް ބުދިހާލް އެވެ. މި ހީޓުން އެއްވަނައަށް ދިޔައީ 15 ޕޮއިންޓް ހޯދި މެކްސިކޯގެ އެލަން ކްލީލަންޑް އެވެ. ދެވަނައަށް ދިޔަ ނެދަލެންޑްސްގެ ބޭރިކް ޑިވްރީސް ވަނީ 9.66 ޕޮއިންޓް ހޯދައިފަ އެވެ.

މުބާރާތުގެ މެއިން އިވެންޓުގެ ދެވަނަ ބުރަށް ދިޔަ ރާއްޖޭގެ އަހުމަދު އާގިލް (އަންމަޑޭ) މެއިން އިވެންޓުގެ ދެވަނަ ބުރުގައި ވާދަކުރަން އޮތް ހީޓުގައި ބައިވެރިވެފައި ނުވާތީ އަންމަޑޭ ވެސް މިހާރު ވާދަކުރަންޖެހިފައި ވަނީ މުބާރާތުގެ ރެޕޭޗާޖް އިވެންޓުގެ ދެވަނަ ބުރުގައެވެ. އަންމަޑޭ ވާދަކުރަން އޮތް ހީޓުގެ އެއްވަނަ ހޯދީ ބްރެޒިލްގެ ގެބްރިއެލް މެޑީނާ އެވެ. ދެވަނައަށް ދިޔައީ ކޮސްޓަރިކާގެ ކާލޯސް މުނޯޒް އެވެ. އަދި ތިންވަނަ ހޯދީ އަޔަލެންޑުގެ ޖެކް ސްކޮޓް އެވެ. 

ރެޕޭޗާޖް އިވެންޓުގެ ދެވަނަ ބުރުގެ ފަސްވަނަ ހީޓުގައި އަންމަޑޭ ވާދަކުރާނީ ފްރާންސްގެ ޔޮއާން ޑުރޫ އާއި ނެދަލެންޑްސްގެ ކެސްޕާ ހަމިންގާ އަދި ޕުއެރްޓޯ ރީކޯގެ ރިކާޑޯ ޑެލްގާޑޯއާ އެވެ.

ރެޕޭޗާޖް އިވެންޓުގެ ފުރަތަމަ ބުރުގެ ހީޓުން އެއްވަނަ ހޯދި ހޫދު، ދެވަނަ ބުރުގައި ވާދަކުރާނި 19 ވަނަ ހީޓުގަ އެވެ. ހޫދު އާއެކު މި ހީޓުގައި ވާދަކުރާނީ ކޮސްޓަރިކާގެ ތޯމަސް ކިންގް އާއި އަޔަލެންޑުގެ ލޯކަން ސައުތުކޮމްބޭ އަދި ބްރެޒިލްގެ ޖާއޯ ޗިއަންކާ އެވެ.

ރެޕޭޗާޖް އިވެންޓުގެ ފުރަތަމަ ބުރުގެ ހީޓުން ދެވަނަ ހޯދި ސްމައިލީ، ދެވަނަ ބުރުގައި ވާދަކުރާނި 21 ވަނަ ހީޓުގަ އެވެ. ސްމައިލީ އާއެކު މި ހީޓުގައި ވާދަކުރާނީ ކޮސްޓަރީކާގެ މަލަކައި މާޓިނޭޒް އާއި ނެދަލޭންޑްސްގެ ބެރިކް ޑި ވްރީޒް އަދި ނޯވޭގެ ޒުކަސް ލޯއިނިންގް އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.