ރޮޑްރީ އިންޓަ މިލާން ކޮޅަށް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
ކުޅިވަރު
11 Jun 2023 | 02:24
ޔުނައިޓެޑްގެ ރެކޯޑާއި އަރާހަމަކޮށް، ފުރަތަަމަ ފަހަރަށް ސިޓީއިން ޔޫރަޕުގެ ޗެމްޕިއަންކަން ހޯދައިފި!

ޔުއެފާ ޗެމްޕިއަންސްލީގުގެ ފައިނަލުގައި ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން އިންޓަ މިލާން ބަލިކޮށް ޔޫރަޕުގެ ޗެމްޕިއަންކަން މެންޗެސްޓާ ސިޓީ އިން ހޯދައިފިއެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ މެންޗެސްޓާ ސިޓީ އެވެ. މިހާފުގައި ލަނޑުޖަހާނެ އެންމެ ހުސް ފުރުސަތެއް ލިބުނީ މެންޗެސްޓާ ސިޓީ ނޯވޭ ފޯވާޑް ހާލަންޑް އަށެވެ.

ފުރަތަަމަ ހާފުގެ 27 ވަނަ މިނެޓުގައި އިންޓަގެ ޕެނަލްޓީ އޭރިއާ ތެރެއަށް ބޯޅައާއެކު ވަދެ ހާލަންޑް ފޮނުވާލި ބާރު ހަމަލާ އިންޓަގެ ކީޕަރު އަންދްރޭ އޮނާނާ ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ މެންޗެސްޓާ ސިޓީ އިންނެވެ. ނަމަވެސް މި ހާފުގައި އިންޓަ މިލާނުން ވަނީ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މިހާފުގައި އެޓީމުން ސިޓީގެ ގޯލާއި އަމާޒުކޮށް ހަތަރު ހަމަލާއެއް ފޮނުވާލާފައި ވާއިރު، މި ހާފުގައި ސިޓީން ތަނަވަސްކުރި ފުރަތަަމަ ފުރުސަތުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ.

މިލަނޑު ދެވަނަ ހާފުގެ 68 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ސްޕެނިޝް މިޑްފީލްޑަރު ރޮޑްރީ އެވެ. މިއީ އިންޓަގެ ޕެނަލްޓީ އޭރިއާ ތެެރެއިން އެޓީމުގެ ފިލް ފޯޑެން ފަހަތަށް ޖައްސާލި ބޯޅައެއް އިންޓަގެ ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެ އެއްފަހަރުން ޖަހައި ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ސިޓީގެ ލަނޑަށްފަހު އެޓީމުގެ ލީޑު ފުޅާކުރުމަށް ފިލް ފޯޑެން އަށް ލިބުނު ހުސް ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ އިންޓަގެ ކީއްޕަރު ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ ފަހުކޮށް ނަތީޖާ އެއްވަރުކުރުމަށް އިންޓަ މިލާންގެ ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫ އަށް ވަނީ ވަރަށް ހުސް ދެ ފުރުސަތު ލިބި ބޭނުންކުރެވޭ ގޮތްނުވެފައެވެ. އެގޮތް 88 ވަނަ މިނެޓުގައި ސިޓީގެ ގޯލު އޭރިއާ ތެރޭގައި މުޅިން ހުސްކޮށް ހުރެ ލުކާކޫ ބޮލުން ފޮނުވާލި ބާރު ހަމަލާ ސިޓީގެ ކީއްޕަރު އެޑަސަން ދިފާއުކުރީ ގޯލު ރޮނގުމަތިންނެވެ. އަދި މެޗުގެ ފަހު މިނެޓްގައި ލުކާކޫ ބޯޅައާއެކު ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ދަނޑިކައިރިން ބޭރަށެވެ.

މި މެޗުން މެންޗެސްޓާ ސިޓީ މޮޅުވުމާއެކު މި ސީޒަނުގައި އެޓީމުން ވަނީ ތިން ތަށި ކާމިޔާބުކޮށް މީގެ 24 އަހަރު ކުރިން މެންޗެސްޓާ ޔުނައިޓެޑް ހަދާފައިވާ ރެކޯޑާއި އަރާހަމަކޮށްފައެވެ. އަދި މިއީ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ކޯޗުކަމުގައި ޗެންޕިްއަންސް ލީގު ކާމިޔާބުކުރި ތިންވަނަ ފަހަރެވެ. މިގޭ ކުރިން ގާޑިއޯލާ ވަނީ ސްޕޭނުގެ ބާސެލޯނާ އާއެކު މި މުބާރާތުގެ ޗެމްޕިއަންކަން ދެފަހަރެއްގެމަތިން ހޯދާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.