2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކެމްޕޭންގައި ރައީސް ޞާލިހަށް ވޯޓު ހޯއްދެވުމަށް ބޭއްވި ދީނީ ދަރުހަށްފަހުޝައިހް އިލްޔާސް ދުއާއެއް ކުރަނީ--
ހަބަރު
11 Jun 2023 | 09:48
ރިޔާސީ އިންތިހާބުގެ ގަވާއިދު: ދެން ދީނީ ދަރުސްތަކުގަައި ރިޔާސީ ކެންޑިޑޭޓުންނާ ގުޅޭ ވާހަކަ ނުދެއްކޭނެ

ދީނީ އެއްވެސް ދަރުހެއްގައި، ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި ގުޅިގެން ވާހަކަދެއްކުން މަނާ ކޮށްފިއެވެ. 

އިލެކްޝަންސް ކޮމިޝަނުން އިއްޔެ އާންމު ކޮށްފައިވާ ރިޔާސީ އިންތިހާބުގެ ގަވައިދުގައި ބުނެފައިވާ ގޮތުން، ދީނީ އެކިއެކި މުނާސަބަތުގައްޔާއި، ދީނީ ދަރުސްތަކުގައްޔާއި، ޚުޠުބާތަކުގައި ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެއެވެ. 

މީގެ އިތުރުން، ވަކި ޖިންސެއްގެ މީހަކަށް ވާތ،ީ ނުވަތަ އިސްލާމްދީނުގައި ވަކި މަޒުހަބަކަށް އުޅެންމުންދާކަމަށް ޓަކައ،ި ނުވަތަ ވަކި ބަހުރުވައަކުން ވާހަކަދައްކާ ކަމަށް ޓަކައ،ި އެއީ ވަކި ކެންޑިޑޭޓަކަށް ވޯޓު ދިނުމަށް ނުވަތަ ވޯޓު ނުދިނުމަށް އޮތް ސަބަބެއް ކަމުގައި އެއްވެސް ބަޔަކަށް ހުށަހަޅައިގެން ނުވާނެ ކަމަށްވެސް އެ ގަވާއިދުގައި ވެއެވެ. 

ހަމައެހެންމެ، ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައ،ި އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު އެއްވެސް ވާހަކައެއް ދައްކައ،ި އިސްލާމްދީނުގެ ޙުރުމަތްކެނޑޭ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށްވެސް ގަވައިދުގައިވެއެވެ. 

އިލެކްޝަންސް ކޮމިޝަނުގެ މި ގަވާއިދާއި އެކު ދީނީ ދަރުސްތަކުގައި ދެން ދިވެހިރާއްޖޭގެ މިހާރުގެ މަޝްރަހުގައި ކަންކަން ހިނގަމުން އަންނަ ގޮތާއި، ސަރުކާރުގެ ނުވަތަ އިދިކޮޅު ފަރާތްތަކުގެ ސިޔާސަތު ތަކުގައި ދީނާއި ބީރަށްޓެހި ކަންކަން ހުރި ނަމަ، އެކަމާއި ގުޅޭގޮތުންވެސް ވާހަކައެއް ނުދެއްކޭނެއެވެ. އެހެންކަމުން، މިއީ ދީނާއި ސިޔާސަތު ވަކިކުރުން ކަމުގައި ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ނަމަވެސް އެފަދައިން ކަން ކޮށްގެން ނުވާނެ ކަމަށްވެސް އެފަރާތްތަކުން އަންނަނީ ބުނަމުންނެވެ. 

މީގެ އިތުރުންވެސް، އަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިހު ވެރިކަމަށް ގެނައުމަށްވެސް ދީނީ ޢިލްމުވެރިޔާ އައްޝެއިޚު އިލްޔާސް ހުސައިން އާއި، ސްޓޭޓް މިނިސްޓަރު އިލްޔާސް ޖަމާލް ވަނީ، ގިނަ ދީނީ ދަރުސްތައް ދެއްވާފައި ކަން ފާހަގަކޮށްލަންޖެހެއެވެ. އެގޮތުން ރަށްރަށަށް ދަތުރުކޮށް އެ ރަށްރަށުގެ ރައްޔިތުންނާއި ވަކިވަކިން ބައްދަލުކޮށްވެސް ރައީސް ޞާލިހަށް ވޯޓު ދިނުމަށް އެ ދެ ބޭފުޅުންނާއި އެ ނޫންވެސް އިލްމުވެރިން ވަނީ ނަސޭހަތް ދީ ދަރުސް ދެއްވާފައެވެ.  

އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދުގައި ދީނީ ދަރުސްތަކުގައި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް ވާހަކައެއް ދެއްކުން މަނާ ކޮށްފައި މިވަނީ، "މިނިވަންކަން" ނަމުގައި، ޖަމިއްޔަތުއް ސަލަފުން ބޮޑު ދަރުހެއް ބޭއްްވި ފަހުންކަންވެސް ފާހަގަކޮށްލަންޖެހެއެވެ. އެ ދަރުސްތެރެއިން ޝެއިޚް ވަނީ ސިއްރު ސިޓީ ތަކުން ރާއްޖޭގެ މިނިވަންކަމަށް ކޮށްފައިވާ އަސަރުތައް ހާމަ ކުރައްވާފައެވެ. އަދި ދިވެހިރާއްޖެއަކީ މުސްލިމް ގައުމެއްގެ ގޮތުގައި އޮތުމަށް މިނިވަންކަން ނުހަނު މުހިންމު އިރު، މިހާރު އެ މިނިވަންކަމާއި މެދު ވިސްނާލަންޖެހިފައިވާ ކަމަށްވެސް ޝެއިޚު ވިދާޅުވި އެވެ. 

ކޮމެންޓް
މާހިރު
ރައްޔިތުންގެ ބޯކާލުމަށް ސިޔާސީ މީހުންނަށްވެސް ބުހުތާން ދޮގުތައް ހަދައިގެން ހިތުހުރިހާވާހަކައެއްދެއްކުމުގެ ފުރުޞަތު އޮވެގެންނުވާނެއެވެ. ޢިލްމުވެރިންވެސް ތިބެންވީ ދީނުގައި ކަންކަން އޮންނަގޮތް ހާމަކޮށްދޭބައެއްގެ ގޮތުގައެވެ.
11 Jun 2023
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.