ރައީސް ޞާލިހު އައްޑޫ ރައްޔިތުންނާއެކު ރޭގަނޑުގެ ފަރިއްކޮޅުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
05 Jun 2023 | 06:02
މީން ޒަމާނަކު ރާއްޖޭގައި ނުހިންގޭ ވަރުގެ ގިނަ ބޮޑެތި މަޝްރޫއުތައް ހިންގިއްޖެ: ރައީސް ޞާލިހު

ފަސް އަހަރުގެ ތެރެއިން މަސައްކަތްކުރަން ލިބުނު ތިން އަހަރު ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށާއި މީން ޒަމާނަކު ރާއްޖޭގައި ނުހިންގޭ ވަރުގެ ގިނަ ބޮޑެތި މަޝްރޫއުތައް ހިންގިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އައްޑޫ ސިޓީގެ ރައްޔިތުންނާއެކު ރޭ ބޭއްވެވި ރޭގަނޑުގެ ފަރިއްކޮޅުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އުތުރުން ދެކުނަށް ކޮންމެ ރަށަކާއި ކޮންމެ އަތޮޅެއްގައި އުމްރާނީ ތަރައްގީގެ ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

"މި ވޭތުވެދިޔަ ފަސް އަހަރު ނިމިގެންދާއިރުގަ އަޅުގަނޑުމެންނަށް މަސައްކަތް ކުރަން ލިބުނު ތިން އަހަރު ތެރޭގަ، އަޅުގަނޑު ދަންނަވާނީ އިރާދަކުރެއްވިއްޔާ ގިނަ މަސައްކަތްތަކެއް އައްޑޫ ސިޓީއާ މުޅި ރާއްޖޭގާ ކުރެވިއްޖޭ" ރައީސް ވިދާޅުވިއެވެ.

އެގޮތުން އަސާސީ ހިދުމަތްތައް ކަމުގައިވާ ފެނާ ނަރުދަމާއާއި ކަރަންޓާއި، ތައުލީމާއި، ސިއްހަތު ފަދަ ހުރިހާ ދާއިރާތަކުން، މީން ޒަމާނަކު ރާއްޖޭގައި ނުހިންގޭ ވަރުގެ ގިނަ ބޮޑެތި މަޝްރޫއުތައް ހިންގިއްޖެ ކަމަށާއި މިހާރުވެސް ހިންގަމުން ދާކަމަށް ރައީސް ވިދާޅުވިއެވެ.

މި މަޝްރޫއުތައް ނިމޭއިރު ރާއްޖޭގައި އުމްރާނީ ތަރައްގީއަށް ދެން ކުރަން ހުންނާނީ މަދު ކަމެކޭ ދެންނެވިދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފާއިތުވި ފަސްއަހަރެކޭ އެއްގޮތަށް ކުރިއަށް އޮތް ފަސް އަހަރުވެސް އެންމެ އިސްކަމެއް ދޭނީ ހަމަޖެހުމާއި ސުލްހައަށް ކަމަށެވެ. ސަބަބަކީ އެކަން ނެތި އެއްވެސް ތަނަކަށް ގެނެވޭނެ ތަރައްގީއެއް ނޯންނާނެތީ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް