ބީވީއައިއެސްއެމް އާއި ޖަވާބު އެކަޑަމީ އާއި އެކު ވެވުނު އެއްބަސްވުން
ހަބަރު
08 Jun 2023 | 10:28
ލޯފަން ފަރާތްތަަކަށް ޚާއްސަ އެޕްލިކޭޝަނެއް ހެދުމަށް ބީވީއައިއެސްއެމް އާއި "ޖަވާބު" ސޮއިކޮށްފި

ދިވެހި ބަހުން ލިޔެފައި ހުންނަ ލިޔުންތައް ކިޔައިދޭ ލޯފަން ފަރާތްތަކަށް ޚާއްސަ އެޕްލިކޭޝަނެއް އުފެއްދުމަށް ބްލައިންޑް އެންޑް ވިޝުއަލް އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް) އާއި ޖަވާބު އެކަޑަމީއާއި ދެމެދު ސޮއިކޮށްފިއެެވެ.

މި ކަމާއި ގުޅޭ ގޮތުން "ވޮއިސް" އާއި ވާހަކަ ދައްކަވަމުން ބީވީއައިއެސްއެމް ގެ ނައިބް ރައީސް ހުސެއިން ޝަރީފް ވިދާޅުވީ މި ޕްރޮޖެކްޓަކީ ޔޫއެންޑީޕީ އިން ކުރިއަށް ގެންދާ މިޔަހެލި ސޯޝަލް އިނޮވެންޝަން ޗެލެންޖް ގެ ދަށުން ފަންޑު ލިބިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެެއް ކަމަށެވެ.

އެގޮތުން ޔޫއެންޑީޕީގެ ފަރާތުން 2022 ވަނަ އަހަރު ޖަމިއްޔާ ތަކަށް ހުޅުވާލައިގެން އެކަން ކުރިއަށް ގެންދިޔަ އިރު އެޖަމިއްޔާއިން އެކަމުގައި ބައިވެރިވެ  ހުށައެޅުނު ޙިޔާލު ތަކުން އެންމެ ރަނގަޅު ތިން ކަންތަކުގެ ތެރޭގައި ހިމެނި އެޖަމިއްޔާ އަށް 3ލައްކަ ރުފިޔާގެ ބަޖެޓެއް ހަމަޖެހިގެން ދިޔަ ކަމަށެވެ.

މިޔަހެލި އިނޮވެންޝަން ޗެލެންޖްގައި ހުށައަޅަން ޖެހެނީ މުޖްތަމަޢުގައު ގައި ހުރި ދަތިކަންތައްތަކުގެ ތެރެއިން ކަމެއް ލުއި ކޮށްދިނުމަށް އެއްޗެއް އުފެއްދުން ނުވަތަ ކަމެއް ކުރުމުގެ ޙިޔާލެވެ. އެގޮތުން ބީވީއައިއެސްއެމްގެ ފަރާތުން ހުށައެޅީ ދިވެހި ބަހުން ލިޔެފައި ހުންނަ ތަކެތި ކިޔައިދޭނެ އެޕްލިކޭޝަން އެއް އުފެއްދުމެވެ.

"އަޅުގަނޑުމެން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިން ޚާއްސަކޮށް މި ޑިޖިޓަލް އެއްޗެހި ރީޑް ކުރަން ބޭނުން ކުރަނީ، ސޮފްޓް ޑޮކިޔުމަންޓް ވެބްސައިޓް އެއްޗެހިވެސް ރީޑް ކުރަން ފޯނު ކޮމްޕިޔުޓަރ ފަދަ އެއްޗެހިން އެއެްޗެހި ރީޑް ކުރަން މިބޭނުން ކުރަނީ ޓެކްސްޓް ޓު ސްޕީޗް ނުވަތަ ސްކްރީން ރީޑަރ" ވޮއިސް އާއި ވާހަކަ ދައްކަވަމުން ހުސެއިން ވިދާޅުވިއެވެ.

އެފަދަ އެޕްލިކޭޝަންތައް ބޭނުން ކުރާއިރު އޭގައި ދިވެހި ބަހުގެ އަޑުތައް ނުހުރުމަކީ ދިމާވާ ވަރަށް ބޮޑު ދަތި ކަމެއް ކަމަށް ހުސެއިން ފާހަގަ ކުރެއްވެވިއެވެ.އަދި އެފަދަ އެޕްލިކޭޝަން އެއް އުފެއްދުމަށް ބޭނުންވެފައި ވަނީ ވެސް މިސަބަބަށް ޓަކައި ކަމަށް ހުސެއިން ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހުށައެޅީ ރިއަލްޓައިމް އެންޑްރޮއިޑް އެޕްލިކޭޝަން އެއް ހެދުމަށް، ތާނައިން ލިޔެފައި ހުންނަ އެެއްޗެހި ރީޑް ކުރެވޭގޮތައް، އަދި ޓައިޕް ކުރެވޭ ގޮތައް، މާނައަކީ ކިޔާ އެއްޗެހި ލިޔާ ގޮތައް، ލިޔެފައި ހުންނަ އެއްޗެހި ކިޔާދޭގޮތައް، ރިއަލްޓައިމް އޭ މިފާހަގަ ކުރަނީ ފޯނުން ވިޔަސް ލެޕްޓޮޕުން ވިޔަސް އެ ޓެކްސް އަކަށް ފޯކަސް ކޮށްލުމުން އެެއެއްޗެއް ކިޔައިދޭގޮތައް" ހުސެއިން ވިދާޅުވިއެވެ.

ހުސެއިން ވިދާޅުވީ ފަންޑު ލިބުމާއި އެކު މި އެޕްލިކޭޝަން އުފައްދައިދޭނެ ބަޔަކު ހޯދަން އިޢުލާނު ކުރުމުން ކުރިމަތި ލީ ޖަވާބުން އެކަނި ކަމަށެވެ.

"ޕްރޮޖެކްޓް ރާވައިފައި ވާގޮތައް ނިމިއްޖެ ނަމަ އަޅުގަނޑުމެން ފަދަ ކުދިންނަށް ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ، ދިވެހި ރީޑް ކުރާ ޓެކްސްޓް ސްޕީޗް ރިއަލްޓައިމް އެޕްލިކޭޝަންއެއް މިހާތަނަކަށް ނެތް އަދިއެެއް ހެދިފައެެއް" ހުސެއިން ވިދާޅުވިއެވެ.

ހުސެއިން ވިދާޅުވީ ލޮލަށް ނުފެންނަ ފަރާތްތަކަށް ކިޔެވުމާއި ވަޒީފާތަ އަދާކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކަށް ވެފައި ވަނީ ލިޔުމާއި ކިޔުމަށް އޮތް ހުރަސް ކަމަށެވެ. އަދި މި އެޕްލިކޭޝަން ކާމިޔާބު ކަމާއި އެކު ނިމިއްޖެނަމަ އެކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހުސެއިން އިތުރަށް ވިދާޅުވީ މިއުފައްދާ އެންޑްރޮއިޑް އެޕްލިކޭޝަން ކާމިޔާބު އެއްޗަކަށް ވެއްޖެނަމަ އޭގެ ވިންޑޯސް އެޕްލިކޭޝަން އެއް އުފެއްދުމަށް ވިސްނާފައިވާކަމަށެވެ.

މި ފަދަ އެޕްލިކޭޝަން އެއް އުފައްދައި ކާމިޔާބު ކަމާއި އެކު ބޭނުން ކުރެވޭ ގޮތް ވެއްޖެނަމަ ރާއްޖޭގައި ތިބި ފެނުމުގެ ނުކުޅެދުން ތެރިކަން ހުރި ފަރާތްތަކަށް ލިބިގެންދާ ވަރަށް ބޮޑު ފަސޭހަ އަކަށް އެކަން ވެގެން ދާނެއެވެ. ކިޔެވުމަށް ބޭނުން ވެފައި ތިބި އެފަދަ ކުދިންނަށް އެހީއަކަށް ވާނެއެެވެ.

ދާދި ފަހުން ރާއްޖެގެ އިސްލާމިކް ޔުނިވަރސިޓީ އިން ފެނުމުގެ ނުކުޅެދުންތެރިކަން ހުރި ދަރިވަރުންތަކެއް ވަނީ ޑިގްރީ ހާސިލް ކުރައްވައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.