ތައުބާވުން ލަަސްކުރުމަކީ ޝައިޠާނާގެ ވަސްވާހުގެ ތެރޭގައި ހިމެނޭ ކަމެއް: ޚުޠުބާ
ހަބަރު
09 Jun 2023 | 13:03
ތައުބާވުން ލަަސްކުރުމަކީ ޝައިޠާނާގެ ވަސްވާހުގެ ތެރޭގައި ހިމެނޭ ކަމެއް: ޚުޠުބާ

ތައުބާވުން ލަސްކުރުމަކީ ޝައިޠާނާގެ ވަސްވާހުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

ތައުބާގެ އަހަމިއްޔަތާއި އޭގެ ދައުރު މި މައުޟޫއަށް ދިން ޚުޠުބާގައި ބުނީ ތައުބާވުން ލަސްކުރުމަކީ ޝައިޠާނާގެ ވަސްވާހުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި، އެމީހަކަށް އަދި ވަގުތު އެބަ އޮތްކަމަށާއި، ހާސްވެކަންބޮޑު ނުވުމަށް ބުނެ ޝައިޠާނާ ވަސްވާސް ދޭ ކަމަށެވެ. 

އަދި ބައެއްފަހަރު ޝައިޠާނާ އޭނާއަށް ވަސްވާސްދީ މާޔޫސް ކޮށްލާކަަމަށްވެސް ޚުޠުބާގައި ބުންޏެވެ. ޚުޠުބާގައި ބުނީ އަހަރެމެން ﷲގެ ރަޙްމަތުން އުންމީދު ކަނޑަލައިގެން ނުވާނެ ކަމަށެވެ.

އަދި އަހަރެމެންގެ މައްޗަށް އޮތީ ފާފައެއް ކުރެވޭއިރަށް ﷲގެ މަގަށް ރުޖޫޢަވެ ތައުބާވުން ކަމަށެވެ. އަދި މާތްﷲ ވެ މަގަށް ރުޖޫޢަވެ ތައުބާވެއްޖެނަމަ އެކަނލާންގެ ތައުބާ ޤަބޫލުކުރައްވައި ފާފަފުއްސަވާނެ ކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ.

"ތިން ކަމަކަށްޓަކައި ކޮންމެ މުސްލިމެއްގެ މައްޗަށް ތައުބާވުން ވާކިބުވެގެންވޭ، ފުރަތަމަ ކަމަކީ މާތް ﷲގެ އުޤޫބާތުން ރައްކާތެރިވުމަށްޓަކައި ތައުބާވުން، ދެވަނަ ކަމަކީ އޭނަގެ ޢަމަލުތައް މާތްﷲ ޤަބޫލުކުރައްވަވާ ޢަމަލުތަކަކަށް ހެދުމަށްޓަކައި ތައުބާވުން، އެހެނީ ކުށްފާފަތަކަށް އަރައިގަނެގެން ހުރެ ކުރާ ޢަމަލުތައް މާތްﷲ ޤަބޫލެއް ނުކުރައްވާނެ، ތިންވަނަ ކަމަކީ ޞާލިޙް ޢަމަލުތައް ކުރުމުގެ ހެޔޮ ތައުފީޤް ލިބިގެންވާމީހަކަށް ތިމާ ވުމަށްޓަކައި ތައުބާވުން"

ޚުޠުބާގައި ބުންޏެވެ.

ޚުޠުބާގައި ބުނީ އިންސާނާއަކީ އޭނާގެ އިއްޔެއަށްވުރެ މިއަދު ހެޔޮދުވަހަކަށް ހެދުމަށް ގަދައަޅައި މަސައްކަތް ކުރާ މީހެއް ކަމަށެވެ. އަދި އޭނާއަކީ އޭނާގެ މިއަދަށްވުރެ އޭނާގެ މާދަމާގެ ހެޔޮކަން އިތުރުކުރުމަށް ދަހިވެތިވާމީހެއް ކަމަށެވެ. އޭނާގެ އިއްޔެއަށް ބަލައި އޭނާއަށް ކުރެވިފައިވާ ޢަމަލުތައް ހިސާބުކޮށް މިޢަމަލުތައް އިޞްލާހުކުރުމަށް މަަަސައްކަތް ފަށާ ކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ.

އަދި އޭނާއަށް ކުރެވިފައިވާ ކުށްތަކަށް މާފުދެއްވާތޯ އެދި ﷲގެ ހަޟްރަތައް އެނބުރިދާކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.

"ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ގޮތުގައި ތެދުވެރި މުއުމިނަކީ އޭނާއަށް ކުރެވޭ ކުށްތަކުގެ މަތީގައި ދެމިހުންނަ މީހާއެއް ނޫން، އޭނާއަކީ މާތްﷲ  އަންގަވައިފައިވާ ފަދައިން އެކަނލާންގެ ހަޟްރަތަށް އަވަހަށް އެނބުރި ގޮސް އިސްތިޣްފާރުކޮށް މަޢާފު ކުރެއްވުމަށް އެދި ދަންނަވާމީހާ"

ޚުޠުބާގައި ބުނެފައިވެއެވެ.

ތައުބާވާމީހާ އޭނާގެ ހިތުގެ އަޑިން ﷲގެ ފުއްސެވުން އެދެންޖެހޭނެކަމަށާއި އޭނާގެ ހިތުގެ އެދުން އޭނާގެ ދުލުން ފާޅުވާން ޖެހޭނެ ކަމަށް ވެސް ޚުޠުބާގައި ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.