އަލީ ރަމީޒް --
ހަބަރު
11 Jun 2023 | 16:28
ކާރާއި ސައިކަލު ޕާކިންއަށް ތަފާތު ކުރާތީ އަލީ ރަމީޒުގެ ނުރުހުން

ކާރާއި ސައިކަލު ޕާކިންއަށް ތަފާތު ކުރާތީ، އެކަމާ އަލީ ރަމީޒު ނުރުހުން ފާޅުކޮށްފިއެވެ.

ޕާކިންގް މައްސަލައިގައި އަލީ ރަމީޒު ބުނީ، ސައިކަލުވެސް ދުއްވަނީ ބަރާބަރަށް އަހަރީ ފީ ދައްކައިގެން ކަމަށާއި ނަމަވެސް ސައިކަލު ޕާކު ކުރުމަށް އެކަށީގެންވާ ވަރަށް ޖާގަ ނެތް ކަމަށެވެ.

"އަޅުގަނޑުމެންވެސް ސައިކަލް މި ދުއްވަނީ ގަވާއިދުން އަހަރުން އަހަރަށް ފީތައް ދައްކައިގެން. މާލޭގައި ސައިކަލު ޕާކު ކުރާނެ ޖާގައެއް ހޯދުމަކީ އިންތިހާއަށް އުނދަގޫކަމެއް. ޖާގަ ނުލިބިގެން ބައެއް ފަހަރަށް ކޮށި ވަށާ ދެތިންބުރު ޖަހަން އެބަޖެހޭ. ޕާކް ކުރާނެ ޖާގަ ނުލިބުނީމަ ދެން ޕާކު ކުރަން މަޖުބޫރުވަނީ ގަވާއިދާ ހިލާފަށް" އަލީ ރަމީޒު ބުންޏެވެ.

އެއާ ޚިލާފަށް ކާރުތައް ގަރާޖުގައި ރަޖިސްޓްރީ ކޮށްފައި ހުންނައިރުވެސް އަދި ކާރުތަކަށް ޕާކިންގް ޒޯން ދޫކުރާ ކަމަށް އަލީ ރަމީޒު ބުންޏެވެ.

"ސުވާލަކީ ބައެއް ޕްރައިވެޓް ކާރާއި ޓެކްސީތަކުގެ ނަންބަރުބޯޑު ބިންމަތީގައި ޖަހާފައި އެމީހުންނަށް ޕާކިން ޒޯން ކުއްޔަށް ދީ، ހާއްސަ ކޮށްދޭއިރު، އެ ފުރުސަތު ސައިކަލްތަކަށް ނެތީ ކީއްވެތޯ؟" އަލީ ރަމީޒު ސުވާލު އުފެއްދިއެވެ.

އޭނާ ބުނީ މަގުތަކަކީ ވަކި ބައެއްގެ މިލްކެއް ނޫން ކަމަށެވެ.

"އެއީ އެންމެންގެ ހައްގެއް. ކޮންމެ ކާރަކަށް ގަރާޖެއް ރަޖިސްޓްރީ ކޮށްފަ އޮންނައިރުވެސް މަގުމަތިން ޕާކިން ޒޯން މިދެނީ ކާރަށް. ވަކި ބަޔަކަށް ވަކި ހާއްސަ އިމްތިޔާޒުތަކެއް ދީފަ މިވަނީ ކީއްވެތޯ؟" އަލީ ރަމީޒް ބުނެފައި ވެއެވެ.

ކޮމެންޓް
ނާޒިމާ
ބަރާބަރު ވާހަކައެއް
11 Jun 2023
އަލީ ހަމީދު
އަލީ. މަނިކުފާނު ދާނަންތޯ ކާނިވަލުގަ ސައިކަލް ޕާކް ކޮށްފަ ގެޔަށް؟ ސައިކަލުގަ އުޅޭމީހުން ބޭނުންވަނީ ގޭ އޮޅި ދޮށުގަ ޕާކު ކުރަން.
12 Jun 2023
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް