ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިން-- ފޮޓޯ/ ވޮއިސް
ހަބަރު
11 Jun 2023 | 12:56
ގާނޫނެއް ނެތޭ ބުނަނީ މަރުގެ ހުކުމް ތަންފީޒް ނުކުރާން ވެގެން؛ ވެރިން ބޭނުންނަމަ ކުރާނެ: ޢަލީ

ގާނޫނެއް ނެތް ކަމަށް ބުނެ، ދިވެހި ސަރުކާރު ތަކުން މަރުގެ ހުކުމް ތަންފީޒް ނުކުރަކީ، އެކަން ކުރަން ބޭނުން ނުވާތީ ކަމަށާ، ވެރިން ބޭނުން ނަމަ، ބޭނުންވާ ކަންކަން އަންނަނީ ކުރަމުން ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަދި ގާނޫނީ ވަކީލު ޢަލީ ހުސައިން ވިދާޅުވެއްޖެއެވެ. 

ސަންގު ޓީވީން ރޭ ގެނެސްދިން، އިލްމީ ބަހުސް ޕްރޮގްރާމް ގައި މަރުގެ އަދަބު ތަންފީޒުކުރުމާއި ގުޅިގެން ވާހަކަދައްކަވަމުން ޢަލީ ވިދާޅުވީ، ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒް ނުކުރެވިފައިވަނީ އެކަމަށް ގާނޫނީ ހުރަހެއް އޮވެހެން ނޫން ކަމަށެވެ. އެގޮތުން ރާއްޖޭގެ މިހާތަނަށްވެސް ކަންކަން ހިނގާފައިވާ ގޮތަށް އަލިއަޅުވާލައްވައި މިސާލުދައްކަވަމުން ޢަލީ ވިދާޅުވީ، ރާއްޖޭގެ ވެރިން ނުވަތަ ސިޔާސީ ލީޑަރުންނަކީ، ކަމެއް ކުރަން ބޭނުންވެއްޖެ ހިނދެއްގައި ގާނޫނު ހަދައިގެންވެސް އެކަން ކުރެއްވި ބައެއް ކަމަށެވެ. 

"އަޅުގަނޑުމެންނަކީ، ސިޔާސީ މަޝްރަހުގައިވެސް، އަދި ގާނޫނީ ދާއިރާގައިވެސް، އުޅޭ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ބޭނުންވީމާ، ވަކި މީހަކު ވެރިކަމަށް ގެންނަންވީމާ، ނުވަތަ ދުރުކުރަން ވީމާ، 24 ގަޑިއިރުން ގާނޫނު އަސާސީ އިސްލާހު ކޮށްލި ބައެއް. އަޅުގަނޑުމެންނަކީ ރާއްޖެއިން ބައެއް ވިއްކާލަން ވީމާ، ހަފްތާއެއްގެ ތެރޭ، ގާނޫނު އަސާސީ ބަދަލު ކޮށްލި ބައެއް. އެއީ މަޖިލީހުގެ މެޖޯރިޓީވެސް އޮތީމާ. އަދި ނެތް މެޖޯރިޓީވެސް ހޯދައިގެން. އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ ރާއްޖެއިން ބައެއް ދޫކޮށްލަންވީމާ، ރައްޔިތުންގެ މަޖިލީހުގައި އަހާވެސް ނުލައި، ސިޓީއެއް ފޮނުވާލައިގެން އެކަން ކޮށްލައިގެން ތިބި ބައެއް."

ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިން 

ކަން މިހެން ހުރުމުން، މަރުގެ ހުކުމް ތަންފީޒް ނުކުރަނީ އެކަމަށް ގާނޫނު ހުރަސް އަޅާތީ ކަމަށް ބުނެ ދައްކަނީ ހުސް ބަހަނާ ކަމަށް އަލީ ވިދާޅުވި އެވެ. އަދި އެއީ އެކަން ނުކުރަންވެގެން ދައްކާ ބަހަނާ ކަމަށްވެސް ޢަލީ ވިދާޅުވިއެވެ. 

"ސިޔާސީ މީހުން، ނުވަތަ ވެރިންނަށް މި ތިބޭ މީހުން، ކުރަން ބޭނުން ވީމާ، ބޭނުންވާ ކަންކަން ބޭނުން މިންވަރަކަށް ކުރެއޭ. އެހެންވީމާ ގާނޫނެއް ނެތިގެންނޭ، ގާނޫނު ހުރަސް އަޅަނީއޭ، ގަވާއިދެއް ނެތޭ، މިއީ، ހުސް ބަހަނާ. އެކަން ނުކުރާންވެގެން ދައްކާ ހުސް ބަހަނާ."

ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިން 

އަލީ ހުސައިން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ގާނޫނުލް އުގޫބާތު ލިޔަންޖެހެނީ ގާނޫނު އަސާސީއަށް ބަލައިގެން ކަމަށެވެ. އަދި ގާނޫނު އަސާސީ ހެދިފައި ހުންނަށްޖެހޭނީ އިސްލާމީ ޝަރީއަތާއި އެއްގޮތަށް ކަމަށެވެ. ކަންމިހެން ހުރިއިރު، މަރުގެ ހުކުމަކީ ކީރިތި ގުރުއާނުގައި އަންގަވައި އަމުރުކުރައްވާފައިވާ ކަމެއް ކަމަށާ، އެކަމަށް ނޫނެކޭ ބުނުމުގެ ޖާގަ އެއްވެސް މީހަކަށް ލިބިގެން ނުވާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.