އެލެކްސިސް މެކް އެލިސްޓާ
ކުޅިވަރު
07 Jun 2023 | 10:54
ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އެލެކްސިސް މެކް އެލިސްޓާ ލިވަޕޫލަށް

އިނގިރޭސި ޕްރިމިއާ ލީގުގެ ބްރައިޓަންއަށް ކުޅެމުން އަންނަ އާޖެންޓީނާގެ މިޑްފީލްޑަރ އެލެކްސިސް މެކް އެލިސްޓާ ލިވަޕޫލަށް ބަދަލުވާން ނިންމައިފިއެވެ.

އުމުރުން 24 އަހަރުގެ މިޑްފީލްޑަރު ލިވަޕޫލަށް ބަދަލުވަނީ 55 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއަކަށެވެ. އެލިސްޓާ ވަނީ މިހާރު ބްރައިޓަންގެ ހުއްދަ އާއެކު ލިވަޕޫލްގެ މެޑިކަލް ވެސް ފުރިހަމަ ކޮށްފައެވެ.

އެލެކްސިސް މެކް އަލިސްޓާ ބްރައިޓަންއާއި އެކު ހަދާފައިވާ ކޮންޓްރެކްޓްގައި އަދި ބާކީ އެއް އަހަރު އެބައޮތެވެ. އަދި އޭނާ ލިވަޕޫލާއި ގުޅެނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ލިވަޕޫލާއިއެކު އޭނާ ހަދާ އެއްބަސްވުން ހަމަވާނީ 2028 ވަނަ އަހަރުގެ ސީޒަންގެ ނިޔަލަށެވެ.

ބްރައިޓަންގެ ތާރީޚުގައި އެ ޓީމް ފުރަތަމަ ފަހަރަށް ޔޫރަޕްގެ ފުޓްބޯޅައަށް ކޮލިފައި ކޮށްދިނުމުގައި އެ ޓީމްގެ މިޑްފީލްޑުގައި މެކް އަލިސްޓާ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. މީގެ އިތުރުން އެޓީމަށް ކުޅެދިން 112 މެޗުގައި އެލިސްޓާ ވަނީ 20 ލަނޑު އެކުލަބަށް ކާމިޔާބުކޮށްދިފައެވެ.

2022/23 ސީޒަން ބްރައިޓަން އިން ނިންމާލީ ޕްރެމިއާ ލީގު ތާވަލުގެ ހަ ވަނައިގައެވެ. މި އާއެކު އެޓީމަށް ވަނީ އަންނަ ސީޒަނުގެ ޔުއެފާ ޔޫރޮޕާ ލީގުގައި ކުޅުމުގެ ފުރުސަތު ލިބިފައެވެ.

2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް އާޖެންޓީނާއަށް ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްދިން އެލެކްސިސް މެކް އެލިސްޓާ ވަނީ މިހާތަނަށް ގައުމީ ޓީމަށް 16 މެޗު ކުޅެދީފައެވެ.

މި ސީޒަން ނިމުމާއިއެކު ލިވަޕޫލްގެ މެދުތެރެއަށް ކުޅެމުން ދިޔަ ބައެއް ކުޅުންތެރިން އެ ޓީމް ދޫކޮށްލަން ވަނީ ނިންމާފައެވެ. އެ ކުޅުންތެރިންގެ ތެރޭގައި ޖޭމްސް މިލްނާ، ނަބީ ކެއިޓާ ހިމެނެއެވެ. މިއާއެކު އަންނަ ސީޒަނަށް ލިވަޕޫލުގެ މެދުތެރެ ވަރުގަދަކުރުމަށް އެންމެ ފުރަތަަމަ އެޓީމުން ހޯދަން މަސައްކަތް ކުރީ ބްރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ އިންގްލެންޑް ޒުވާން މިޑްފީލްޑް ކުޅުންތެރިޔާ ޖޫޑް ބެލިންހަމް އެވެ.

ނަމަވެސް އަންނަ ސީޒަނުގައި އެޓީމަށް ޗެންޕިްއަންސް ލީގުން ޖާގައެއް ނުލިބުމުގެ އިތުރުން ޑޯޓްމަންޑް އިން އެކުޅުންތެރިޔާ ވިއްކާލުމަށް ކިޔާ އަގު ބޮޑުވުމުގެ ސަބަބުން ލިވަޕޫލް އެޓީމުގެ ވިސްނުން ބަދަލުކޮށް އެލިސްޓާގެ ސޮއި ހޯދީއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.