އަންހެނުންނަށް ގޭތެރޭގައި ގެންގުޅޭ ކަރަންޓު ސާމާނު މަރާމާތުކުރަން ދަސްކޮށްދޭ ކޯހެއް އަރބަންކޯއިން ފަށަނީ
ހަބަރު
06 Jun 2023 | 12:37
އަންހެނުންނަށް ގޭތެރޭގައި ގެންގުޅޭ ކަރަންޓު ސާމާނު މަރާމާތުކުރަން ދަސްކޮށްދޭ ކޯހެއް ފަށަނީ

އަންހެނުންނަށް ގޭތެރޭގައި ގެންގުޅޭ ކަރަންޓު ސާމާނު މަރާމާތުކުރަން ދަސްކޮށްދޭ ކޯހެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އަރބަންކޯ އިން އިޢުލާނުކޮށްފިއެވެ.

އަރބަންކޯއިން ބުނީގޭތެރޭގައި ގެންގުޅޭ ކަރަންޓު ސާމާނަށް އަންހެނުން އަހުލުވެރިކުރުވުމަށާއި، އެތަކެތި މަރާމާތުކުރަން ދަސްކޮށްދޭ ކޯހުގައި ބައިވެރިވުމަށް މިހާރު ފުރުސަތު ހުޅުވާލެވުފައި ވާކަމަށެވެ. މި ކޯހަކީ މޯލްޑިވްސް އިންޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އާއި އަރބަންކޯއާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދެވޭ ކޯހެއް ކަމަށް އަރބަންކޯ އިން ބުނެއެވެ.

އަރބަންކޯގެ ފަރާތުން އަންހެނުން ބާރުވެރިކުރުވުމަށާއި، އަންހެނުންނަށް އެކި ކަހަލަ ފުރުސަތުތައް ހޯދައިދިނުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން  ހިންގާ ވިލުންވެރިން ކަނބަލުން ކެމްޕޭންގެ ތެރެއިން ތައާރަފްކުރެވުނު މި ކޯސް ހިންގުމަށް ހަމަޖެހިފައި ވަނީ 4 ސެޝަނަކަށް ބަހާލައިގެން ކަމަށް އަރބަންކޯއިން ބުނެއެެވެ.

ޖުމްލަ 8 ގަޑި އިރުގެ މި ކޯހުގެ ކޮންމެ ސެޝަންއަކީ ވެސް 2 ގަޑި އިރު ކަމަށާއި އަދި މި ކޯސްތައް ފެށުމަށް ހަމަޖެހިފައި ވަނީ މި މަހު ކަމަށް އަރބަންކޯ އިން ހާމަކޮށްފައި ވެއެވެ. ކޯހުގައި ރަޖިސްޓްރީވުމަށް ހުޅުވާލާފައި ވަނީ 10 ދުވަހުގެ މުއްދަތެކެވެ.

އަންހެނުންގެ ހުނަރުވެރިކަން އިތުރުކޮށް، ގޭތެރޭގައި ގެންގުޅޭ ސާމާނަށް އަހުލުވެރިކުރުމަށް ހިންގާ މި ކޯހުގެ ތެރޭގައި ގޭގައި އާންމުކޮށް ބޭނުންކޮށް އުޅޭ އުނދުން، އަވަން، އޭސީ ފަދަ ތަކެތި އެންމެ އެކަށީގެންވާގޮތަށް ބޭނުންކުރާނެ ގޮތް ދަސްކޮށްދޭނެ ކަމަށާއި، އަދި އެތަކެތި މަރާމާތު ކުރާނެ ގޮތުގެ ބޭސިކްސް އުނގަންނައިދެވޭނެ ކަމަށް އަރބަންކޯއިން ބުނެއެެވެ.

އަރބަންކޯއާއި އެމްއައިޓީއާ ދެމެދު ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން އަންހެނުންނަށް ޚާއްސަ ކޯހެއް ތައާރަފްކޮށް ފުރުސަތު ހުޅުވާލާފައިވާއިރު، މި އެމްއޯޔޫގެ ދަށުން ޒުވާނުންނަށާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ވޮކޭޝަނަލް ޓްރެއިނިންތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައި ކަމަށް އެކުންފުނިން ބުނެއެެވެ.

ތިރީގައި މިވާ ލިންކުން މި ކޯހުގައި ބައިވެރިވުމަށް އޮންލައިންކޮށް ރަޖިސްޓަރ ކުރެވޭނެއެވެ. https://forms.gle/4inMaeHFwBAt6SMK8

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Jul 2026
އަމިއްލައަށް ވަކިވި މުއައްޒަފުންނަށް އުސޫލުގެ ތެރެއިން ވާނީ ފައިސާ ދީފައި: ފެނަކަ
ފެނަކައިްނ ބުނީ އަމިއްލައަށް އެދިގެން ވަކިވި އެކުންފުނީގެ މުއައްޒަފުންނަށް ހަތަރު މަހުގެ މުސާރައަށްވާ ފައިސާ ދީފައިވާ ކަމަށެވެ. އެގޮތުން އަމިއްލައަށް ވަކިވުމަށް 108 މުއައްޒަފަކު ހުށަހެޅިކަމަށެވެ
28 Jul 2026
ހުޅުލެ އައިލެންޑް ހޮޓަލާ ދިމާ ބޭރުން މިރޭ ހަވާ އަރުވަނީ
28 Jul 2026
ޤައުމީ އަސްކަރިއްޔާގެ ހިނގާލުން މާދަމާ ހުޅުމާލޭގައި
ލިޓަރީ ބޭންޑުން ރާގު ކުޅޭ ގޮތަށް ހަމަޖެހިފައިވާ އިރު، އެ ސަރަހައްދުތަކަކީ ސެންޓްރަލް ޕާކް (ހިތިގަސްމަގު – ހުވަނދުމާހިނގުން ޖަންކްޝަން)އާއި ސިފްކޯ ފުލެޓް (ރީތިގަސްމަގު – އަސުރުމާހިނގުން ޖަންކްޝަން) ކައިރި
28 Jul 2026
ކުޑަކުދިން ބަހައްޓާ ސެންޓަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނިކޮށް ހައްޔަރު
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޅ. ނައިފަރު / ފުންވިލު، ޒައިދު މުޙައްމަދު (36އ) އެވެ.
28 Jul 2026
ދަރަނީގެ ހާމަކުރުމާއި އިންވެސްޓަރުންނާ ގުޅުން ބެލެހެއްޓުމުގައި ސްރީލަންކާ ދުނިޔޭގެ ހަތަރުވަނައަށް
ސްރީލަންކާގެ ފިނޭންސް ވުޒާރާއިން ބުނީ މި ކުރިއެރުން ހާސިލުކުރެވުނީ 2024 ވަނަ އަހަރުގެ ފަހުކޮޅު ޕަބްލިކް ޑެޓް މެނޭޖްމެންޓް އޮފީހުގެ ދަށުން ރަސްމީ އިންވެސްޓާ ރިލޭޝަންސް ޕްރޮގްރާމެއް ޤާއިމުކުރުމުގެ ސަބަބުން ކަމަށެވެ.
28 Jul 2026
އޮގަސްޓް އިންޓޭކްއަށް ފޯމު ހުށަހެޅުމުގެ ފަހު ފުރުސަތު ބުރާސްފަތި ދުވަހު
ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ 2026 ގެ ދެވަނަ ޓާރމްގެ ކޯސްތަކަށް ފޯމު ހުށަހެޅުމުގެ އެންމެފަހު ސުންގަޑިއަކީ މިމަހު 30 ވާ ބުރާސްފަތި ދުވަސް ކަމަށް އެ ޔުނިވާސިޓީން ބުނެފިއެވެ.
28 Jul 2026
ޖަޕާނަށް ރިކްޓަރ މިންގަނޑުން 7.1 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
ޖަޕާނުގެ ހުޅަނގު ދެކުނު ސަރަހައްދަށް ރިކްޓަރ މިންގަނޑުން 7.1 ގެ ބާރުގަދަ ބިންހެލެއް އަތުވެއްޖެއެވެ. މި ބިންހެލުމާ ގުޅިގެން ނެރުނު ސުނާމީގެ އިންޒާރު، އެ ޤައުމުގެ މީޓިއޮރޮލޮޖިކަލް އެޖެންސީން މިހާރު ވަނީ ކަނޑާލައިފައެވެ.
28 Jul 2026
ސްޕޯޓްސް ކޯޕަރޭޝަން އުވާލިއިރު، ގެއްލުން 43 މިލިއަން ރުފިޔާއަށްވުރެ މަތީގައި
ޕޯޓްސް ކޯޕަރޭޝަން އުވާލާފައިވަނީ އެކުންފުންޏަށް ލިބެމުންދިޔަ ގެއްލުންތަކާއެކު، ކުންފުނިން ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދޭނެ މަގެއް ނެތުމުގެ ސަބަބުންނެވެ.