Advertisement

ނަޝީދު މަޖިލީސް ރައީސް ކަމުން ވަކިކުރަން ހުށަހަޅައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އާއި އެމްޑީޕީ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ/ ވޮއިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ.

މަޖިލީހުގެ ރައީސްކަމުގެ މަގާމުން މުޙައްމަދު ނަޝީދު ވަކިކުރުމަށް މަޖިލީހުގެ މެޖޯރިޓީ، އަދި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމުމާއި ގުޅިގެން އެ ގަރާރުގައި 53 މެމްބަރުން ވަނީ ސޮއިކޮށްފައެވެ.

ގަރާރު ހުށަހެޅުމަށް ބޭނުންވާނީ 44 މެމްބަރުންގެ ސޮއެވެ. އެހެންކަމުން އެ އަދަދު ހަމަވެފައި ވާތީ، މަޖިލީހަށް މި ގަރާރު ހުށަހެޅުމަށް އެމްޑީޕީން ނިންމީއެވެ.

Advertisement

ނަޝީދު ވަކިކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމަވާފައި ވާކަން އިއުލާނު ކޮށްފައި ވަނީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމްއެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުމަށް އިއްޔެ އެމްޑީޕީ ޕީޖީގެ ބައްދަލުވުމެއްގައި ވަނީ މަޝްވަރާކުރެވިފައެވެ. އެ ބައްދަލުވުމުގައި ބައިވެރިވި 42 މެމްބަރުންގެ ތެރެއިން 36 މެމްބަރުން ވަނީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުމަށް އެއްބަސްވެފައިކަން އަސްލަމް ފާހަގަކުރެއްވި އެވެ. 

އެކަމާ ގުޅިގެން "ވޮއިސް" އަށް މައުލޫމާތު ލިބުނު ގޮތުގައި، މިހާތަނަށް 53 މެމްބަރުން ވަނީ އެ ގަގާރުގައި ސޮއިކޮށްފައެވެ.

އޭގެ ތެރޭގައި އެމްޑީޕީގެ މެމްބަރުން ފިޔަވައި ދެން ހިމެނިވަޑައިގަންނަވަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުالله ޖާބިރުއާއި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ އިތުރުން ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) އެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ބޭނުންވާ މިންވަރަށް މެންބަރުންގެ ސޮއި ނުލިބޭނެ ކަމަށް، އެމަނިކުފާނަށް ވަފާތެރި މެންބަރުން އުފައްދަވާފައިވާ ދަ ޑިމޮކްރެޓްސް ޕާޓީން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement