1444 ވަނަ އަހަރުގެ ރަމަޟާންމަހުގެ ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގެންނެވި ޢިލްމުވެރިންނާ ބައްދަލުކުރައްވައި ނައިބު ރައީސް ވާހަކަފުޅުދައްކަވަނީ-- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ހަބަރު
08 Jun 2023 | 09:35
މީގެކުރިން ކުރިއަށް ނުގެންދެވޭހާ ގިނަ ދީނީ ޕްރޮގްރާމްތައް ކުރިއަށް ގެންދެވިއްޖެ: ނައިބު ރައީސް

ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގައި ކުރިއަށް ނުގެންދެވޭވަރަށް މިއަހަރު ދީނީ ޕްރޮގްރާމްތައް ކުރިއަށް ގެންދެވިފައިވާކަމަށާއި އެކަމަށްޓަކައި ރާއްޖޭގެ ޢިލްމުވެރިންނަށް ޝުކުރު އަދާކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް މިހެން ވިދާޅުވީ 1444 ވަނަ އަހަރުގެ ރަމަޟާންމަހުގެ ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގެންނެވި ޢިލްމުވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރާއްޖޭގެ ގިނަ އަދަދެއްގެ ޢިލްމުވެރިން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވީ މި ސަރުކާރުން މީހުން ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަމަށާއި އެގޮތުން އެހެން ސަރުކާރުތަކުން މީގެ ކުރިން ކުރިއަށް ނުގެންދާހާ ގިނަ ޕްރޮގްރާމްތައް މިސަރުކާރުން ކުރިއަށް ގެންގޮސްފައިވާކަމަށެވެ.

އެގޮތުން އެކިއެކި ދާއިރާތަކަށް ޚާއްސަ ތަމްރީނު ޕްރޮގްރާމްތަކާއި ކޯސްތަކާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދެވިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މީހުން ބިނާކުރުމުގެ މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދާއިރު، ޚާއްސަކޮށް ދީނީ ޕްރޮގްރާމްތަކަށް ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވާކަން ފާހަގަކުރައްވާ އެކަމަށްޓަކައި އެމަނިކުފާނުވަނީ ދީނީ ޢިލްމުވެރިންނަށް ޝުކުރުއަދާކުރައްވާފައެވެ.

މިއަހަރު ކުރިއަށް ގެންދެވުނު ދީނީ ގިނަ ޕްރޮގްރާމްތަކަށް ބައްލަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް ދީނީ ހޭލުންތެރިކުރުވުމުގެ ތަފާތު ޕްރޮގްރާމްތައް ސްކޫލުދަރިވަރުންނަށާއި ޢާންމުނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެކަމެއްކަމަށެވެ.

މިއާއެކު، މި ސަރުކާރަކީ ކޮންމެ ކަމެއްގައިވެސް މަޝްވަރާއާއި ލަފާ ހޯދައިގެން ޤައުމު ބިނާކުރުމުގެ މަސައްކަތްކުރާ ސަރުކާރެއްކަން ފާހަގަކުރައްވާ މި މަސައްކަތުގައިވެސް ދީނީ ޢިލްމުވެރިންގެ ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމުވަނީ ކުރިއަށް އޮތް ޖީލުތަކަށްވެސް މިފަދައިން ޢިލްމު ފޯރުކޮށްދިނުމުގައި ޢިލްމުވެރިން ދެމި ތިއްބެވުމަށް އެދިވަޑައިގެން އެ ޖީލުތަކަކީ ހެޔޮ، އަޚްލާޤު ރަނގަޅު ޖީލުތަކަށް ހެދުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކުރައްވައި އެކަމުގައިވެސް ޢިލްމުވެރިންގެ އެހީތެރިކަމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

1444 ވަނަ އަހަރުގެ ރަމަޟާންމަހުގެ ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގެންނެވި ޢިލްމުވެރިންނާ ބައްދަލުކުރައްވައި މިނިސްޓަރު ވާހަކަދައްކަވަނީ-- ފޮޓޯ/ އިސްލާމިކު މިނިސްޓްރީ 

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީވެސް ވަނީ ޢިލްމުވެރިންގެ ފަރާތުން ލިބިވަޑައިގަންނަވާ އެއްބާރުލެއްވުން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ. އަދި މިދިޔަ ރަމަޟާންމަހަކީ މީގެ ކުރިން އެއްވެސް އިރަކު ކުރިއަށް ނުގެންދާހާ ގިނައިން ދީނީ ޕްރޮގްރާމްތައް ކުރިއަށް ގެންދެވުނު މަހެއްކަން ފާހަގަކުރައްވައި، އެކަމުގައި ސްކޫލުތަކުގެ ދަރިވަރުންވެސް ޝާމިލުކުރެވުނުކަމަށްޓަކައި އުފާފުޅުކުރައްވާކަމަށް ވިދާޅުވިއެވެ. އަދި އެއީ މިނިސްޓްރީއާއިއެކީ ޢިލްމުވެރިން ކުރިއަށް ގެންދެވި ބުރަ މަސްއޫލިއްޔަތުގެ ނަތީޖާކަމަށާއި ރައްޔިތުންނަށް ދީނީ މަޢުލޫމާތު ފޯރުކޮށްދެއްވުމަށްޓަކައި ޢިލްމުވެރިން ރަމަޟާންމަހެކޭ އެއްގޮތަށް އެހެން މަސްމަހުގައިވެސް އުފުއްލަވަމުންދާ ޒިންމާތައް ފާހަގަކުރައްވައި އެކަމަށްވެސް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

1444ވަނަ އަހަރުގެ ރަމަޟާންމަހަށް ޚާއްސަކޮށް، ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ވޯކްޝޮޕްތައް ބޭއްވިފައިވާއިރު ރަމަޟާންމަހު މާލެއާއި އަތޮޅުތަކުގައި، އަދި ސްކޫލުތަކުގެ ދަރިވަރުންނަށް ޚާއްސަކޮށްގެން އިޙްޔާ ފޯރަމްތަކުގެ ޖުމްލަ 20 ފޯރަމް ބާއްވާފައިވެއެވެ. އަދި 32 މިސްކިތެއްގައި އަޞުރު ނަމާދަށްފަހު ދަރުސް ދެއްވާފައިވާއިރު 244 ދަރުސް ޢިލްމުވެރިންވަނީ ދެއްވާފައެވެ. މީގެ އިތުރުން އަތޮޅުތަކަށް ޚާއްސަކޮށް ކުރިއަށް ގެންދިޔަ ދިނީ ޕްރޮގްރާމްތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި ކައުންސިލްތަކާއި ރިސޯޓްތަކުގެ އެދިލެއްވުމަށް ކުރިއަށް ގެންދެވިފައިވާ ދީނީ ޕްރޮގްރާމްތަކާއި ރަމަޟާންމަހު އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ އައުޓްރީޗް  ޕްރޮގްރާމްތަކަކީވެސް މީގެތެރޭގައި ފާހަގަކޮށްލެވޭ ބައެއް ޕްރޮގްރާމްތަކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.