ހާދިސާ ހިނގި ސަރަހައްދު. އަންކާރާ\ތުރްކިޔޭ
ދުނިޔެ
10 Jun 2023 | 16:30
ތުރްކިޔޭގައި ފެކްޓްރީއެއްގައި ބާރުގަދަ ގޮވުމެއް ގޮވައިފި

ތުރްކިޔޭގެ އަންކާރާ ކައިރީގައި ހުންނަ ފެކްޓްރީއެއްގައި ބާރުގަދަ ގޮވުމެއް ގޮވައި 5 މީހަކު މަރުވެއްޖެއެވެ.

އަންކާރާ ސިޓީގެ ބޭރުން 40 ކިލޯމީޓަރުގައި ހުންނަ މިފެކްޓްރީއަކީ ގޮވާތަކެއްޗާއި ރޮކެޓް ފަދަ ތަކެތި އުފައްދާ ފެކްޓްެރީއެއް ކަމަށް ތުރްކިޔޭގެ ނޫހެއް ކަމަށްވާ ޑެއިލީ ޞަބާހުން ބުނެއެވެ.

ތުރްކިޔޭގެ މިނިސްޓްރީ އޮފް ނެޝަނަލް ޑިފެންސް ފޯސް އިން ބުނެފައިވަނީ މި ބާރުގަދަ ގޮވުން ގޮވައިފައިފައިވަނީ އަންކާރާގެ އެލްމަދަގް ޑިސްޓްރިކްޓްގައި ހުންނަ މެކޭނިކަލް އެންޑް ކެމިކަލް އިންޑަސްޓްރީ ކޯޕަރޭޝަން ގެ ފެކްޓްރީއެއްގައި ކަމަށެވެ.

މި ބާރުގަދަ ގޮވުމުގެ ސަބަބުން މަރުވި 5 މީހުންނަކީ އެފެކްޓްރީގައި މަސައްކަތްކުރާ ފަސް މީހެކެވެ. ތުރްކިޔޭގެ ޑިފެންސް މިނިސްޓްރީއިން ޑެއިލީ ޞަބާހަށް ބުނެފައިވަނީ މިހާދިސާގެ ސަބަބު ދެނގަތުމަށް ދެފުއްފެންނަ ތަހުޤީޤެއް މިހާރު ފެށިފައިވާކަމަށެެވެ.

 ހާދިސާގައި 5 މީހަކު މަރުވީއިރު މިހާދިސާގެ ސަބަބުން ފެކްޓްރީ ހިންގާ އިމާރާތް ވެއްޓި ކޮންކްރިޓްތަކުގެ ދަށުގައިވެގެން ފެކްޓްރީގެ މަސައްކަތްތެރިމް ތަކަކަށްވަނީ އަނިޔާވެފައެވެ. އަދި އޭގެތެރެއިން އެއްބައެއްގެ ހާލު ދެރަކަަމަށާއި، އެމީހުން ހޮސްޕިޓަލް ތަކަށް ގެންގޮސް ފަރުވާދެވެމުންދާކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

ހާދިސާ ހިނގި ސަބަބު ދެނެގަތުމަށް ތަހްޤީޤް ހިންގުމަށް އެލްމަދަގްގެ ޗީފް އޮފް ޕަބްލިކް ޕްރޮސިކިޔުޓަރ ވަނީ ދެ ޕްރޮސެކިޔުޓަރުން ހަމަަޖައްސައިފައެވެ. އަދި ހާދިސާ ހިނގިތާ މާގިނަ އިރުތަކެއް ނުވެ އެކަން ތަހްޤީޤް ކުރުމުގެ މަސައްކަތް އެމީހުން ފަށައިފައިވާކަމަށް ތުރްކިޔޭގެ ޑިފެންސް މިނިސްޓްރީ އިން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން ތުރްކިޔޭގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ވަނީ ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތައުޒިޔާ ފޮނުވައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.