އައްޑޫސިޓީގައި ބިން ހިއްކުމުގެ މަޝްރޫޢު ފެއްޓެވުމުގެ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ:ރައީސް އޮފީސް
ހަބަރު
04 Jun 2023 | 12:36
މި ސަރުކާރުން ހިންގާ ހުރިހާ މަޝްރޫޢެއްގައިވެސް ރައްޔިތުން އެދޭ ގޮތަށް އިސްކަންދޭނެ: ރައީސް ޞާލިޙް

ރާއްޖޭގައި ސަރުކާރުން ހިންގާ ހުރިހާ މަޝްރޫޢެއްގައިވެސް ރައްޔިތުން އެދޭ ގޮތަށް އިސްކަން ދޭނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އައްޑޫސިޓީގެ ބިން ހިއްކުމުގެ މަޝްރޫޢު ފައްޓަވައި ދެއްވުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"މުޅި ރާއްޖޭގައި ސަރުކާރުން ހިންގާ ހުރިހާ މަޝްރޫޢުއެއްގައި ވެސް މިހާރު ސަރުކާރުން އިސްކަންދޭ އެއްކަމެއްވޭ، އެއީ ރައްޔިތުން ބޭނުންވާ، އަދި ރައްޔިތުން އެދޭ ގޮތައް އެކަން ކުރުން" ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

އިއްޔެ އައްޑޫގައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ސަރުކާރުން ރައްޔިތުން އެދޭ ގޮތައް އިސްކަންދެއްވާ ކަމުގެ މިސާލެއްގެ ގޮތުން އައްޑޫގެ މަގުހެދުމުގެ މަޝްރޫޢުގެ ވާހަކަ ގެންނަވާފައެވެ.

"މިސާލެއް ދަންނަވާނަމަ ސަރުކާރުން އެކަށައަޅާ މިހާރު ހިންގަމުންގެންދާ އައްޑޫ ސިޓީގެ މަގުހެދުމުގެ މަޝްރޫޢު އަޅުގަނޑު ފާހަގަ ކުރަން، ސަރުކާރުން އެކަށަ އެޅީ ޖުމްލަ 119 ކިލޯމީޓަރުގެ މަގު އައްޑޫގައި ޒަމާނީ ފެންވަރަށް ހެދުމަށް، ކުރިން ސިމެންތި އަޅަން ހަމަޖެހިފައިވާ 67 ކިލޯމީޓަރު މަގަށް  ރައްޔިތުން އެދުނު ގޮތައް މިހާރު އެވަނީ ތާރު އަޅަން ނިންމާފައި" ރައީސް ޞާލިޙް ވިދާޅުވިއެެވެ.

ރައީސް މިފަދައިން ވިދާޅުވެ ވާހަކަ ފުޅު ދައްކަވާފައި މިވަނީ އައްޑޫސިޓީގައި ހިންގުމަށް ކަނޑައެޅިފައިވާ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއް އިފްތިތާޙު ކުރެއްވުމަށް އައްޑޫސިޓީ އަށް ކުރައްވާ ދަތުރުފުޅެއްގައެވެ.

ރައީސް ޞާލިޙްގެ ދައުރު ހަމަވާން 3 މަސް ދުވަހަށް ވެފައި ވަނިކޮށް އައްޑޫސިޓީގައި ރައީސް މިވަނީ ތަރައްޤީގެ ބިޔަ މަޝްރޫޢުތަކެއް ފައްޓަވައިދެއްވައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.