ރޮހިންޔާ ރައްޔިތުން މިޔަންމާ ދޫކޮށް ބަންގްލަދޭޝްއަށް ހިޖުރަކުރިއިރު\2017 ވަނަ އަހަރުގެ ފޮޓޯއެއް
ދުނިޔެ
10 Jun 2023 | 15:42
ބަންގްލަދޭޝްގައި ދިރިއުޅޭ ރޮހިންޔާ ރައްޔިތުން އަނބުރާ ޤައުމަށް ފޮނުވައިދިނުން އެދި ހަޅުތާލުކުރަނީ

ބަންގްލަދޭޝްއަށް ހިޖުރަކޮށް އެޤައުމުގައި ދިރިއުޅެމުންދާ ރޮހިންޔާ ރައްޔިތުން އަނބުރާ ޤައުމަށް ފޮނުވައިދިނުން އެދި ހަޅުތާލު ކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ބަންގްލަދޭޝްގެ އިރުދެކުނުގައި ހުންނަ ރެފިޔުޖީކޭމްޕު ތަކުގައި ރޮހިންޔާގެ އެތައްހާސް ރެފިޔުޖީންނެއް ހަޅުތާލު ކުރަން ފަށައިފައިމިވަނީ ޔޫއެން އިން އެބައިމީހުންނަށް ދެމުންދިޔަ އެހީގެ މިންވަރު ކުޑަކުރުމާއި ގުޅިގެނެވެ.

މީގެ ހަ އަހަރުކުރިން ރޮހިންޔާގެ ގިނަ ބަޔަކު މިޔަންމާ ދޫކޮށް އެކި ޤައުމުތަކަށް ބެހިފައިވާއިރު އޭގެ ގިނަ ޢަދަދެއްގެ ބަޔަކު ބަންގްލަދޭޝްގައި ދިރިއުޅެމުންދެއެވެ.

ބަންގްލަދޭޝްއަށް އެބައިމީހުން ހިޖުރަކުރުމުން ޔޫއެންގެ ވޯލްޑް ފުޑް ޕްރޮގްރާމްގެ ދަށުން ހިޖުރަކުރުމުން، އެމީހުންގެ ކޮންމެ ބޮލަކަށް 12 ޑޮލަރުގެ އެހީ ކޮންމެ މަހަކު ދިޔައީ ދެމުންނެވެ. ފަހުން އެ ރޭޓު 10 ޑޮލަރަށް މަދުކުރިއެވެ. އަދި މި ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެރޭޓު ވަނީ ކޮންމެ ބޮލަކަށް 8 ޑޮލަރަށް މަދުކޮށްފައެވެ.

ބަންގްލަދޭޝްގެ ރެފިޔުޖީ ކޭމްޕްތަކުގައި ދިރިއުޅެމުންދާ ރޮހިންޔާގެ މުސްކުޅިންނާއި ޒުވާނުން  ނުކުމެ ހަޅުތާލު ކުރަމުން ދާއިރު އެމީހުން ގޮވައިލަމުން ދަނީ އެމީހުންނަށް އަނބުރާ އެމީހުންގެ ވަޒަނަށް ދެވޭނެ ގޮތް ހަދައިދިނުމަށެވެ.

ހަޅުތާލުކުރަމުން ދިޔަ މީހެއްކަމުގައިވާ މުޙައްމަދު ރިޒުވާން ޚާން ބުނެފައިވަނީ މިގޮތަށް އެހީގެ މިންވަރު މަދުވަމުންދާނަމަ ބަނޑުހައި ހޫނުކަން ފިލުވަން ކާބޯތަކެތިން ވައްކަންކުރުން ނޫން ގޮތެއް ނޯންނާނެ ކަމަށެވެ.

"ރޮހިންޔާ ރައްޔިތުންގެ ދިރިއުޅުން ވަނީ ޗަކަަވަޅުގަނޑެއްގައި ތާށިވެފަ، ބައެއްފަހަރު އަހަންނަށް ހީވަނީ އަހަރެމެން މޮޔަވެދާނެހެން" އޭނާ އިތުރަށް ބުނެފައިވެއެވެ.

"އަހަރެމެންނަކީ ވެސް މިޔަންމާގެ ރައްޔިތުން، އަހަރެމެން ގޮވާލަން ބައިނަލް އަޤްވާމީ ފަރާތްތަކަށް، އަހަރެމެންނަށް އަނބުރާ އަހަަރެމެންގެ ޤައުމަށް ދެވޭނެ ގޮތް ހަދައިދިނުމަށް، އަދި އަނބުރާ ޤައުމަށް ދިޔުމަށްފަހު ޤައުމުގައި އަމާންކަން ލިބިގެން އުޅެވޭނެ މަގު ފަހިކޮށް ދިނުމަށް" ހަޅުތާޅާލު ކުރަމުންދިޔަ މީހުންގެ ތެރެއިން 35 އަހަރުގެ މުޙައްމަދު އަޔާޒު ބުނެފައިވެއެވެ.

އޭނާ ބުނެފައިވަނީ ޔޫއެން އިން ދޭ ކާބޯތަކެތީގެ އެހީ މަދު ކުރުމަކީ އެބައިމީހުން ބަނޑުހައިހޫނު ކަން މައްޗަށް ދޫކޮށްލުން ކަމަށެވެ. އަދި މިކަމުގެ އެންމެ ބޮޑު ޝިކާރައަކަށް ވާނީ އަންހެނުންނާއި ކުޑަ ކުދިން ކަމަށް އޭނާ ބުނެފައިވެއެވެ.

ޔޫއެން ހިމެނޭހެން ބައިނަލް އަޤްވާމީ މުއައްސަސާތަކަށް އޭނާ ގޮވައިލައިފައިވަނީ ކާބޯތަކެއްޗާއި ދެންވެސް އެމީހުންނަށް ބޭނުންވާ ޒަރޫރީ ތަކެތި ވީއެންމެ އަވަހަކަށް ފޯރު ކޮށްދިނުމަށެވެ. އަދި އެބައިމީހުނަށް ދިރިތިބެވޭނެ އެހެން ގޮތެއް ނެތް ކަމަށް އޭނާ ބުނެފައިވެއެވެ.

ރޮހިންޔާގެ ކޮމިޔުނިޓީ ލީޑަރ މުޙައްމަދު ޖައިޝަމް ބުނެފައިވަނީ އެބައިމީހުންގެ ޤައުމަށް އެނބުރިދިއުމަށް ކެތްމަދުވެފައި ވާކަމަށެވެ. އެހެންނަމަވެސް އެކަން އެހެން ވާން އޮތީ މިޔަންމާގެ ރައްޔިތެއްގެ ހައްޤު ޔަޤީން ވުމުންކަމަށެވެ.

"އަހަރެމެންނަކީ މިޔަންމާއަށް އުފަން މިޔަންމާގެ ރައްޔިތުން، އަހަރެމެން ބޭނުން އެނބުރި އަހަރެމެންގެ ޤައުމަށް ދާން، ފުރިހަމަ ހައްޤުތަކާއި އެކު، މިޔަންމާގެ ރައްޔިތެއްގެ ހައްޤު، މިނިވަންކަމާއި އެކު އެއްތަނުން އަނެއް ތަނަށް ގޮސް އުޅުމުގެ ހައްޤު، ރަނގަޅު ދިރިއުޅުމެއް، ރައްކާތެރިކަމާއި އަމާންކަން" ޖައިޝަމް ބުނެފައިވެއެވެ.

އޭނަ ބުނެފައިވަނީ ރޮހިންޔާގެ ރައްޔިތުން ޔޫއެންގެ ކިބައިން މިކަންކަމަށް އެދޭ ކަމަށެވެ. އަދި އެމީހުންގެ އުއްމީދު ގުޅިފައިވަނީ ޔޫއެންއާއި ކަމަށެެ.

މިޔަންމާގައި ދިރިއުޅެމުންދިޔަ ރޮހިންޔާގ ރައްޔިތުން ބަންގްލަދޭޝްއަށް ހިޖުރަކޮށްފައިވަނީ 2017ވަނަ އަހަރު، މިޔަންމާގެ ސަރުކާރުގެ ސިފައިން އެމީހުންނަށް ދެމުންދިޔަ އަނިޔާތަކުން ސަލާމަތްވުމަށެވެ. މިހާރު އެމީހުން ދިރިއުޅެމުންދަނީ ދުނިޔޭގެ އެންމެ ބޮޑު ރެފިޔުޖީ ކޭމްޕުގައެެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.