ރައީސް ޔާމީން ކޯޓަށް ވަޑައިގަންނަވަނީ/ ފޮޓޯ: ވަގުތު
ހަބަރު
07 Jun 2023 | 21:00
އާރަށު އިސްތިއުނާފު ފަށައިފި: ރައީސް ޔާމީންގެ ފަރާތުން ހުށައެޅުން ދެން އަންނަ އަޑުއެހުމަކަށް!

ވ. އާރަށު މުއާމަލާތާއި ގުޅުވާ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވާކަމަށް ކަނޑައަޅާ މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ހުކުމާއި ގުޅޭ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުގައި ފަށައިފި އެވެ.

މިއަދުގެ އަޑުއެހުމުގައި ކުރިއަށް ގެންގޮސްފައިވަނީ އެ މައްސަލައިގައި ހުކުމް ކޮށްފައިވާ ޔޫސުފް ނައީމުގެ ފަރާތްޕުޅުން ހުށައަޅާ އިސްތިއުނާފީ ނުކުތާތައް ހުށައެޅުމެވެ.

އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ ޔޫސުފް ނައީމުގެ މައްޗަށް ކޮށްފައިވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅާ ކްރިމިނަލް ކޯޓުން ވަނީ 3 އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ޔޫސުފް ނައީމުގެ މައްޗަށް ކޮށްފަ އެވެ.

އެ ހުކުމް ޔޫސުފް ނައީމުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، ޖުމަލް 4 އިސްތިއުނާފީ ނުކުތާއެއް ޔޫސުފް ނައީމުގެ ފަރާތްޕުޅުން ވަނީ ހައިކޯތަށް ހުށައަޅާފަ އެވެ.

ޔޫސުފް ނައީމުގެ ފަރާތުން އެންމެ ފުރަތަމަ ހުށައެޅީ ޝަރީއަތް ފެށުމަށްފަހު ދައުލަތުން ހުށައަޅާފައިވާ ހެކިތައް ބަލައިގެންފައިވާތީ ހުށައެޅި ނުކުތާއެވެ.

ޔޫސުފް ނައީމުގެ ފަރާތްޕުޅުން ގާނޫނީ ވަކީލުން ވަނީ ރައީސް ޔާމިނަށް ފައިސާ ދިނީ އާރަށް ކުއްޔަށް ދޫކުރުމުގެ މުގާބިލުގައިކަމަށް ދައުލަތުން ތުހުމަތުކުރާއިރު، ރިސޯޓެއް ތަރައްގީކުރުމަށްޓަކައި ރަށެއް ތިންވަނަ ފަރާތަކަށް ދިނުމަކީ ރައީސްގެ ރަސްމީ ހައިސިއްޔަތުގައި ހިމެނޭ ކަމެއް ނޫންކަން ޔޫސުފް ނައީމަށް ގަބޫލުކުރެވެން ޖެހޭ ސަބަބެއް ގާނޫނުލްއުގޫބާތުގައި ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ދައުލަތަށް ބުނެ ނުދެވޭކަމަށް ވިދާޅުވެފަ އެވެ.

އޭގެ އިތުރުން ދަށުކޯޓުން ދައުވާ ސާބިތުކުތުމަށް ކަނޑައެޅުމަށްފަހު އަދަބާއި ގުޅޭގޮތުން ވާހަކަ ދެއްކުމަށް އެކީށެންވާ ވަގުތު ދީފައި ނުވާކަން ވެސް ވަކީލުން ފާހަގަކުރެއްވި އެވެ.

އަދި ޔޫސުފް ނައީމުގެ މައްޗަށް ޖަލު ހުކުމެއްކޮށް، އެ އަދަބު ނޫން އެހެން އަދަބެއް ކަނޑައަޅާފައި ނުވަނީ ރަނގަޅަށް ނޫންކަމަށް އޭނާގެ ވަކީލުން ފާހަގަކުރެއްވި އެވެ.

ޔޫސުފް ނައީމުގެ ފަރާތްޕުޅުން މި ނުކުތާތައް މިއަދު ކޯޓަށް ހުށައަޅާފައި ވާއިރު، އެ ކަންކަމާއި ގުޅޭގޮތުން ހައިކޯޓުން ގޮތެއް ނިންމާދިނުމަށް ވެސް ޔޫސުފް ނައީމުގެ ވަކީލުން ވަނީ އެދިވަޑައިގަންނަވާފަ އެވެ.

އެ މައްސަލައާއި ގުޅިގެން ދައުލަތުން ބުނެފައިވަނީ، ޔޫސުފް ނައީމުގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ގާނޫނުގައި ބަޔާންކުރާ އަސްލު ހުކުމް ކަމަށެވެ. އަދި އެ ހުކުމާއި ގުޅޭގޮތުން ވާހަކަދައްކާ ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ވެސް ލިބިފައިވާ ކަމަށެވެ.

އެހެންކަމުން ހުކުމް ބަދަލުކުރަންޖެހޭ ހާލަތެއް ނެތްކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމިނުގެ ފަރާތްޕުޅުން ހުށައަޅާ ނުކުތާތައް ހުށައެޅުމަށް އޮތީ ތާވަލުކުރެވިފަ އެވެ.

އެހެން ނަމަވެސް ޝަރީއަތަށް ކަނޑައެޅިފައިވާ ވަގުތު ހަމަވެ ޝަރީއަތް ދިގުލައިގެން ދާތީ، ހައިކޯޓުން ނިންމެވީ ރައީސް ޔާމިންގެ ފަރާތްޕުޅުން ހުށައަޅާ ކަންކަން އެ މައްސަލައާއި ގުޅިގެން ދެން އޮންނަ އަޑުއެހުމެއްގައި ހުށައެޅުމަށެވެ.

އެއާއެކު މިއަދުގެ އަޑުއެހުން ވަނީ ކުރުކޮށްލާފަ އެވެ.

ކޮމެންޓް
ހުސޭނުބެ
ރައީސް ޔާމީނަކީ މެދު ބަދައިގައި ރިއްސާ ބޭފުޅެކެވެ. އަދި މާ އަވަސް އަވަހަށް ސަރީއަތް ބާއްވަންޏާ ކޯޕެއް ނުކުރެވޭނެއެވެ. މިކަންކަމަށް ރިއާޔަތް ކުރައްވާ މަހަކު އަޑުއެހުމެއް ބާއްވަވާ ދެއްވުމަށް އިލްތިމާސް ކުރަމެވެ.
07 Jun 2023
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް