މިރޭގެ މެޗަށްފަހު ސާޖިއޯ ރާމޯސް އާއި ލިއޮނަލް މެސީ
ކުޅިވަރު
04 Jun 2023 | 05:45
ރާމޯސް އާއި މެސީގެ ފަހުމެޗުގައި ކްލަރމޮންޓް އަތުން ޕީއެސްޖީ ބަލިވެއްޖެ!

ފްރާންސް ލީގުގައި ރޭ ޗެންޕިއަން ޕީއެސްޖީ އަމިއްލަ ދަނޑުގައި ކްލަރމޮންޓް އާއި ދެކޮޅަށް ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން އެޓީމު ބަލިވެއްޖެ އެވެ.

ރޭގެ މެޗަކީ އެޓީމަށް ކުޅެމުންއަންނަ އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ ޕީއެސްޖީގެ ޖާޒީގައި ކުޅޭނެ ފަހު މެޗެވެ. މި ސީޒަން ނިމުމުން މެސީ އެކުލަބު ދޫކޮށް ދާނެކަން ޕީއެސްޖީ އިން ވަނީ ޔަގީންކޮށްދީފައެވެ.

ރޭގެ މެޗަށް ނިކުތް އިރުވެސް ޗެންޕިއަންކަން ކަށަވަރުވެފައިވާ ޕީއެސްޖީ އިން ފުރަތަަމަ ހާފުގެ ވަރަށް ކުރީކޮޅު ދެ ލަނޑުގެ ލީޑެއް ހޯދިއެވެ. އެޓީމުގެ ފުރަތަަމަ ލަނޑު ސްޕެއިންގެ ތަޖުރިބާކާރު ޑިފެންޑަރު ސާޖިއޯ ރާމޯސް ފުރަތަަމަ ހާފުގެ 16 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިން އިރު، މިއީ ޕީއެސްޖީގެ ޖާޒީގައި ރާމޯސް ވެސް ކުޅުނު ފަހު މެޗެވެ.

މި ސީޒަން ނިމުމުން ރާމޯސް ޕީއެސްޖީ އާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާއިރު، ރާމޯސްގެ އެއްބަސްވުން އައު ނުކުރުމަށް އެކުލަބުން ވަނީ ނިންމާފައެވެ.

ރޭގެ މެޗުގައި ޕީއެސްޖީގެ ދެވަަނަ ލަނޑު ފުރަތަަމަ ހާފުގެ 21 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ ކެޕްޓަން ކިލިއަން އެމްބާޕޭ އެވެ. މިއީ މިސީޒަނުގައި ލީގުގައި ކުޅުނު 34 މެޗުގައި އެމްބާޕޭ ކާމިޔާބުކުރި 29 ވަނަ ލަނޑެވެ.

ކްލަރމޮންޓް އިން މި މެޗުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑު 24 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފްރާންސް މިޑްފީލްޑަރު ޔޯހާން ގަސްޓިއަން އެވެ އަދި މެޗުގެ ނަތީޖާ އެއްވަރުކުރުމަށް ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި އެޓީމަށް ވަނީ ރަނުގެ ފުރުސަތެއް ލިބިފައެވެ. އެއީ ޕީއެސްޖީގެ ޕެނަލްޓީ އޭރިއާ ތެެރެއިން އެޓީމުގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ އެޓީމަށް ދިން ޕެނަލްޓީއެކެވެ. ނަމަވެސް އެޓީމުގެ ފުރާންސް ފޯވާޑް ގްރެޖޯން ކާއީ ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލާއި އަމާޒުނުވެ ދަނޑިކައިރިން ބޭރަށެވެ. 

ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ކްލަރމޮންޓް އިން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކުރި އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލްޖީރިއާގެ ޑިފެންޑަރު މެހްދީ ޒެފެއިން އެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މި މެޗުން ކްލަރމޮންޓް މޮޅުވި ލަނޑު ދެވަނަ ހާފުގެ 63 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފުރާންސް ފޯވާޑް ގްރެޖޯން ކާއީ އެވެ.

މި މެޗުން ބަލިވި ޕީއެސްޖީ ލީގުގައި ކުޅުނު 38 މެޗުން އެޓީމަށް 85 ޕޮއިންޓް ލިބިފައިވާއިރު، ލީގުގެ ދެވަނަ ހޯދި ލެންސް އަށް 38 މެޗުން ލިބިފައިވަނީ 84 ޕޮއިންޓެވެ. އަދި މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ކްލަރމޮންޓް އިން ސީޒަން ނިންމާލިީ 38 މެޗުން ލިބުނު 59 ޕޮއިންޓާއެކު ލީގު ތާވަލުގެ 08 ވަނައިގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.