ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދައަށް އެދެން ފޯމް--ފޮޓޯ/ ވޮއިސް
ހަބަރު
04 Jun 2023 | 15:12
ދަ ޑިމޮކްރެޓްސްއަށް ވަންނަން ފޯމުފުރި މެންބަރުންގެ ލިސްޓު އާންމުވެ, ޕާޓީގެ ގިނަ ތުހުމަތުތައް އީސީއަށް!

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފައްދަވާފައިވާ "ފިކުރެއްގެ ދިރުން" ފެކްޝަނުގެ 'ދަ ޑިމޮކްރެޓްސް' ޕާޓީއަށް ސޮއިކުރި މީހުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ތެރެއިން ލީކްވި ކަމަށް އެ ޕާޓީން ތުހުމަތު ކޮށްފިއެވެ. 

ދަ ޑިމޮކްރެޓްސް އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ކުރީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ވަނީ ދަ ޑިމޮކްރެޓްސް އަށް ސޮއިކޮށްފައިވާ މެމްބަރުންގެ ލިސްޓެއް އިލެކްޝަންސް ކޮމިޝަންގެ ތެރެއިން ލީކުވެފައިވާ ކަމަށް ތުހުމަތު ކުރައްވާފައެވެ. 

އަދި އެއީ ދަ ޑިމޮކްރަޓްސް އުފެއްދުމާއި ދެކޮޅަށް މި ސަރުކާރުގައި ތިއްބެވި ބޭފުޅުން އިންތިޒާމްވެގެން ކުރަމުން އަންނަކަމެއްކަން ލިބިފައިވާ މައުލޫމާތުތަކުން ހާމަވާކަމަށާށ ސަރުކާރުގެ އިސް އޮފިޝަލުންއިން ފެށިގެން އާދައިގެ ގިންތީގައި ތިއްބެވި ސިޔާސީ މުވައްޒަފުންނާއި ހިސާބުގައި މި ލިސްޓުތައް ގެންގުޅޭކަމަށް ޝިފާޒް ތުހުމަތުކުރެއްވިއެވެ.

އަދި އެ ލިސްޓު އާންމުވުމާ އެކު، ލިސްޓުގައި ތިބި މީހުންނަށް ވަކިވަކިން ގުޅައި ސަރުކާރުގެ ބޭފުޅުން ބިރުދައްކަން ފަށާފައިވާ ކަމަށްވެސް ޝިފާޒު ވަނީ ތުހުމަތު ކުރައްވާފަ އެވެ. 

"ކޮމިޝަނުން ފޯމުތައް ވެރިފައި ކުރުމަށް މެސެޖް ކުރުމުން "ތިއީ ތިމަންނާއަށް ނޭނގި ލާފައިވާ ފޯމެއް" ކަމަށް ބުނަން ވެސް ސަރުކާރުގެ ބޭފުޅުން ބާރު އަޅަމުން އެބަދޭ." ޝިފާޒު ވިދާޅުވިއެވެ. 

މީގެ އިތުރުން ދަ ޑިމޮކްރަސްޓްއިން އީސީއަށް ފޯމްތައް ހުށައެޅިއިރު ހިމަނާފައިނުވާ މައުލޫމާތުވެސް އެ ލިސްޓުގައި އެކި ގޮތް ގޮތުން ހޯދައިގެން އެބަހުރިކަން ފާހަގަކުރައްވައި ޝިފާޒު ވަނީ އެއީ އީސީގެ ތެރެއިން ކޮށްފައިވާކަމެއްކަމަށްވެސް ތުހުމަތު ކުރައްވާފައެވެ. 

"ފޯމު ފުރާއިރަކު ހަމަ ގާމުވެސް އަޅުގަނޑުމެންނަކަށް ނޭނގޭނެ، ފޯމް ފުރާފައި އިން ބޭފުޅާ އެއީ މިހާރު ކޮން ޕާޓީއެއްގައި އުޅޭ ބޭފުޅެއްކަމެއް ނޭނގޭނެ. އެހެންނަމަވެސް އިލެކްޝަންސް ކޮމިޝަނަށް މުޅި ލިސްޓު ބެލީމަ، އިނގޭނެ މިހާރު ޕާޓީއެއްގަ އިނިއްޔާވެސް ނެތިއްޔާވެސް. މި ހުރިހާ މައުލޫމާތަކާއިއެކީގައި އެވަނީ އެ ލިސްޓު އާންމުވެފައި." ޝިފާޒް ވިދާޅުވިއެވެ.

މިއީ ކިހިނެއް ހިނގިކަމެއްތޯ ބެލުމަށްޓަކައި އީސީއަށް ހުށައަޅާފައިވާނެކަމަށާއި، އަދި އެކަން ތަހުގީގުކޮށްދިނުމަށް ފުލުހުގެ މުއައްސަސާއިވެސް އެދިފައިވާނެކަމަށް ޝިފާޒް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.