ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އައްޑޫގައި އިއްޔެ ބޭއްވުނު ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
04 Jun 2023 | 10:45
އައްޑޫ ތަރައްޤީ ކުރުމުގެ އަޑު މަޑުކޮށް އެކަމަށް ބޭނުންވާ ކަންކަން މިކުރަނީ މިސަރުކާރުން: ރައީސް ޞާލިޙް


މާޒީގައި އިވި ދިގުލައިގެން ދިޔަ އައްޑީ ސިޓީ ތަރައްޤީ ކުރުމުގެ އަޑު މަޑުކޮށް އެކަމަށް ބޭނުންވާ ކަންކަން މިކުރަނީ މިސަރުކާރުން ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އައްޑޫސިޓީގެ ބިންހިއްކުމުގެ މަޝްރޫޢު ފައްޓަވައި ދެއްވުމަށް ބޭއްވުނު ރަސްމިއްޔާތުގައެވެ.

"ދުނިޔެއަށް ހުޅުވާލެވޭ ވަރުގަދަ ސިޓީ އަކަށް އައްޑޫ ސިޓި ހެދުމަކީ ތަކުރާރުކޮށް މާޒީގައި އިވުނު ދިގުލައި ދިޔަ އަޑެއް، އަޑު މަޑުކުރުމަށް ފަހު މިއަދު ސަރުކާރުން މިކުރަނީ އެކަމަށް ބޭނުންވާ ކަންކަން" ރައީސް ވިދާޅުވިއެވެ.

އައްޑޫ ސިޓީއަށް ބަދަލު އަންނާނީ، އައްޑޫގެ ބިމުގެ ބައްޓަން ބަދަލުކޮށްގެންކަން އަބަދުވެސް އެނގޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއަދު މިފެންނަނީ އޭގެ ޢަމަލީ މަންޒަރު ކަމަށާއި، އައްޑޫގެ ތާރީޚުގައި ހިންގޭ ބިމާގުޅޭ އެންމެބޮޑު މަޝްރޫޢު މިހާރު އެވަނީ މެކުހަށް ޖަހާފައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އައްޑޫސިޓީ ބިންހިއްކުމުގެ މަޝްރޫޢު ފެއްޓުމަށް ބޭއްވުނު ރަސްމިއްޔާތު އޮތީ އައްޑޫ މަރަދޫފޭދޫގައި އަލަށް ހިއްކި ސަރަހައްދުގައެވެ.

މި ރަސްމިއްޔާތުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ 1.5 ބިލިއަން ރުފިޔާގެ ހޭދަކޮށްގެން 190 ހެކްޓަރުގެ އިތުރުބިން އައްޑޫ އަށް އިތުރުވެގެންދާނެ ކަމަށެވެ.

އަދި ހަމަ އެއާއި އެކު އިތުރު މަޝްރޫޢެއްގެ ގޮތުގައި ހުޅުމީދޫ އަށް އިތުރުވާ 42 ހެކްޓަރުގެ ބިމަކީ އައްޑޫ ސިޓީ އަށް އިތުރުވާ ބިން ކަމަށާއި، އެއީ 179 މިލިއަން ރުފިޔާގެ މަޝަރޫޢެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މިއީ ބިން ހިއްކުމުގެ މިހާ ބޮޑު މަޝްރޫޢެއް އައްޑޫގައި ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ. އައްޑޫ އަކީ ރާއްޖޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ސިޓީ އެވެ. އަދި ބިމާއި ތަރައްޤީގެ މަޝްރޫޢުތައް އައްޑޫސިޓީ އަށް ވަނީ އިންތިހާއަށް ބޭނުންވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.