ލިލީ ބީޗާއި ޑަބުލިޔު މޯލްޑިވްސް ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު
08 Jun 2023 | 20:35
ރިސޯޓް ލީގު 2023: ޕްލޭއޮފްގެ ދެވަނަ ޖާގަ ލިލީ ބީޗަށް!

ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ އަރި ޒޯނުގައި މިއަދުގެ ހަވީރު ކުޅެވުނު، ދެވަނަ މެޗުގައި 0-3 ގެ ނަތީޖާއަކުން ޑަބުލިޔު މޯލްޑިވްސް ބަލިކޮށް ލިލީ ބީޗުން ލީގު ބުރުގެ ތިންވަނަ ޓީމުގެ ގޮތުގައި ޕްލޭއޮފް ގެ ދެވަނަ ޖާގަ ކަށަވަރުކޮށްފިއެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ދެޓީމުން ވެސް ވަނީ ތަނަވަސްކޮށްފައެވެ. ދެޓީމު ކީއްޕަރުންގެ ފަރާތުން ރަގަޅު ސޭވްތަކެއް ފެނިގެންދިޔަ މިހާފުގައި ލިލީ ބީޗުން ލީޑުނެގީ އެންމެ ފަހުން މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އާދަމް ސަލީމް އެވެ.

މިއީ އެޓީމުގެ މޫސާ ނައިސާން ޑަބުލިޔު މޯލްޑިވްސްގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބޯޅައެއް އެއްފަހަރުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ލިލީ ބީޗު ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ލިލީ ބީޗުން އެޓީމުގެ އެޓޭކުތަށް އިތުރަށް ވަރުގަދަކުރި އިރު، އެޓީމުގެ ދެވަނަ ލަނޑު ފަހުހާފުގެ 28 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މޫސާ ނައިސާން އެވެ. މިއީ ޑަބުލިޔު މޯލްޑިވްސްގެ ހާފުތެރެއިން ލިބުނު ފުރުސަތެއްގައި ކައިރީގައި ހުރި ކުޅުންތެރިއާ ކައިރިން ނައްޓާލުމަށް ތިރިތިރިން ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ލިލީ ބީޗުން މި މެޗުގައި ކާމިޔާބުކުރި 32 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުހައްމަދު ޝާހިލްއެވެ. މިއީ ބޯޅައާއެކު ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ކީއްޕަރު ކައިރިން ނައްޓާލުމަށް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ލިލީ ބީޗު ކުރީގައި އޮވެގެންނެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ހަތަރު މެޗު ކުޅެގެން ލިލީ ބީޗަށް 07 ޕޮއިންޓް ލިބުނުއިރު، ލީގު ބުރުގައި އެޓީމަށް ލިބުނީ ތިންވަނަ އެވެ. މި މެޗުން ބަލިވި ޑަބުލިޔު މޯލްޑިވްސް ކުޅުން ހަތަރު މެޗުން އެޓީމަށް ދެ ޕޮއިންޓް ލިބިފައިވާއިރު ލީގު ބުރު އެޓީމު ނިންމާލީ ހަތަރު ވަނައިގައެވެ.

ފަސް ޓީމު ބައިވެރިވި މިޒޯނުގެ ލީގު ބުރުގެ މެޗުތައް ނިމުނުއިރު، އެއްވަނަ ލިބުނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހޯދި ކޮންރެޑަށެވެ. ހަތަރު މެޗުން 07 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ދެވަނަ ލިބުނީ ވިލަމެންދުއަށެވެ. ތިންވަނަ ލިލީ ބީޗު ހޯދިއިރު، ހަތަރުވަނަ ލިބުނީ ޑަބުލިޔު މޯލްޑިވްސް އަށެވެ. އަދި ލީގުގެ ފުލަށް ދިޔައީ ކުޅުނު ހަތަރު މެޗުން ލިބުނު އެއް ޕޮއިންޓާއެކު ރެޑިސަން ބްލޫ އެވެ.

މުބާރާތުގެ ފައިނަލްގެ ފުރަތަަމަ ޖާގަ ލީގު ބުރުގެ އެއްވަނަ ކޮންރެޑް ހޯދިއިރު، ދެވަނަ ޖާގަ ލިބިގެންދާނީ އަންނަ ހޮނިހިރު ދުވަހު ކުޅެވޭ ޕްލޭއޮފް މެޗުގައި ލިލީ ބީޗާއި ވިލަމެންދޫ ވާދަކުރާ މެޗުން މޮޅުވާ ޓީމަކަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.