ދުވަސްވީ މީހަކު ހެނދުނު ކަސްރަތުކޮށް ހިނގާލުމަށް ނިކުމެ -- ފޮޓޯ/ ސަން
ހަބަރު
05 Jun 2023 | 06:07
އިސްރަށްވެހިންގެ އެލަވަންސް ބޮޑުކުރަނީ

އިސްރަށްވެހިންގެ އެލަވަންސް ބޮޑުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، އައްޑޫސިޓީގެ ރައްޔިތުންނާއެކު ރޭ ބޭއްވި ފަރިއްކޮޅުގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ކޮވިޑްގެ އާލަމީ ބަވާ ކުރިމަތި ނުވިނަމަ ސަރުކާރުގެ ހުރިހާ ދާއިރާތަކެއްގެ މުސާރައަށް ބޮޑު ބަދަލެއް ނެގެވުނީސް ކަމަށެވެ.

އެހެން ނަމަވެސް މިހާރު ކުރިއަށްދާ ޕޭ ހާމަނައިޒޭޝަންގެ ތެރޭގައި، މިހާރު މުސާރައަށް ބަދަލު އަހިސްފައިނުވާ ހުރިހާ ދާއިރާއެއްގެ މުސާރައަށް ބަދަލު ގެންނަވާނެ ކަމަށް ރައީސް ވިދާޅުވިިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދޭ އިނާޔަތް ބޮޑުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ނިމިފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް އެކަން އިއުލާނު ކުރައްވާނެ ކަމަށެވެ.

"ދެން އޮތީ ދުވަސްވީ މީހުންނަށް، އަޅުގަނޑުމެންގެ އިސްރަށްވެހިންނަށް ދޭ އެލަވަންސްއަށް ގެންނަން ޖެހޭ ބަދަލު. އެވެސް މިހާރު އަޅުގަނޑުމެން މިދަނީ މުޠާލިއާ ކުރަމުން" ރައީސް ވިދާޅުވިއެވެ.

އެހެންކަމުން ކުރިއަށް އޮތް ތަނުގައި އިސްރަށްވެހިންގެ އެލަވަންސްއަށްވެސް ހެޔޮ ބަދަލު އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އައްޑޫ ސިޓީއަށް ބޮޑު ބަދަލެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އައްޑޫ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އައްޑޫ ސިޓީގެ މަރަދޫ އާއި ހަންކެނޑެ ސަރަހައްދުގެ ބިންހިއްކުމުގެ ބިޔަ މަޝްރޫޢާއި، ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު އެމަނިކުފާނު ވަނީ އިފްތިތާހު ކޮށްދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީއަށް ކުރައްވާ މި ދަތުރުފުޅުގައި ވަނީ އައްޑޫ ސިޓީކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލު ކުރައްވާފައެވެ.

ކޮމެންޓް
ހާލު
ހާމަނަޒް އަކީ ހާލުގައި ޖެއްސުންތޯ، ހެލްތު ދާއިރާގެ މުސާރަ އަށްކުރެވިކަމަކުން ކުރިން ލިބެމުން އައި ވަރަށް ވެސް ގެޔައްގެންދަންނުލިބިގެން އެއުޅެނީ، މިމަހުވެސް އާއިލާތައްތިބީ ހާލުގަޖެހިފަ އަދި ބޮޑުކުރެއްވުންކޮބާތޯ؟
05 Jun 2023
ގުޅޭ ލިޔުންތައް
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.