ބާސެލޯނާ އާއި ސެލްޓަ ވީގޯ ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު
05 Jun 2023 | 04:21
ލީގު ފަހުމެޗުގައި ޗެންޕިއަން ބާސެލޯނާ، ސެލްޓަ ވީގޯ އަތުން ބަލިވެއްޖެ!

ސްޕެނިޝް ލަލީގާގައި މިރޭ ރަށުން ބޭރުގައި ސެލްޓަ ވީގޯ އަތުން 2-1 ގެ ނަތީޖާއަކުން ޗެންޕިއަން ބާސެލޯނާ ބަލިވެއްޖެ އެވެ.

ފުރަތަަމަ ހާފުގައި ބާސެލޯނާ އިން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް މިހާފުގައި ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކުރީ ސެލްޓަ ވީގޯ އިންނެވެ. އެގޮތުން މި ހާފުގައި އެޓީމުން ބާސެލޯނާގެ ގޯލަށް އަމާޒުކޮށް 07 ހަމަލާއެއް ފޮނުވާލާފައި ވާއިރު މި ހާފުގައި ސެލްޓަ ވީގޯގެ ގޯލާއި އަމާޒުކޮށް ބާސެލޯނާއަށް ފޮނުވާލެވިފައި ވަނީ އެންމެ ހަމަލާއެކެވެ.

މި މެޗުގައި ސެލްޓާއިން ކާމިޔާބުކުރި ފުރަތަަމަ ލަނޑު މެޗުގެ 42 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ގަބްރީ ވެއިގާ އެވެ. މިއީ އެޓީމުގެ ސުވިޒަލޭންޑު ފޯވާޑް ހާރިސް ސެފެރޯވިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި ބޯޅައާއެކު ބާސެލޯނާގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ކައިރީގައި ތިބި ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށް ފަހު، ފޮނުވި ބޯޅަ ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ސެލްޓާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ވެސް ގިނަވަގުތު ބާސެލޯނާއިން ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް މި ހާފުގައި ވެސް ސެކްޓާގެ އެޓޭކުތަށް ފެނިގެންދިޔައީ ވަރަށް ވަރުގަދަކޮށެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 65 ވަނަ މިނެޓުގައި ސެލްޓާއިން ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކުރި އެވެ. މި ލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ގަބްރީ ވެއިގާއެވެ. މިއީ އެޓީމުގެ ސްޕެނިޝް ފޯވާޑް ކާލްސް ޕެރޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި މެޗުގައި ބާސެލޯނާ އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ދެވަނަ ހާފުގެ 79 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް ޒުވާން ފޯވާޑް އަންސޫ ފާޓީ އެވެ. މިއީ އެޓީމުގެ ފްރާންސް ފޯވާޑް އުސްމާން ޑެންބެލޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ސެލްޓަ ވީގޯ ކުރީގައި އޮވެގެންނެވެ.

މި މެޗުން ބާސެލޯނާ ބަލިވިއިރު، މިއީ ލީގު ޗެމްޕިއަންކަން ކަށަވަރު ކުރިފަހުން އެޓީމު ކުޅުނު ހަތަރު މެޗުގެ ތެރެއިިން ބަލިވި ތިންވަނަ މެޗެވެ. އަދި ލީގުގައި ކުޅުނު 38 އަށް މެޗުން އެޓީމަށް ލިބިފައިވަނީ 88 ޕޮއިންޓެވެ. އަދި މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެކު 38 މެޗު ކުޅެގެން ސެލްޓަ ވީގޯ ވަނީ 43 ޕޮއިންޓާއެކު ތާވަލްގެ 13 ވަނައަށް ކުރިއަށް ޖެހިލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.