ސިވިލް ސޮސައިޓީ އެވޯޑް ދިނުމުގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ރައީސް ޞާލިޙް
ހަބަރު
09 Jun 2023 | 13:20
މަދަނީ ޖަމްޢިއްޔާތަކަކީ މުޖްތަމަޢެއް ޙަރަކާތްތެރިކުރުވާ މައި އިންޖީނު: ރައީސް ޞާލިޙް

މަދަނީ ޖަމްޢިއްޔާތަކަކީ މުޖްތަމަޢެއް ޙަރަކާތްތެރިކުރުވާ މައި އިންޖީނު ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ "ސިވިލް ސޮސައިޓީ އެވޯޑްސް"ގެ ނަމުގައި ތަޢާރަފްކުރި އެވޯޑްދިނުމަށް ރޭ ސޯސަލް ސެންޓަރ އިންޑޯ ހޯލްގައި ބޭއްވި ޙަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ކޮންމެ މުޖްތަމަޢެއްގައި ވެސް މަދަނީ ޖަމްޢިއްޔާތަކަކީ، އެ މުޖްތަމަޢެއް ޙަރަކާތްތެރިކުރުވާ މައި އިންޖީނު، އެ އިންޖީނު ހިނގާ ވަރަކަށް، އެ މުޖްތަމަޢެއްގެ ހަކަތަ އިތުރުވެ ބުންވަރު އިތުރުވޭ، އެ މުޖްތަމަޢެއްގެ އިޤްތިޞާދީ މިސްރާބު އަމާން އައްސޭރިއަކަށް ސީދާކޮށްދިނުމުގައި ވެސް މަދަނީ ޖަމްޢިއްޔާތަކުގެ ދައުރު ވަރަށްފުޅާ" 

ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މުޖްތަމަޢުގައި ވަރަށް މުހިންމު މަސައްކަތްތަކެއް ކުރާ އަދި އެހާމެ އަގުހުރި ޚިދުމަތްތަކެއް ދޭ ޖަމްޢިއްޔާތައް އެބަހުރި ކަމަށެވެ. އަދި މެދުކެނޑުމެއް ނެތި ހިންގަމުން އަންނަތާ ވަރަށް ގިނަ އަހަރުތަކެއްވީ ޖަމްޢިއްޔާތައް ވެސް މީގެތެރޭގައި ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ ތެރޭގައި، މީގެ 43 އަހަރު، 39 އަހަރު، 27 އަހަރު އަދި 25 އަހަރު ކުރިން ފެށިގެން ހިންގަމުން އަންނަ ޖަމްޢިއްޔާތައް އެބަހުރި ކަމަށާއި، އަދި ވަރަށް އަގުހުރި ޚިދުމަތްތަކެއް ދެމުން އަންނަ، ވަރަށް ހަގު ޖަމްޢިއްޔާތައް ވެސް އެބަހުރި ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

"ޑިމޮކްރެސީގެ ހަމަތައް ނަގަހައްޓައި ދެމެހެއްޓުމުގައި ވެސް އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ މަދަނީ ޖަމްޢިއްޔާތަކަށް، އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމުގެ ޙަރަކާތްތައް، އެ ބައެއްގެ ތެރޭގައި ހިންގައިދޭ މައި ކެނބަކީވެސް މަދަނީ ޖަމްޢިއްޔާތައް"

 ރައީސް ޞާލިޙް ވިދާޅުވިއެވެ.

ބަދަލަކަށް އެދިގެން މީގެ އަހަރުތަކެއް ކުރިން  އެންމެން އުފުލި އަޑުތައް، ރާއްޖޭގެ ދުސްތޫރީ ފޮޅުވަތްތަކުގައި ލިޔެވިގެން ދިޔައީ، މަދަނީ ޖަމްޢިއްޔާތަކުންވެސް ވަރަށް މުހިންމު ދައުރެއް އަދާކޮށްގެން ކަން ރައީސް ޞާލިޙް ފާހަގަ ކުރެއްވެވިއެވެ.

ރޭގެ ޖަލްސާ ގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް "ސިވިލް ސޮސައިޓީ އެވޯޑްސް"ގެ ނަމުގައި އެވޯޑް ތަޢާރަފްކޮށް އެ އެވޯޑް 10 ޖަމްޢިއްޔާއަކަށް ދީފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.