ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން-- ފޮޓޯ/ މަޖިލިސް
ހަބަރު
04 Jun 2023 | 11:42
ހާޒިރީ ނަގައިގެން ހަތަރުފަސް ސަތޭކަ މީހުން ޖަމާކޮށްފައި, %75 ވޯޓު ނަގާ ވާހަކަ މި ދައްކަނީ: ޝިޔާން

އެކި ރަށްރަށުގެ މީހުން ގެންގޮސް އައްޑޫ ސްކޫލްތަކުގެ ކުދިންނާ ސަރުކާރު މުވައްޒަފުންގެ ހާޒިރީ ނަގައިގެން ހަތަރުފަސް ސަތޭކަ މީހުން ޖަމާކޮށް ދައްކާފައި %75 ވޯޓު ނަގާ ވާހަކަ ދެއްކުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އެވާހަކަ ގަބޫލުކުރައްވާތީ އަޖައިބުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ވިދާޅުވެއްޖެއެވެ. 

ޝިޔާން މިފަދައިން ވިދާޅުވެފައި ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް 75 އިންސައްތަ ވޯޓު ލިބޭނެ ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވައި ކުރެއްވި ޓުވީޓެއްގައެވެ. 

އެގޮތުން ޝިޔާން ވިދާޅުވީ ރައީސް ޞާލިހަށް މަރުހަބާ ދަންނަވަން މާލެއިންނާ ފުވައްމުލަކުން މީހުން ގެންގޮސްފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން އައްޑޫ ސްކޫލްތަކުގެ ކުދިންނާ ސަރުކާރު މުވައްޒަފުންވެސް ހާޒިރީ ބަލައިގެން ހަމަކޮށް ރައީސް ޞާލިހަށް މަރުހަބާ ދަންނަވަން ގެންގޮސްފައިވާ ކަމަށްވެސް ޝިޔާން ވިދާޅުވި އެވެ. 

އަދި އެފަދަ ގޮތަކަށް ހަތަރު ފަސްސަތޭކަ މީހުން ހަމަ ކޮށްފައި ރައީސް ޞާލިހަށް 75 އިންސައްތަ ވޯޓު ލިބިލައްވާނެއޭ ޝަރީފް ވިދާޅުވުމުން އެމަނިކުފާނު އެވާހަކަ ގަބޫލު ކުރައްވާތީ އަޖައިބުވާ ކަމަށްވެސް ޝިޔާން ވިދާޅުވި އެވެ.  

"އަޅެ މަރަދޫ ގެޔަކަށް ވަދެލާނަމަ އެނގޭނެ!" ޝިޔާން ވިދާޅުވި އެވެ. 

އައްޑޫސިޓީގެ މަރަދޫއާ ހަންކެޑަ ގުޅޭ ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތުގައި އައްޑޫސިޓީ ބިން އިތުރުކުރުމުގެ ބިޔަ މަޝްރޫޢު ރައީސް ޞާލިޙް ރަސްމީގޮތުން ފަށްޓަވައިދެއްވުމަށް ބޭއްވެވި ރަސްމިއްޔާރުގައި ވާހަކަދައްކަވަމުން ޝަރީފް މިދާޅުވީ މިއީ ރައީސް ޞާލިޙްގެ ތަސައްވުރުގެ ފެށުން ކަމަށެވެ. އަދި ރާއްޖޭގެ އެކި ރަށްރަށަށް އެމަނިކުފާނު ގެނެސްދެއްވި ތަރައްގީ ރައްޔިތުން ބަލައިގެންފައިވާ ކަމަށާއި ވޭތުވެދިޔަ 50 އަހަރުގައިވެސް ރައީސް ޞާލިޙް ފަދައިން ވެރިކަން ކުރެއްވި ބޭފުޅަކު ފެނިފައިނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ރައްޔިތުންގެ ފަރާތުން އެދުނު ކޮންމެ ކަމެއް ރައީސް ޞާލިޙް ފުއްދާފައިވާ ކަމަށާއި ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އެންމެ މަދުވެގެން 75 ޕަސެންޓު ތާއީދާއި ވޯތު ރައީސް ޞާލިޙަށް ލިބިގެންދާނެ ކަމަށެވެ.

“އަޅުގަނޑުމެން އަޒުމް ކަނޑައަޅައިގެން މިތިބީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އެންމެ މަދުވެގެން 75 ޕަސެންޓު ތާއީދު، އެ ވޯޓު ދޭން. ދޭނަން އިރާދަކުރެއްވިއްޔާ. ޝައްކެއް ކުރައްވާނެ ކަމެއް ނެތް” ޝަރީފް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.