އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މިނިވަން ކައުންސިލަރ އަޙްމަދު ނާދިރު (ޗިޅާ) އެމްޑީޕީއަށް ސޮއިކުރި ފޯމް ހަވާލުކުރަނީ-- ފޮޓޯ/ އެމްޑީޕީ
ހަބަރު
04 Jun 2023 | 15:49
އައްޑޫ ސިޓީ ކައުންސިލްގެ މިނިވަން ކައުންސިލަރ އެމްޑީޕީއަށް ސޮއިކޮށްފި

‏އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މިނިވަން ކައުންސިލަރ އަޙްމަދު ނާދިރު (ޗިޅާ) ސަރުކާރު ހިންގާ މައި ޕާޓީ, އެމްޑީޕީީއަށް ސޮއިކުރައްވައިފިއެވެ.

އަހުމަދު ނާދިރު އެމްޑީޕީއަށް ސޮއި ކުރައްވައި، އެ ޕާޓީގެ އިސް ލީޑަރ، އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ވަނީ ފޯމް ހަވާލުކުރައްވާފައެވެ. މިކަމަށްޓަކައި އައްޑޫގައި ބޭއްވުނު ރަސްމިއްޔާތުގައި، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާއިލް އާއި، އައްޑޫގެ އެކި ދާއިރާ ތަކުގެ އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންގެ އިތުރުން އައްޑޫސިޓީގެ މޭޔަރ ޢަލީ ނިޒާރު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކައުންސިލަރ އަހުމަދު ނާދިރުގެ އިތުރުންވެސް އައްޑޫސިޓީގެ އެކި ދާއިރާތަކުން އެމްޑީޕީއާއި ގުޅުނު ގިނަ މެންބަރުން ތަކެއްގެ ފޯމް ވަނީ ރައީސް ޞާލިހާއި ހަވާލު ކޮށްފައެވެ. އަދި ޕާޓީއާއި އަލަށް ގުޅުނު ހުރިހާ މެންބަރުންނަށް އެ ޕާޓީން ވަނީ މަރުހަބާ ދަންނަވާފައެވެ.

އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި މެންބަރުން ތަކެއް ޕާޓީ ދޫކޮށް، ދަ ޑިމޮކްރެޓްސް ގެ ނަމުގައި އަައު ޕާޓީއެއް އުފެއްދުމާއި ގުޅިގެން އެ ޕާޓީގެ މެންބަރުންގެ އަދަދު އަންނަނީ މަދުވަމުންނެވެ. އެހެންނަމަވެސް، އެ މަދުވާ މެންބަރުންނަށްވުރެ ގިނަ މެންބަރުން އެ ޕާޓީއާއި ގުޅޭނެ ކަމުގެ ޔަގީންކަން ޗެއާޕާސަން ފައްޔާޟް ވަނީ އަރުއްވާފައެވެ. 

އެގޮތުން، އެ ޕާޓީގެ ރިޔާސީ ކެމްޕެއިން މިހާރު ފަށާފައިވާއިރު، ކެންޕެއިންގެ ތެރެއިން ގިނަ މެންބަރުންތަކެއް ޕާޓީއަށް ސޮއިކޮށް ޕާޓީގެ މެންބަރުންގެ އަދަދު އިތުރުވެގެންދާނެ ކަމަށްވެސް އެ ޕާޓީން ވަނީ ބުނެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް