"ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީ"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން ހުއްދަ ދިނުން -- ފޮޓޯ/ އީސީ
ހަބަރު
07 Jun 2023 | 17:14
ރައުދާގެ ބައްޕަ އާތިފްއަށް ސިޔާސީ ޕާޓީއެއް ހެދުމުގެ ހުއްދަ ދީފި

ބަންގާޅުގައި މަރުވި ދިވެހި ދަރިވަރު އަދި މޮޑެލް ރައުދާ އާތިފްގެ ބައްޕަ މުހައްމަދު އާތިފަށް ސިޔާސީ ޕާޓީއެއް ހެދުމުގެ ހުއްދަ އީސީން ދީފިއެވެ.

އީސީން ބުނީ، "ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީ" ގެ ނަމުުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ މިއަދު ދީފައިވާ ކަމަށެވެ.

ޕާޓީ ހެދުމަށް ދިން ހުއްދައިގެ ލިޔުން އާތިފްއާ ހަވާލު ކޮށްދެއްވީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގެވެ.

އާ ޕާޓީއެއް ހަދަން މިއަދު ހުއްދަ ދީފައި ވާއިރު، މިދިޔަ މަހުގެ 24 ވަނަ ދުވަހު އީސީން ވަނީ "ދި ޑިމޮކްރެޓްސް"ގެ ނަމުގައިވެސް އާ ޕާޓީއެއް ހަދަން ހުއްދަ ދީފައެވެ.

ޑިމޮކްރެޓްސްއަކީ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފައްދެވި ފިކުރެއްގެ ދިރުން ގޮފިން އުފައްދަން ހުއްދަ ދީފައިވާ ޕާޓީއެވެ.

އެ ހުއްދަ ދިނުމަށްފަހު އީސީގެ ނައިބުރައީސް އިބްރާހިމް ހަބީބު ވިދާޅުވީ، ޕާޓީއަށް މަދުވެގެން 3000 މެމްބަރުން ހަމަކުރުމަށްޓަކައި ތިން މަސް ލިބިގެންދާނެ ކަމަށާއި އެ އަދަދަށް މެމްބަރުން ހަމަ ކުރުމުން ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުމަށް އެ ޕާޓީއަށް ދައުވަތު ދޭނެ ކަމަށެވެ.

ދި ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ އިލެކްޝަންސްއިން ދީފައި ވާއިރު، އެ ޕާޓީން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަންވެސް ވަނީ ނިންމާފައެވެ. 

ކޮމެންޓް
ހިކިފިނި ވަސީ
ނަފްސާނީ މައްސަލައަށް ބޭސްކުރުން ސިޔާސީ ޕާޓީހެދުމަށްވުރެ މުހިންމު
08 Jun 2023
ގުޅޭ ލިޔުންތައް
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ