ޒެފްރޯލް ކުޅުންތެރިން ފައިނަލުގައި ޑީއެސްސީ އާއި ދެކޮޅަށް ކުޅެނީ
ކުޅިވަރު
11 Jun 2023 | 02:31
ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕް 2023: ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ޒެފްރޯލް ހޯދައިފި!

6 ވަނަ މައިލޯ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕް 2023 ގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގައި މިރޭ ދިވެހި ސިފައިންގެ ކުލަބް ބަލިކޮށް ޒެފްރޯލް ޗެމްޕިއަންކަން ހޯދައިފި އެވެ.

ފައިނަލުގެ ފުރަތަަމަ ޖާގަ ޒެފްރޯލް އިން ހޯދީ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ވެލިދޫ ޔުނައިޓެޑްގެ ބަލިކުރުމަށްފަހު އެވެ. ގްރޫޕް އޭގެ އެއް ވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލުން ޖާގަހޯދި ޒެފްރޯލް އިން ވަނީ މި މެޗުގައި ވެސް ތަފާތު މޮޅު ކުޅުމެއް ދައްކައި 45-24 ގެ ތަފާތުބޮޑު ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފަ އެވެ.

ޒެފްރޯލް އަކީ މި އަހަރުގެ މުބާރާތަަށް ބޮޑު ހޭދައެއްކޮށް އެންމެ ރަގަޅަށް ތައްޔާރުވި އެއް ޓީމެވެ. އެ ކުލަބުން ވަނީ ގައުމީ ޓީމުގެ މުހިންމު ތިން ކުޅުންތެރިން ކަމަށްވާ މުހައްމަދު ފިރުނާޝް އަބްދުﷲ، އަބްދުﷲ ޒިޔާއު އަދި އާދިލް ޝަހީދު އެ ޓީމަށް ގެނެސްފަ އެވެ.

ދިވެހި ސިފައިންގެ ކުލަބު ފައިނަލްގެ ޖާގައެއް ހޯދީ ސެމީ ފައިނަލް ދެވަނަ މެޗުގައި ފިއުޗާ ސްޕޯޓްސް ކުލަބު އެކަޑެމީ އާއި ވާދަކޮށް 25-23 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިރޭ ފައިނަލް މެޗު ޒެފްރޯލް އިން ކާމިޔާބުކުރީ 28-33 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފެށުނީއްސުރެ ނިމެންދެން ޒެފްރޯލް އިން މެޗު ލީޑުކުރަމުންދިޔައިރު، ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 12-16 އިން ޒެފްރޯލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ޒެފްރޯލް އިން އިތުރު 18 ލަނޑު ކާމިޔާބުކުރިއިރު، މި ހާފުގައި ދިވެހި ސިފައިންގެ ކުލަބަށް ކާމިޔާބު ކުރެވުނީ 14 ލަނޑެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 33-28 ގެ ނަތީޖާއަކުން ޒެފްރޯލް ކުރީގައި އޮވެގެންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޒެފްރޯލް ގެ އަބްދުﷲ ޒިޔާއު އެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.