ހެރީ ކޭން ރެއާލް މެޑްރިޑުން މިވަގުތު އެންމެ ބޭނުންވާ ކުޅުންތެރިއާ
ކުޅިވަރު
06 Jun 2023 | 18:44
ރެއާލްގެ ހުރިހާ ފޯކަސްއެއް ހެރީ ކޭން ހޯދުމަށް!

ރެއާލް މެޑްރިޑުގެ ކެޕްޓަން ކަރީމް ބެންޒެމާ ނެތްތަން އަންނަ ސީޒަންގައި ފޫބެއްދުމަށް އެކުލަބުން އެންމެ ބޮޑަށް ބޭނުންވާ ކުޅުންތެރިއަކީ ޓޮޓެންހަމް އަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް ހެރީ ކޭން ކަމުގައި މީޑީއާ ރިޕޯޓްތައް ބުނެފިއެވެ.

އުމުރުން 29 އަހަރުގެ ކޭން ޓޮޓެންހަމްއާއިއެކު ހަދާފައިވާ ކޮންޓްރެކްޓުގައި އަދި ބާކީ އެއް އަހަރު އެބައޮތެވެ. އެކި ފަހަރުމަތިން ޔޫރަޕްގެ ބޮޑެތި ޓީމްތަކުން ކޭން ހޯދުމަށް މަސައްކަތްކުރި ނަމަވެސް މިހާތަނަށް އެކަން އެއްވެސް ކުލަބަކަށް ކާމިޔާބު ކުރެވޭގޮތް ވަނީ ނުވެފައެވެ.

ރެއާލް މެޑްރިޑްގެ އިތުރުން އިގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓެޑާއި ޖަރުމަނުގެ ބަޔާން މިއުނިކް އިން ކޭން ހޯދުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، ކުރިން ބެލެވިފައި އޮތީ މެންޗެސްޓާ ޔުނައިޓެޑުން ކޭންގެ ޓްރާންސްފާ ކާމިޔާބުކުރާނެކަމަށެވެ.

ނަމަވެސް މިޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޓޮޓެންހަމް އިން ވާދަވެރި ޓީމަކަށް ކޭން ވިއްކާލުމަށް ވުރެ ފުރުސަތު ބޮޑު ރެއާލް ނުވަތަ ބަޔާން މިއުނިކަށް ވިއްކާލުމެވެ.

ހެރީ ކޭން އަކީ ޓޮޓެންހަމްގެ ތާރީޚްގައި އެކުލަބަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ އެވެ. ޓޮޓެންހަމްއަށް ކުޅެދިން 435 މެޗުގައި ކޭން ވަނީ 280 ލަނޑު އެކުލަބަށް ކާމިޔާބުކޮށްދީފައެވެ.

ނަމަވެސް އޭނާ ކުލަބު ބަދަލުކުރަން ބޭނުންވާ އެންމެ ބޮޑު ސަބަބަކީ ކެރިއަރުގައި ތަށިތަކެއް ހޯދުމެވެ. އަދި ފާއިތުވެދިޔަ ދުވަސްތަކުގައި ރެއާލް މެޑްރިޑާއި ޓޮޓެންހަމް އާއި ދެމެދުގައި ވަނީ ކާމިޔާބު ވިޔަފާރިތަކެއް ކޮށްފައެވެ. އޭގެތެރޭގައި ޓޮޓެންހަމް ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވި ލޫކަ މޮޑްރިޗް އާއި ގެރެތު ބޭލް ވަނީ ރެއާލްގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ.

މީގެއިތުރުން ވެސް މެންޗެސްޓާ ޔުނައިޓެޑުގެ މިހާރުގެ ހާލަތަށް ބަލާއިރު ހެރީ ކޭންގެ ހުވަފެންތައް ހަގީގަތަކަށް ވުމުގެ ފުރުސަތު ބޮޑީ ރެއާލް މެޑްރިޑް ގައެވެ.

މި ސީޒަނަށް ފަހު ރެއާލު ދޫކޮށްލާނެކަން މިހާތަނަށް ވަނީ ހަތަރު ކުޅުންތެރިއަކު އިޢުލާން ކޮށްފައެވެ. އެއީ ހަޒާޑްއާއި މަރިއާނޯއާއި އެސެންސިއޯގެ އިތުރުން ބެންޒެމާއެވެ. ވުމާއެކު ކޭން ގަތުމަށް ބޮޑު ހޭދައެއް ކުރަން ޖެހުނު ނަމަވެސް ރެއާލަށް ތައްޔާރަށް އޮތްކަމަށް މިޑިއާ ރިޕޯޓްތައް ބުނެއެެވެ.

ކުރިއަށް އޮތް ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެގޮތުން ރެއާލް މެޑްރިޑުން ފާރަލަމުން އަންނަ ފޯވާޑުންގެ ތެރޭގައި ކޭންގެ އިތުރުން މި ސީޒަންގައި ނަޕޯލީގައި މޮޅު ކުޅުމެއް ދެއްކި ވިކްޓަރ އޯސިމެން، އިންޓަ މިލާނަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ލައުޓާރޯ މާޓިނޭޒް، ޗެލްސީއަށް ކުޅެމުން އަންނަ ޖަރުމަނުގެ ފޯވާޑް ކައި ހަވާޓްޒްގެ އިތުރުން ޔުވެންޓަސް އަށް ކުޅެމުން އަންނަ ޑޫސަން ވަލޮހޮވިޗް ހިމެނެއެވެ.

މީގެ އިތުރުން ބްރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ އިނގިރޭސި އެޓޭކިން މިޑްފީލްޑަރު ޖޫޑް ބެލިންހަމް އަންނަ ސީޒަނުގައި ރެއާލް މެޑްރިޑަށް ބަދަލުވާން އެއްބަސްވެފައިވާކަމަށް ދުނިޔޭގެ ކުޅިވަރު ހަބަރު ފަތުރާ ބޮޑެތި މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.