ކަރީމް ބެންޒީމާ
ކުޅިވަރު
05 Jun 2023 | 17:04
ރޮނާލްޑޯގެ ފަހަތުން ބެންޒީމާ ވެސް ސައުދީ ލީގަށް!

ރެއާލް މެޑްރިޑްގެ ފޯވާޑް ކަރީމް ބެންޒީމާ އެކުލަބު ދޫކޮށް ސައުދީ ޕްރޮފެޝަނަލް ލީގުގެ ޗެމްޕިއަން އަލް އިއްތިހާދަށް ބަދަލުވާން އެއްބަސްވެއްޖެ އެވެ.

މީޑިޔާ ރިޕޯޓުތައް ބުނާގޮތުން އަލް އިއްތިހާދާއި އެކު ހަދާ އެއްބަސްވުމުގެ މުހިންމު ބައިތަކުގައި މިހާރު ވަނީ ސޮއިކޮށްފައެވެ. ބެންޒެމާ އެކުލަބާއި އެކު ހަދާ އެއްބަސްވުން 2025 ވަނަ އަހަރާއި ހަމަވުމުން ދެ ފަރާތް އެއްބަސްވާ ނަމަ އިތުރު އެއް އަހަރަށް، އެއްބަސްވުން އިތުރު ކުރުމުގެ ފުރުސަތު އެކުލަބަށް އޮންނަ މާއްދާއެއް އެ އެއްބަސްވުމުގައި ހިމަނާފައިވެއެވެ.

ފާއިތުވެދިޔަ 14 އަހަރު ރެއާލް މެޑްރިޑާއި އެކު ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައިވާ ބެންޒީމާ، ރެއާލް ދޫކޮށްލަން ނިންމާފައިވަނީ އެކުލަބާއިއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮއްވައެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އަލް އިއްތިހާދުން ބެންޒީމާއަށް 200 މިލިއަންގެ ހުށަހަޅާފައިވާއިރު، މިއީ މިދިޔައަހަރުގެ ޑިސެމްބަރުމަހުގެ ފަހުކޮޅު އަލް ނަސްރު އިން ކްރިސްޓިއާނޯ ރޮނާލްޑޯ ގެންދިއުމަށް ހުށަހެޅި އަގާއި ދާދި އެއްވަރުވެ ހުށަހެޅުމެކެވެ.

މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުން މާދަމާ ރިއަލް މެޑުރިޑަށް އަލްވަދާއު ކިޔުމުގެ ގޮތުން ބެންޒެމާ ނޫސްވެރިންނާއި ބައްދަލުކުރާނެއެވެ. އޭގެ ފަހުން ސައުދީގެ އަލް އިއްތިހާދާއި އެކު އެއްބަސްވުމުގައި ސޮއި ކުރުމަށް ސައުދީއަށް ދިޔުމަށް ވަނީ ހަމަޖެހިފައެވެ. ބެންޒެމާގެ އިތުރުން އާޖެންޓީނާގެ ލިއޮނަލް މެސީ ހޯދުމަށް ސައުދީގެ އަލް ހިލާލުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

2022 ވަނަ އަހަރުން ފެށިގެން ރިއަލް މެޑުރިޑުގެ ކެޕްޓަންގެ ޒިންމާ އަދާކުރަމުން އަންނަ ކަރީމް ބެންޒީމާ ވަނީ އެކުލަބަށް ކުޅެދިން 648 މެޗުގައި 354 ލަނޑު ކާމިޔާބުކޮށްދީފައެވެ. މީގެ ތެރޭގައި ލަލީގާގައި ރެއާލް މެޑްރިޑަށް ކުޅެދިން 439 މެޗުގައި 238 ލަނޑު، އަދި ޗެމްޕިއަންސް ލީގުގައި އެޓީމަށް ކުޅެދިން 133 މެޗުގައި 78 ލަނޑާއި ސްޕެނިޝް ސުޕަކަޕް، ކޮޕާ ޑެލްރޭގައި ކުޅެދިން 49 މެޗުގައި 25 ލަނޑުގެ އިތުރުން  ޔުއެފާ ސުޕަކަޕް އަދި ކުލަބް ވޯލްޑް ކަޕްގައި ކުޅުނު 27 މެޗުގައި ވަނީ އެޓީމަށް 13 ލަނޑު ކާމިޔާބުކޮށްދިފައެވެ.

2022 ވަނަ އަހަރު ބެލްންޑޯ ކާމިޔާބު ކުރި ކަރީމް ބެންޒީމާ ވަނީ ރިއަލް މެޑްރިޑާއިއެކު ޖުމުލަ 25 ތަށި ވަނީ ކާމިޔާބުކޮށްފައެވެ. އޭގެތެރޭގައި ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތްކަމުގައިވާ ޔުއެފާ ޗެމްޕިއަންސްލީގު ޗެންޕިއަން ފަސް ފަހަރު،  ކުލަބް ވޯލްޑް ކަޕް ފަސް ފަހަރު، ސްޕެނިޝް ލަލީގާގެ ހަތަރު ފަހަރު، ޔޫއެފާ ސުޕަ ކަޕް ހަތަރު ފަހަރު، ކޮޕާ ޑެލްރޭ ތިން ފަހަރު ހޯދުމުގެ އިތުރުން ސްޕެނިޝް ސުޕަ ކަޕް ހަތަރު ފަހަރު ކާމިޔާބުކޮށްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.