ބެންޒީމާ ކުލަބް ވޯލްޑް ކަޕް ޓްރޮފީ އާއިއެކު
ކުޅިވަރު
04 Jun 2023 | 17:24
14 އަހަރަށް ފަހު ބެންޒީމާ ރެއާލް މެޑްރިޑް ދޫކޮށްލަން ނިންމައިފި

ރެއާލް މެޑްރިޑްގެ ކެޕްޓަން ކަރީމް ބެންޒީމާ މިސީޒަން ނިމުމުން ކުލަބު ބަދަލުކުރަން ނިމައިފައިވާކަމަށް ރެއާލް މެޑްރިޑުން ބުނެފިއެވެ.

2009 ވަނަ އަހަރު ފްރާންސްގެ ލިއޯން ދޫކޮށް ބެންޒީމާ ރެއާލް މެޑްރިޑަށް ބަދަލުވީ އުމުރުން 21 އަހަރުގައެވެ. އަދި ވޭތުވެދިޔަ 14 އަހަރުތެރޭގައި ރެއާލް މެޑްރިޑާއެކު ބެންޒީމާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

އޭގެތެރޭގައި ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތްކަމުގައިވާ ޔުއެފާ ޗެމްޕިއަންސްލީގު ޗެންޕިއަން ފަސް ފަހަރު،  ކުލަބް ވޯލްޑް ކަޕް ފަސް ފަހަރު، ސްޕެނިޝް ލަލީގާގެ ހަތަރު ފަހަރު، ޔޫއެފާ ސުޕަ ކަޕް ހަތަރު ފަހަރު، ކޮޕާ ޑެލްރޭ ތިން ފަހަރު ހޯދުމުގެ އިތުރުން ސްޕެނިޝް ސުޕަ ކަޕް ހަތަރު ފަހަރު ކާމިޔާބުކޮށްފައިވެއެވެ.

ފާއިތުވެދިޔަ ދެ ސީޒަނުގައި ބެންޒީމާގެ ފަރާތުން އާދަޔާޚިލާފު މޮޅުކުޅުމެއް ފެނިގެން ގޮސްފައިވާއިރު، 2022 ވަނަ އަހަރުގެ ޔޫރަޕުގެ މޮޅު ކުޅުންތެރިއާގެ އިތުރުން މިދިޔަ އަހަރުގެ ބެލެންޑޯ އެވޯޑް ލިބުނީ ވެސް ބެންޒެމާ އަށެވެ. މީ ގެއިތުރުން ވެސް މިދިޔައަހަރުގެ ލަލީގާ ޓޮޕް ސްކޯރާ އެވޯޑާއި ޗެންޕިްއަންސް ލީގުގެ ޓޮޕް ސްކޯރާގެ އެވޯޑް ލިބުނީ ވެސް ބެންޒީމާ އަށެވެ.

މީގެ އިތުރުން ބެންޒީމާ އަކީ ރެއާލް މެޑްރިޑްގެ ތާރީޚްގައި އެކުލަބަށް ދެވަނައަށް އެންމެ ގިނަ ލަނޑުޖަހާދީފައިވާ ކުޅުންތެރިއަކަށެވެ. އަދި ރެއާލްގައި ހޭދަކުރި 14 އަހަރުތެރޭގައި ބެންޒީމާ ވަނީ އެކުލަބަށް 647 މެޗު ކުޅެދީ 353 ލަނޑު ކާމިޔާބުކޮށްދީފައެވެ.

ރެއާލް މެޑްރިޑުން ނެރެފައިވާ ބަޔާނުގައިވާ ގޮތުން ރެއާލްގައި ހޭދަކުރި 14 އަހަރުތެރޭގައި ބެންޒީމާގެ ފަރާތުން ފެނިގެން ގޮސްފައި ވަނީ ކުލަބުގެ އަސާސްތަކަށް އިހްތިރާމްކޮށް ޕްރޮފެޝަނަލް ކަމާއި ރިވެތި އަޚްލާޤުގެ ފުރިހަމަ ނަމޫނާއެކެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އަންނަ ސީޒަނުގައި ބެންޒީމާ ފެނުމުގެ ފުރުސަތު އެންމެ ބޮޑީ ސައުދީ ޕްރޮފެޝަނަލް ލީގުންނެވެ.

އަންނަ އަންގާރަދުވަހު ރެއާލް މެޑްރިޑް ސިޓީގައި އެކުލަބުން ބެންޒީމާގެ ޝަރަފުގައި ބޮޑު ރަސްމިއްޔާތެއް ބާއްވަން ނިންމާފައިވާއިރު، މި ރަސްމިއްޔާތުގައި ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.