އުރުގުއާއީ ކުޅުންތެރިން އުފާފާޅުކުރަނީ
ކުޅިވަރު
09 Jun 2023 | 03:09
އިޒްރޭލު ބަލިކޮށް އުރުގުއާއީ ފައިނަލަށް!

މިހާރު އާޖެންޓީނާގައި ކުރިއަށްދާ 20 އަހަރުންދަށުގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަަމަ މެޗުގައި 1-0 ގެ ނަތީޖާއަކުން އިޒްރޭލު ބަލިކޮށް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ އުރުގުއާއީ އިން ހޯދައިފިއެވެ.

އިޒުރޭލުން ސެމީގެ ފުރުސަތު ހޯދީ ކުއާޓާ ފައިނަލުގައި އިތުރު ވަގުތުކުޅެ 3-2 ގެ ނަތީޖާއަކުން ބްރެޒިލް ބަލިކުރުމަށްފަހު އެވެ. އަދި އުރުގުއާއީ ސެމީ ފައިނަލުން ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި 2-0 ގެ ނަތީޖާއަކުން އެމެރިކާ ބަލިކުރުމަށް ފަހު އެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އިޒްރޭލުން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މެޗު ޑޮމިނޭޓުކުރި ނަމަވެސް އުރުގުއާއީ ގެ ގޯލާއި އަމާޒުކޮށް މާ ނުރައްކާތެރި ހަމަލާއެއް އެޓީމަށް ފޮނުވާލެވިފައެއް ނުވެއެވެ.

ފުރަތަަމަ ހާފުގައި އުރުގުއާއީ އިން ވަނީ ކައުންޓާ އެޓޭކުގައި ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް އެޓީމަށް ލިބުނު ހުސް ފުރުސަތުތަކުގެ ބޭނުން ނުކުރެވި، ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ އިޒުރޭލުން ނެވެ. ނަމަވެސް މިހާފުގައި ވެސް އުރުގުއާއީގެ ގޯލާއި އަމާޒުކޮށް ނުރައްކާތެރި އެންމެ ހަމަލާއެއް ވެސް އެޓީމަށް ފޮނުވާލެވިފައެއް ނުވެއެވެ.

އުރުގުއާއީ އިން މި މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ދެވަނަ ހާފުގެ 61 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު އެންޑަސަން ޑުއާޓޭ އެވެ. މިއީ އެޓީމުގެ ޑިފެންޑަރު އެލަން މަޓޫރޯ ރޮމޭރޯ ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ދަނޑިގައި ޖެހިފައި ނުކުތް ވަގުތު މުޅިން ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

އުރުގުއޭ ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން މި މުބާރާތުގެ ފައިނަލުގައި ކުޅެފައެވެ. 1997 ވަނަ އަހަރު ފައިނަލުގައި އާޖެންޓީނާ އަތުން 3-0 ގެ ނަތީޖާއަކުން އެޓީމު ބަލިވިއިރު، 2013 ވަނަ އަހަރުގެ ފައިނަލުގައި އެޓީމު ފުރާންސް އަތުން ބަލިވީ ޕެނަލްޓީ ޖަހައިގެން 4-1 ގެ ނަތީޖާއަކުންނެވެ. ނަމަވެސް މިއީ އިޒްރޭލު މި މުބާރާތުގައި ކުޅުނު ފުރަތަަމަ ފަހަރެވެ.

މުބާރާތުގެ ފައިނަލްގައި އަންނަ އާދީއްތަ ދުވަހު އުރުގުއާއީ ނުކުންނާނީ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި އިޓަލީ އާއި ސައުތު ކޮރެއާ ވާދަކުރާ މެޗުން މޮޅުވާން ޓީމަކާއި ދެކޮޅަށެވެ.

މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި އާދީއްތަ ދުވަހުގެ އިޒްރޭލުން ނުކުންނާނީ އިޓަލީ އާއި ސައުތު ކޮރެއާ ވާދަކުރާ ސެމީ ފައިނަލުގެ ދެވަނަ މެޗުން ބަލިވާ ޓީމަކާއި ދެކޮޅަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.