ވެސްޓްހަމް ގެ ކުޅުންތެރިން މުބާރާތުގެ ތައްޓާއެކު އުފާފާޅުކުރަނީ
ކުޅިވަރު
08 Jun 2023 | 05:51
ފިއޮރެންޓީނާ ބަލިކޮށް ވެސްޓްހަމް ޔުނައިޓެޑުން ޔުއޭފާ ކޮންފަރެންސް ލީގު ކާމިޔާބުކޮށްފި!

ޔުއެފާ ކޮންފަރެންސް ލީގުގެ ފައިނަލުގައި މިރޭ އިޓަލީގެ ފިއޮރެންޓީނާ 2-1 ގެ ނަތީޖާއަކުން ބަލިކޮށް އިގިރޭސި ޕްރިމިއާ ލީގުގެ ވެސްޓްހަމް އިން 1980 ގެ ފަހުން ފުރަތަމަ ފަހަރަށް ބޮޑު މުބާރާތެއްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ޗެކް ރިޕަބްލިކްގެ ޕްރާގްގެ ފޯޓޫނާ އެރީނާގައި މިރޭ ކުޅެވުނު ފައިނަލްގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނީ ފިއޮރެންޓީނާ އިންނެވެ. ނަމަވެސް މިހާފުގައި އެޓީމުން ތަނަވަސްކުރި ފުރުސަތުތަކުގެ ތެރެއިން އެންމެ ހަމަލާއެއް ވެސް ވެސްޓްހަމް ގެ ގޯލާއި އަމާޒުކޮށްލެވޭގޮތެއް ނުވިއެވެ.

ފުރަތަަމަ ހާފުގައި ވެސްޓްހަމް އެންމެ ރަގަޅު ފުރުސަތެއް ލިބުނީ އެޓީމުގެ އިގިރޭސި މިޑްފީލްޑަރު ޑެކްލަން ރައިސް އަށެވެ. ފިއޮރެންޓީނާގެ ޕެނަލްޓީ އޭރިއާ ތެެރެއިން ލިބުނު ފުރުސަތެއްގައި ރައިސް ފޮނުވާލި ބާރު ހަމަލާ ގޯލާއި އަމާޒުނުވެ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.

ފުރަތަަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ފިއޮރެންޓީނާގެ އައިވަރީ ކޯސްޓް ފޯވާޑް ކްރިސްޓިއަން ކޫއާމޭ ބޮލުން ފޮނުވާލި ބޯޅަ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވިއިރު، ދެވަނަ ފުރުސަތުގައި އެޓީމުގެ ސާބިއާ ފޯވާޑް ލޫކާ ޖޮވިކް ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ލީޑު ހޯދައިދީފައެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ވެސްޓްހަމް އިންނެވެ. މިއީ ދެވަނަ ހާފުގެ 61 ވަނަ މިނެޓުގައި ފިއޮރެންޓީނާގެ ޕެނަލްޓީ އޭރިއާ ތެެރެއިން އެޓީމުގެ އިޓަލީ ޑިފެންޑަރު ކްރިސްޓިއާނޯ ބިރާގީ އަތުގައި ބޯޅަ ޖެހުމުން ރެފްރީ އެޓީމަށް ދިން ޕެނަލްޓީގައި އެޓީމުން ކާމިޔާބުކުރި ލަނޑެކެވެ. މި ޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ އަލްޖީރިއާގެ މިޑްފީލްޑަރު މުހައްމަދު ސައީދު ބެންރަހްމާ އެވެ.

ވެސްޓްހަމް އިން މެޗުގެ ލީޑު ނެގިތާ ފަސް މިނެޓު ފަހުން ފިއޮރެންޓީނާ އިން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކުރި އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިޓާލިއާގެ ތަޖުރިބާކާރު މިޑްފިލްޑަރު ޖިއަކޮމޯ ބޮނަވެންޗުރާ އެވެ. މިއީ އެޓީމުގެ އާޖެންޓީނާ ފޯވާޑް ނިކޮލަސް ގޮންޒާލޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ވެސްޓްހަމް މި މެޗުން މޮޅުވި ލަނޑު ދެވަނަ ހާފުގެ 90 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިގިރޭސި މިޑްފީލްޑަރު ޖެރޮޑް ބްރައުން އެވެ. މިއީ އެޓީމުގެ ބްރެޒިލް މިޑްފީލްޑަރު ޕަކުއެޓާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ޕްރެމިއާ ލީގުގައި 14 ވަނައިގައި ސީޒަން ނިންމާލި ވެސްޓްހަމް މި މެޗުން މޮޅުވުމުން އެޓީމަށް ވަނީ އަންނަ ސީޒަނުގެ ޔުއެފާ ޔޫރޮޕާ ލީގުގެ ޖާގައެއް ކަށަވަރުވެފައެވެ. އަދި މި މެޗަކީ ވެސްޓްހަމްގެ ކޯޗު ޑޭވިޑް މޮއިސް އަށް ވަރަށް މުހިންމު މެޗެކެވެ. 2007/08 ވަނަ ސީޒަނުގައި އޭރު މޮއިސް ކޯޗުކޮށްދިން އެވަޓަން ޔުއެފާ ކަޕުން ކެޓީ ޕެނަލްޓީގައި ފިއޮރެންޓީނާ އަތުން ބަލިވެގެންނެވެ. ވުމާއެކު މިރޭގެ ފައިނަލް މެޗުގައި އެޓީމު އަތުން ލިބުނު މޮޅަކީ މޮއިސް އަށް ވަރަށް ޚާއްސަ ކާމިޔާބީއެކެވެ.

މިއީ މިސީޒަނުގައި ޔޫރަޕުގެ ފައިނަލެއްގައި އިޓަލީގެ ޓީމަކަށް ނާކާމިޔާބާއި ކުރިމަތިލާން ޖެހުނު ދެވަނަ ފަހަރެވެ. މީގެ ކުރިން ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ސްޕެއިންގެ ސެވިއްޔާ އަތުން އިޓަލީގެ އޭއެސް ރޯމާ ވަނީ ބަލިވެފައެވެ. އަދި މި އަހަރުގެ ޗެމްޕިއަން ލީގު ފައިނަލުގައި އެއްކޮޅުން ވާދަކުރާނީ އިޓަލީގެ އިންޓަ މިލާނެވެ. 

އިގިރޭސި ޕްރެމިއާ ލީގު ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި އިންޓަ މިލާން ވާދަކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރުން 00:00 ގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.