މިނިސްޓަރު ޝާހިދު ގަން އެއާޕޯޓު މަޝްރޫއު ފެއްޓުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
04 Jun 2023 | 22:23
ވިއްކާނެ އެއްޗެއް ނެތިގެން ދޮލަނގަށް ނަފްރަތު ލައިގެން ވިއްކަން ނިކުމެ އެތިބީ: ޝާހިދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހާއި ދެކޮޅަށް ރައްޔިތުންނަށް ވިއްކޭނެ އެއްވެސް އެއްޗެއް ނެތުމުން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދަނީ އެމަނިކުފާނާއި ދޭތެރޭ ރައްޔިތުންގެ ހިތުގައި ނަފްރަތު އުފެއްދުމަށްކަމަށް ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ވިދާޅުވެއްޖެ އެވެ. 

ޝާހިދު މިފަދައިން ވިދާޅުވެފައިވަނީ އައްޑޫ ގަން އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު އިފްތިތާހުކުރުމަށް ބޭއްވި ޚާއްސަ ހަފްލާގައި ވާހަކަދައްކަވަމުން ނެވެ. 

ޝާހިދުގެ ވާހަކަ ފެއްޓެވީ ރައީސުލްޖުމްހޫރިއްޔާ ކޯވިޑް މެނޭޖުކުރެއްވި ގޮތަށް ތައުރީފުކުރައްވަމުން ނެވެ. 

އެގޮތުން ކޯވިޑް-19 އާއި ގުޅިގެން ރާއްޖެ ފުރަބަންދުކޮށް އިޤްތިޞާދީ ގިނަ ހަރަކާތްތަކެއް ހުއްޓާލަން ޖެހުމުން، އޭރު ރާއްޖޭގައި ކުރިއަށް ގެންދިޔަ މަޝްރޫއުތައް މެދުކަނޑާލުމަށް ރައީސަށް ބަޔަކު ލަފާދެމުން ދިޔަކަމަށާއި، އެފަދައިން އެކަން ނުކުރައްވައިފި ނަމަ ރާއްޖެ ބަނގުރޫޓޫވާނެ ކަމުގެ އިންޒާރު ދެމުން ދިޔަކަމަށް ޝާހިދު ވިދާޅުވި އެވެ. 

އޭނާ ސިފަކުރެއްވީ އެ ވާހަކަތަކަކީ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދާ ސަރުކާރާއި މެދު ނަފްރަު އުފެއްދުމަށް ދެއްކެވި ވާހަކަތަކެއްގެ ގޮތުގައެވެ. 

ދެން ޝާހިދު ވިދާޅުވީ އިންޑިއާގެ ސަރުކާރުގެ އެހީގައި އައްޑޫ ސިޓީގައި ގާއިމްކުރި ޕޮލިސް އެކަޑަމީގެ ވާހަކައެކެވެ. އެތަނަކީ ބޭރުގެ އަސްކަރީ މަރުކަޒެއްކަމަށް އިދިކޮޅު ފަރާތްތަކުން އޭރު ސިފަކުރަމުން ދިޔަ ކަމަށާއި، މިހާރު އެ ވާހަކަތައް ހުއްޓާލާފައިވާކަމަށް ޝާހިދު ވިދާޅުވި އެވެ. 

އަދި އެ ވާހަކަތަކަކީ ވެސް އައްޑޫ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފައްދާ ރައީސް ޞާލިހާއި މެދު ނަފްރަތު އުފައްދަން ދައްކާފައިވާ ވާހަކަތަކެއްކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތައް ރައްޔިތުން ޤަބޫލު ނުކުރާ ކަމަށެވެ. 

އެމީހުންނަށް ރައީސް ޞާލިހާއި ދެކޮޅަށް ދެއްކޭނެ އެއްވެސް ވާހަކައެއް ނެތުމުން، މަސައްކަތް ކުރަމުންދަނީ އެމަނިކުފާނާއި ދެކޮޅަށް ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް ކަމަށް ޝާހިދު ވިދާޅުވި އެވެ. 

"ހެދިހާ ދޮގެއް ސާފުކޮށް ފެންނަން އޮތީމަ ދެނެއް އެ މަގަކަށް ނުގެންދެވޭނެ. ވިއްކާނެ އެއްޗެއް ނެތިގެން ބޮލަށް ދޮލަނގު ލައިގެން، ދޮލަނގަށް ނަފްރަތު ލައިގެން ވިއްކަން ނުކުމެ އެތިބީ. އެކަމަކު ރައްޔިތުންނެއް ދެނެއް އެ ދޮލަނގަކުން އެއްޗެއް ނުގަންނާނެ"

ފޮރިން މިނިސްޓަރު ޝާހިދު

ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ ސަރުކާރު ބަދަލުވެއްޖެ ނަމަ މިހާރު އައްޑޫ ސިޓީގައި ފަށާފައިވާ މަޝްރޫއުތަކަށް ދެން އަންނަ ސަރުކާރަކުން ހަދާނެ ގޮތެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. ޔަގީނުންވެސް އެ މަޝްރޫއުތައް ކުރިއަށް ނުގެންދަވާނެކަމަށް އޭނާ ވިދާޅުވި އެވެ. 

އެކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ މި މަޝްރޫއުތަކުގެ ފޮނި މީރުކަން ރައްޔިތުންނަށް ލިބޭނީ ރައީސް ޞާލިހަށް އިތުބާރު ކުރައްވާ އެމަނިކުފާނު ވެރިކަމުގައި ބަހައްޓައިގެން ކަމަށެވެ. އަދި އެމަނިކުފާނަށް ދެވަނަ ދައުރެއް ހޯއްދަވާދެއްވުމަށް ރައްޔިތުން ވެސް ބޭނުންފުޅުވާނެކަން ޤަބޫލުކުރައްވާކަމަށް ޝާހިދު ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް