އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫޢު ރަސްމީކޮށް ފަށްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ-- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
04 Jun 2023 | 12:37
އައްޑޫގެ ތާރީޚުގައި ހިންގޭ ބިމާގުޅޭ އެންމެބޮޑު މަޝްރޫޢު މިހާރު އެވަނީ މެކުހަށް ޖަހާފައި: ރައީސް ޞާލިހު

އައްޑޫގެ ތާރީޚުގައި ހިންގޭ ބިމާގުޅޭ އެންމެބޮޑު މަޝްރޫޢު މިހާރު ވަނީ މެކުހަށް ޖަހާފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. 

އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫޢު ރަސްމީކޮށް ފަށްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ، ރާއްޖެއަށް އަންނަ ކޮންމެ ހެޔޮ ބަދަލެއްގެ ފުރަތަމަ ފާހަގަޖެހޭ ތަނަކީ އައްޑޫ ސިޓީ ކަމަށެވެ. އަދި އެމަނިކުފާނު މީގެ ކުރިންވެސް އެފަދައިން ވިދާޅުވަމުން ގޮސްފައިވާ ކަމަށާ، އެހެންނަމަވެސް މިހާރު ފެންނަމުންދަނީ އެކަމުގެ ޢަމަލީ މަންޒަރު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިއަދަކީ، ތަރައްޤީގެ ހެޔޮ ފާހަގަ ފެށޭ، އައްޑޫ ސިޓީގެ މި ބިމަށް ތަރައްޤީގެ ހެޔޮ ބަދަލު ޢަމަލީގޮތުން އައުމުގެ ދުވަސް."

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

ރައީސް ޞާލިހް ވިދާޅުވީ، ދުނިޔެއަށް ހުޅުވައިލެވޭ ވަރުގަދަ ސިޓީއަކަށް އައްޑޫސިޓީ ބަދަލުކުރުމަކީ، މާޒީގެ ތެރެއިން ތަކުރާރުކޮށް އިވުނު ދިގުލީ އަޑެއް ކަމަށާ، އެ އަޑު މަޑުކުރުމަށްފަހު، މިއަދު ސަރުކާރުން ކުރަމުންދާ މަސައްކަތަކީ އެކަމަށް ބޭނުންވާ ކަންކަން ކުރުން ކަމަށެވެ. 

"އައްޑޫ ސިޓީއަށް ބަދަލު އަންނާނީ، އައްޑޫގެ ބިމުގެ ބައްޓަން ބަދަލުކޮށްގެންކަން އަބަދުވެސް އެނގޭ. މިއަދު ތިޔަބޭފުޅުން ތިޔަ ދެކެވަޑައިގަންނަވަނީ އޭގެ ޢަމަލީ މަންޒަރު. އައްޑޫގެ ތާރީޚުގައި ހިންގޭ ބިމާގުޅޭ އެންމެބޮޑު މަޝްރޫޢު މިހާރު އެވަނީ މެކުހަށް ޖަހާފައި. 1.5 ބިލިއަން ރުފިޔާ ހޭދަކޮށްގެން، 190 ހެކްޓަރުގެ އިތުރު ބިން، ތިޔަބޭފުޅުންގެ މި އައްޑުއަށް އެ ދަނީ އިތުރުވަމުން. އަދި ހަމަ އެއާއެކުއެކީ، އިތުރު މަޝްރޫޢެއްގެ ގޮތުގައި، ހުޅުމީދޫއަށް އިތުރުވާ 42 ހެކްޓަރުގެ ބިމަކީ އައްޑޫ ސިޓީއަށް އިތުރުވާ ބިން. އެއީ 179 މިލިއަން ރުފިޔާގެ އަގުހުރި މަޝްރޫޢެއް."

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

މިއާއެކު ރައީސް ޞާލިހް ވިދާޅުވީ އެ އެންމެހާ މަޝްރޫޢުތަކަކީ އައްޑޫ ސިޓީގެ ރައްޔިތުން ބޭނުންވާ މަޝްރޫޢުތައް ކަމަަށާ، އެކަންކަން ކުރިއަށްދާ ކަމަށެވެ. އަދި މިހާރު އައްޑޫގައި ހިނގަމުން ފަނީ މާދަމާ ވަށާޖެހި، ފުރާފުރިހަމަވާނެ އައްޑޫ ސިޓީގެ ޒަމާންވީ ހުވަފެންތަކުގެ ތަޢުބީރު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޞާލިހު އިތުރަށް ވިދާޅުވީ، ތަރައްޤީގެ މަގުގައި ކުރިއަށްދިޔުމަށްޓަކައި ބޭނުންވާ އަސާސީ ހުރިހާ ޚިދުމަތެއް ފުރިހަމަވުމަކީ ލާޒިމް ކަމެއް ކަމަށެވެ. އަދި މުޅި ސަރުކާރުން ހިންގާ ހުރިހާ މަޝްރޫޢެއްގައިވެސް މިހާރު ސަރުކާރުން އިސްކަންދޭ އެއްކަމެއްވާ ކަމަށެވެ. 

"އެއީ، ރައްޔިތުން ބޭނުންވާ އަދި ރައްޔިތުން އެދޭގޮތަށް އެކަން ކުރުން. މިސާލެއް ދަންނަވާނަމަ، ސަރުކާރުން އެކަށައަޅައި މިހާރު ހިނގަމުންދާ އައްޑޫ ސިޓީގެ މަގުހެދުމުގެ މަޝްރޫޢު އަޅުގަނޑު ފާހަގަކުރަން. ސަރުކާރުން އެކަށައެޅީ ޖުމްލަ 119 ކިލޯ މީޓަރުގެ މަގު އައްޑޫގައި، ޒަމާނީ ފެންވަރަށް ހެދުމަށް. ކުރިން ސިމެންތި އަޅަން ހަމަޖެހިފައިވާ 67 ކިލޯ މީޓަރުގެ މަގަށް، ރައްޔިތުން އެދުނުގޮތަށް މިހާރު އެވަނީ ތާރުއަޅަން ނިންމައި ހަމަޖެހިފައި."

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

މީގެ އިތުރުން ރާއްޖޭގައި މިހާރު ކުރިއަށްމިދާ ގިނަ މިފަދަ ބޮޑެތި ހުރިހާ ޕްރޮޖެކްޓްތަކަކީ، އިންޑިއާގެ ހިލޭ އެހީއާއި، ލޯނު އެހީގެ ދަށުން ހިނގަމުންދާ ޕްރޮޖެކްޓްތައް ކަން ފާހަގަކުރައްވައި ރައީސް ޞާލިހު ވަނީ ދިވެހި ސަރުކާރާއި، ދިވެހި ރައްޔިތުންގެ ނަމުގައި އިންޑިޔާގެ ސަރުކާރަށް ޝުކުރު ދަންނަވާފައެެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް