މެޓީރިއަލް ރިކަވަރީ ފެސިލިޓީ އިފްތިތާހު ކުރުމުގެ ތެރެއިން
ހަބަރު
06 Jun 2023 | 06:04
ރާއްޖޭގައި ފުރަތަމަ ފަހަރަށް މެޓީރިއަލް ރިކަވަރީ ފެސިލިޓީއެއް އިފްތިތާހުކޮށްފި

ދަ ކޮކާ-ކޯލާ ފައުންޑޭޝަނާއި މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ) ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމްކުރި މެޓީރިއަލް ރިކަވަރީ ފެސިލިޓީ (އެމްއާރްއެފް) އިފްތިތާހުކޮށް، ރަށު ކައުންސިލްތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި ރިސޯޓްތައް ހިމެނޭ ގޮތަށް އެކި ދާއިރާތަކުގެ ބައިވެރިން ގުޅިގެން މުހިންމު މަޝްރޫއެއް ފަށައިފި އެވެ.

އުކާލެވޭ ޕްލާސްޓިކް އެއްކޮށް، ރީސައިކަލްކުރުމާއި ޕެކޭޖިންގެ ވަށައިގެން ވަށާޖެހޭ އިގްތިސާދެއް ބިނާކުރުމަށް ހުރިހާ ބައިވެރިން ގުޅިގެން މި ކުރެވޭ މަސައްތަކީ، މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ޝިއާރު ކަމަށްވާ #BeatPlasticPollution އާ ގުޅިލާމެހިފައިވާ މަސައްކަތެއް ކަމަށް މޯޕާއިން ބުނެއެވެ.

ޕްލާސްޓިކް ކުނިން ތަޣައްޔަރުވުމާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި އަވަސް ހައްލެއް ހޯދަން ޖެހޭކަން މި ހަރަކާތުން ފާހަގަކުރެއެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި، އެމްއާރްއެފް އިފްތިތާހުކުރުމަކީ މި އަހަރުގެ ތިމާވެށި ދުވަހާ ގުޅުވައިގެން ތިމާވެށި ހިމާޔަތްކުރުމަށް ފިޔަވަޅު އެޅުމަށް ގޮވާލެވޭ ގޮވާލުންތަކަށް ހަރުދަނާ އިޖާބައަކަށް ވާތީ، މިއީ ވަރަށް މުހިންމު ކަމެއް ކަމަށް މޯޕާއިން ބުނެއެވެ.

މި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން އެ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އާބަންކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ގައިސްއެވެ.

އެމްއާރްއެފް އަކީ ކުނި މެނޭޖްކުރުމާއި ޕެޓް ޕްލާސްޓިކް ފަދަ އަލުން ބޭނުންކުރެވޭ ތަކެތި ޕްރޮސެސްކޮށް، އާ އުފެއްދުންތައް އުފެއްދުމަށް ބޭނުންވާ މާއްދާތަކުގެ ގޮތުގައި ވިއްކުމުގައި ވަރަށް މުހިންމު ނިޒާމެކެވެ.

މިއީ، ވަށާޖެހޭ އިގްތިސާދެއް ގާއިމުކުރުމާއި، ކުނި މެނޭޖުކުރުމާއި، ތަޣައްޔަރުވުން ހުއްޓުވުމަށާއި، ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މިންވަރު މަދުކުރުމަށާއި، ޕެޓް ފަދަ އަލުން ބޭނުންކުރެވޭ ތަކެތީގެ ބޭނުންތެރިކަން ފުޅާކުރުމަށް ވަރަށް ބޭނުންތެރި ފެސިލިޓީއެކެވެ.

އަދި ކުނި ނެގުން ފަދަ ސިނާއަތްތައް އުފައްދައި މުޖުތަމައުއަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުން ފަދަ ކަންކަމަށް ވެސް އެމްއާރްއެފްތަކުން ބާރު އަޅައެވެ.

ޕެޓް ޕްލާސްޓިކް އަލުން ބޭނުންކުރުމަށް އެއްކޮށް، ތަރުތީބުކޮށް، ބޭލްކޮށް، އެކްސްޕޯޓްކުރުމަށް ފަރުމާކޮށްފައިވާ މޯޕާ އެމްއާރްއެފް އަކީ އެ ޖަމިއްޔާގެ ބައިވެރިން ގުޅިގެން ކުރާ މަސައްކަތުގެ ހެއްކެކެވެ.

ދަ ކޮކާ-ކޯލާ ފައުންޑޭޝަނުން ވަނީ އެމްއާރްއެފް ގާއިމްކޮށް، ހިންގުމަށް 150،000 ޑޮލަރުގެ ފައިސާގެ އެހީ ދީފައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ އެމްއާރްއެފްގައި ބޭލާ މެޝިނަކާއި، ޕިކަޕަކާއި، ބަރުދަން ބަލާނެ އާލާތްތަކާއި، ފޯކްލިފްޓެއް ހިމެނޭއިރު، ބޭލްކޮށްފައިވާ ޕްލާސްޓިކް ބަހައްޓާނެ ތަނެއް ވެސް ހުރެ އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި، މުޖުތަމައުތަކަށް ބޮޑެތި ގޮންޖެހުންތަކަށް ހައްލު ހޯދައިދޭ އީޖާދީ ވިސްނުމާއި މުއައްސަސާތަކަށް އިންވެސްޓްކޮށްގެން ތަފާތުތަކެއް ގެނެސްދިނުން. މި ފެސިލިޓީ ހުޅުވުމަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް،" ދަ ކޮކާ-ކޯލާ ފައުންޑޭޝަންގެ ރައީސް ސާދިޔާ މެޑްސްބްޖާގް ވިދާޅުވި އެވެ. 

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވީ، މިއީ ޕެޓް ޕެކޭޖިންގެ ވަށައިގެން ވަށާޖެހޭ އިގްތިސާދެއް އުފެއްދުމުގައި އިތުރަށް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ސަރުކާރާއެކު ފަށާފައިވާ މުހިންމު މަޝްވަރާތަކަށް އިތުރު ބާއެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.

މޯޕާއާ އެކު ގާއިމްކުރި މި ގުޅުމަކީ، ޕްލާސްޓިކް ކުނިން ތަޣައްޔަރުވުން ހުއްޓުވުމަށާއި ރާއްޖޭގައި ވަށާޖެހޭ އިގްތިސާދެއް ގާއިމުކުރުމަށް ކުރާ މަސައްކަތްތައް ހަރުދަނާ ކުރުމަށް ދަ ކޮކާ-ކޯލާ ފައުންޑޭޝަނުން ރާއްޖެއަށް ދިން ފުރަތަމަ އެހީ އެވެ.

ދަ ކޮކާ-ކޯލާ ފައުންޑޭޝަނަކީ ކޮކާ-ކޯލާ ކުންފުނީގެ ބައިނަލްއަގުވާމީ ރޮނގުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ. 1984 ވަނަ އަހަރު ގާއިމްކުރި މި ފައުންޑޭޝަނަކީ އަންހެނުން ބާރުވެރިކުރުވައި، ތިމާވެށި ހިމާޔަތްކޮށް، އެ ފަރާތުން ހިދުމަތްކުރާ މުޖުތަމައުތަކުގެ މުޅި ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް މަސައްކަތް ކުރަމުން އަންނަ ފައުންޑޭޝަނެކެވެ.

މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ) އަކީ 2020 ވަނަ އަހަރުގެ ކުރީކޮޅު ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާއެކެވެ. މި އެލަޔަންސްގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ޕްލާސްޓިކް މަދުކުރުމާއި އަލުން ބޭނުންކުރުމާއި ރީސައިކަލްކުރުމާއި ރާއްޖޭގެ ނާޒުކު ދިރުންތަކަށް ހުރި ނުރައްކާތަކާ މެދު ހޭލުންތެރިކަން އިތުރުކުރުން އަދި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މުޖުތަމައުގެ ތެރޭގައި އަލުން ބޭނުންކުރުމަށް މިހާރަށް ވުރެ ބޮޑަށް ވަކާލާތުކުރުން ހިމެނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ