މިނިސްޓަރު ފައްޔާޒު ގަން އެއާޕޯޓު މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
04 Jun 2023 | 22:29
އިންވެސްޓަރުންގެ އިތުބާރު އައްޑޫއަށް ނުލިބި އޮތީ އެއާޕޯޓު ތަރައްޤީނުވެ އޮތީމަ: ފައްޔާޒު

އައްޑޫ ސިޓީގެ ތަރައްގީއާއި ގުޅުންހުރި މަޝްރޫއުތަކަށް އިންވެސްޓުކުރުމަށް މިހާތަނަށް އިންވެސްޓަރުން ފަހަތަށް ޖެހެނީ، އައްޑޫ ސިޓީގެ މައި އެއާޕޯޓު ތަރައްގީނުވެ އޮތުމުންކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ. 

ގަން އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު އެންމެ ބޮޑު ތަސައްވަރަށް އޮތީ އައްޑޫ ސިޓީ ތަރައްގީކުރުން ކަމަށެވެ. 

ދިވެހިރާއްޖޭގެ ތަރައްގީ އައްޑޫ ސިޓީއާއި ގުޅިފައިވާކަން އެމަނިކުފާނު ޤަބޫލުފުޅު ކުރައްވާ ކަމަށާއި، އައްޑޫ ސިޓީގެ ތަރައްގީއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެއާޕޯޓު ތަރައްގީ ނުވެ އޮތް އޮތުންކަން އެމަނިކުފާނަށް ވިސްނިވަޑައިގަންނަވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. 

އެކަން ފާހަގަކުރައްވާ ފައްޔާޒު ވިދާޅުވީ އައްޑޫގައި ފަތުރުވެރިކަން ފުޅާވެ އިންވެސްޓަރުންގެ އިތުބާރު ލިބެން އޮތީވެސް އެއަރޕޯޓް ތަރައްޤީ ކުރެވިގެންނެވެ.

މިކަމަށްޓަކައި މިސަރުކާރުން އެއަރޕޯޓް ތަރައްޤީ ކުރާނެ ފައިސާ ހަމަޖައްސައި އެއަރޕޯޓްގެ މަސައްކަތް ފެށިގެން ދިއުމަކީ އައްޑޫއަށް އިންވެސްޓް ކުރާ ރައްޔިތުންނަށް ލިބިގެންދާނެ އިތުރު ޔަގީންކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

"ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ވަރަށް މުހިންމު ކަމެއް އައްޑޫގެ ޓޫރިޒަމަށްވެސް އަދި ދިވެހި ރާއްޖޭގެ ޓޫރިޒަމްގެ ތަރައްޤީއާއި، ޚާއްސަކޮށް ރީޖަނަލް ޓޫރިޒަމްގެ ތަރައްޤީއަށް އަގުތަކަށް އެގެންނެވި ބަދަލު. ތިޔަ ބޭފުޅުން އަކަ މީޓަރަކަށް 8 ޑޮލަރު ދައްކަމުން ދިޔަ ދިއުން އޮތީ މިބަދަލާއިއެކު 2 ޑޮލަރަށް ތިރިވެފަ. އޭގެ ބޭނުމަކީ އައްޑޫގެ ތަރައްޤީއަށް އިންވެސްޓް ކުރަން ތިބި މީހުންނަށް އެކަމުގައި ހިތްވަރު ދިނުން."

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު 

މިނިސްޓަރު ފައްޔާޒު އިތުރަށް ވިދާޅުވީ އައްޑޫގައި އިންވެސްޓް ކުރާ މީހުންނަށް މިހާތަނަށް ދިމާވި އެންމެ ބޮޑު މާލީ ގޮންޖެހުމަށްވެސް ހައްލު ހޯއްދަވައި ދެއްވީ ރައީސް ޞާލިހު ކަމަށެވެ. 

އައްޑޫއަށް އެހާބޮޑު އަހައްމިއްޔަތެއް ދެނީ ރާއްޖޭގެ ތަރައްޤީގެ އެންމެ ބޮޑު ހިއްސާއެއް އައްޑޫ ސިޓީގައި އޮތުމުންކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ އައްޑޫއަށް އަންނަ ކޮންމެ ތަރައްޤީއަކީ މުޅި ދެކުނަށާއި ރާއްޖެއަށް ލިބިގެންދާ ކުރިއެރުމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.