ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަދި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތު--
ހަބަރު
04 Jun 2023 | 19:45
ރައްޔިތުންގެ ހައްގުގައި އަދީބާއި ޒިޔަތުގެ ހެކިބަސް ނަގަން ޖެހޭ: ދައުލަތް

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަތަކަކީ ރައްޔިތުންގެ މަސްލަހަތު ވަރަށް ބޮޑަށް އޮތް މައްސަލަތަކަކަށްވާއިރު، އަދާވާތްތެރިކަން އޮތަސް ރައްޔިތުންގެ ހައްގުގައި މި މައްސަލައިގެ މުގުލުގައި ތިބި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުالله ޒިޔަތުގެ ހެކިބަސް ނަގަން ޖެހޭނެ ކަމަށް، ދައުލަތުން ބުނެފިއެވެ. 

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ ރައީސް ޔާމިނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅޭ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ވަނީ ބާއްވާފަ އެވެ. 
މިއަދުގެ އަޑުއެހުމުގައި މައިގަނޑު ގޮތެއްގައި އޮތީ އެ މުއާމަލާތާއި ގުޅިގެން ރައީސް ޔާމިނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް ސާބިތުކޮށްދިނުމަށް، ދައުލަތުގެ ފަރާތުން ޝަފަވީ ހެކީގެ ގޮތުގައި ހުށައަޅާފައިވާ ބައެއް ފަރާތްތަކުގެ ހެކިބަސް ބަލައި ނުގަތުމަށް ރައީސް ޔާމިންގެ ފަރާތްޕުޅުން ހުށައެޅި ނުކުތާއަށް ވާހަކަދެއްކުމެވެ.

އެގޮތުން ރައީސް ޔާމިންގެ ފަރާތްޕުޅުން ވަނީ ކުރީގެ ނައިބުރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުالله ޒިޔަތުގެ ހެކިބަސް ބަލައިނުގަތުމަށް ހުށައަޅާފަ އެވެ. އެމަނިކުފާނުގެ ފަރާތްޕުޅުން އެފަދައިން ހުށައެޅީ އަދީބަކީ ރައީސް ޔާމީންގެ އަދާވާތްތެރިއަކަށް ވާތީއާއި އަދީބުގެ އަދުލުވެރިކަން ގެއްލިފައިވާތީ އެވެ. އެކަން ސާބިތު ކުރުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ މައިގަނޑު ތިން ހާދިސާއަކަށް އަލި އަޅުވާ ލައްވާފައެވެ. އެއީ

1. ރިޔާސީ ލޯންޗުކޮޅު ގޮއްވާލައި ޔާމީން އަވަހާރަކޮށްލަން މަސައްކަތްކުރުމުގެ ތުހުމަތު އަދީބަށް ކުރެވުން

2. އަދީބު ނައިބު ރައީސްކަން ކުރެއްވި ދުވަސްވަރު ޔާމީން ވެރިކަމުން އަޒުލުކުރައްވާ ވެރިކަމަށް އަންނަން މަސައްކަތް ކުރުން

3. އެމްއެމްޕީއާރްސީތެރޭގައި ހިންގި ބޮޑު ހިޔާނާތުގެ މައްސަލައިގައި ކުށް ސާބިތުވެ ޖަލު ހުކުމް ތަންފީޒުކުރާ މީހަކަށްވުން

މިކަންކަމަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލުން ވިދާޅުވީ އަދީބާއި ޒިޔަތަކީ ޔާމީންގެ އަދާވާތްތެރިންނަށްވީ ނަމަވެސް، ހެއްކާ ބެހޭ ގާނޫނުގެ 51 ވަނަ މާއްދާގެ ދަށުން އިސްތިސްނާ ހާލަތެއްގައި އެމީހުންގެ ހެކިބަސް ނެގިދާނެ ކަމަށެވެ.

އަދި އަދީބާއި ޒިޔަތުގެ ހެކިބަސް ނޫނީ ރައީސް ޔާމިނުގެ މައްޗަށް ކުށް ސާބިތުކުރުމަށް ހުށައެޅޭނެ އިތުރު ކާފީ ހެއްކެއް ވެސް ނެތްކަމަށާއި، ހެކިބަސް ނަގާ މަރުހަލާގައި ހެކި ވަޒަންކޮށް، ބުރަދަން ދިނުމުގެ ފުރުސަތު އޮތުމުން މިހާލަތުގައި އަދީބާއި ޒިޔަތުގެ ހެކިބަސް ނަގަން ޖެހޭ ކަމަށް ދައުލަތުން ބުންޏެވެ.

އަދާވާތްތެރިކަމާ ގުޅޭގޮތުން ދައުލަތުން ބުނީ އަދީބު ރައީސް ޔާމިނުގެ ފުރާނަފުޅު ދުއްވާލުމަށް ބޮމުގެ ހަމާލާއެއް ދިނުމުގައި ބައިވެރިވިކަން ސާބިތުވާކަމަށް ކަނޑައަޅާ އިއްވި ހުކުމް މަތީ ކޯޓުން ބާތިލުކޮށްފައިވާ ކަމަށެވެ.

މިހާރު ރައީސް ޔާމިނު ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ކަމަށް ނުވެފައި، އަދީބު ވެސް ހުންނެވީ ނައިބު ރައީސްގެ މަގާމުގައިކަމަށް ނުވުމުން، ވެރިކަން ހޯދުމަށް އަދީބުގެ ހިތުގައި ކުރިން އޮތް ޝައުގުވެރިކަން މިހާރު ނޯންނާނެ ކަމަށާއި، އަދި އެކަމަށްޓަކައި އަދާވާތްތެރިކަމެއް އޮންނާނެ ފަދަ ހާލަތެއް ވެސް މިހާރު ނެތްކަމަށް ދައުލަތުން ބުނެފައިވެއެވެ. 

އޭގެ އިތުރުން ދައުލަތުން ބުނީ ކުރިންވެސް އަދީބުގެ ހިތުގައި އޮތީ އަދާވާތްތެރިކަން ކަމަށް ބެލުމަށްވުރެ އޮތީ ސިޔާސީ ވާދަވެރިކަމެއްކަމަށް ބެލުމުގެ ފުރުސަތު ބޮޑުކަމަށެވެ.

ޔާމީންގެ މައްޗަށް އަދީބުގެ އަދާވާތްތެރިކަމެއް މިހާރު އޮވެދާނެ ހާލަތެއް ނެތޭ ދައުލަތުން ބުނުމުން އެވާހަކައަށް ރައްދު ދެއްވައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ދަތުރުކުރެއްވި ރިޔާސީ ލޯންޗުކޮޅު ގޮއްވާލިއިރު އެ ލޯންޗުކޮޅުގައި ތިއްބެވީ ހަމައެކަނި ސިޔާސީ ފަރާތްތަކެއް ނޫން ކަމަށެވެ. އަދި އެ ލޯންޗުކޮޅުގައި އެމަނިކުފާނުގެ މުޅި އާއިލާ ދަތުރުކުރައްވަމުން ގެންދެވި ކަމަށެވެ.

ޔާމީންގެ ވާހަކަތަކަށް ރައްދުދެއްވަމުން ދައުލަތުގެ ވަކީލް ވަނީ ވިދާޅުވީ ރައީސް ޔާމީންގެ ދިފާއީ ވަކީލް ޑރ. މުހައްމަދު ޖަމީލުގެ ވާހަކަގެންނަވައި ހާލަތު ބަދަލުވެދާނެ ގޮތުގެ މިސާލެއް ކިޔައިދެއްވާފައެވެ. 

"އެމަގާމުން ވަކިކުރެއްވުމުން ރައީސް ޔާމީނާ ދެކޮޅުގައި ހުރުމަށްފަހު މިހާރު އެ އިންނެވީ އެމަނިކުފާނުގެ ދިފާއީ ވަކީލެއްގެ ގޮތުގަ. މުސްކުޅި ބަހެއްގަ އޮވޭ ހަތުރުން މިތުރުންނަށްވެ، މިތުރުން ހަތުރުންނަށްވާ ވާހަކަ. ހާލަތު ބަދަލުވެދާނެ ގޮތުގެ މިސާލެއް މި ދެންނެވީ،" 

ދައުލަތުގެ ވަކީލު އަހުމަދު ޝަފީއު

ދައުލަތުން އިތުރަށް ވިދާޅުވީ އަދީބާއި ޒިޔަތަކީ އެމްއެމްޕީއާރްސީ ކޮރަޕްޝަނުގައި ބައިވެރިވެ، އެކަން އެންމެ ގާތުން ދުށް ދެމީހުން ކަމަށްވާއިރު، އެ މައްސަލައިގެ ތެރެއިން ކުރިއަށްދާ އެހެން މައްސަލަތަކުގައި އެދެމީހުންގެ ހެކިބަސް ނުނެގޭނަމަ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

އަދި ރައީސް ޔާމީންގެ މައްޗަށް ދައުވާ ކޮށްފައިވާ އެ މައްސަލަ އަކީ ހަމައެކަނި އެމަނިކުފާނާއި ގުޅުން ހުރި މައްސަލައެއް ނޫން ކަމަށާ، އެއީ ދައުލަތުގެ އެތައް މިލިއަން ރުފިޔާއަކުން ހިޔާނާތްތެރިވެފައިވާ މައްސަލައެއް ކަމަށެވެ. އަދި ދައުލަތުގެ ފައިސާއަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ހައްގެއް ކަމަށްވާތީ ރައްޔިތުންގެ ހައްގުގައިވެސް އަދީބާއި ޒިޔަތުގެ ހެކިބަސް ނަގަންޖެހޭނެ ކަމަށް ދައުލަތުން ވިދާޅުވި އެވެ.

ދެ ފަރާތުގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ބަލައިގެންފައި ވަނީ ހެއްކާ ބެހޭ ގާނޫނުގެ ދަށުން މިއަދު ހުށަހެޅި ދެ ހުށަހެޅުމެވެ. އެކަމަކު އެ ހުށަހެޅުންތަކާމެދު ގޮތެއް ނިންމާނީ މައްސަލައިގެ ހުކުމް އިއްވާއިރު ކަމަށް ގާޒީ ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން މި މައްސަލާގައިވެސް އަދީބާއި ޒިޔަތުގެ ހެކިބަސް ނަގާނެ އެވެ.

މި މައްސަލައިގައި ދެން އޮންނާނީ ހެކިބަސް ނަގަން ފެށުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.