ޖުމެއިރާ އާއި ރީތިރަށް ވާދަކުރި މެޗުގެ ތެރެއިިން ... ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
ކުޅިވަރު
11 Jun 2023 | 15:40
އިންޓަ ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕް 2023: ޒޯން އެކެއްގެ ފުރަތަަމަ މެޗު ފަސޭހަކަމާއި އެކު ރީތިރަށުން ކާމިޔާބުކޮއްފި!

އިންޓަ ރިސޯޓް ވޮލީބޯލް މުބާރާތުގެ ޒޯން އެކެއްގެ ފުރަތަަމަ މެޗުގައި ޖުމެއިރާ މޯލްޑިވްސް އާއި ވާދަކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް ވަން އެންޑް އޮންލީ ރީތިރަށުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.

ކ. އަތޮޅު ހިމެނޭ މި ޒޯނުގައި ވަން އެންޑް އޮންލީ އާއި ޖުމެއިރާގެ އިތުރުން ދެން ހިމެނެނީ މީރު އައިލެންޑް ރިސޯޓް އެންޑް ސްޕާ އާއި ފޯ ސީޒަންސް ރިޒޯޓް އަދި އެންމެ ފަހު ތިން ފަަރުވެސް މި ޒޯންގެ ޗެމްޕިއަންކަން ހޯދި ބަނޑޮސް މޯލްޑިވްސް އެވެ. 

ޖޫން 10-22 އާ ހަމައަށް ކުރިއަށްދާ މި ޒޯނުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ބައިވެރިވި ފަސް ޓީމުގެ މެދުގައި ލީގު އުސޫލުން އެއް ބުރު ކުޅެ، އެންމެ ރަނގަޅު ހަތަރު ޓީމު ސެމީ ފައިނަލަށް ހޮވޭގޮތަށެވެ. ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ލީގު ބުރުގެ އެއްވަނަ އަދި ދެވަނަ ޓީމު ވާދަކުރާ މެޗުން މޮޅުވާ ޓީމަކަށް ފައިނަލްގެ ސީދާ ޖާގައެއް ލިބޭއިރު، ބަލިވާ ޓީމު ޖެހޭނީ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ލީގު ބުރުގެ ތިންވަނަ އަދި ހަތަރުވަނަ ޓީމު ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެކު ސެމީގެ ތިންވަނަ މެޗެއް ކުޅޭށެވެ. އަދި އެމެޗުން މޮޅުވާ ޓީމަކަށް ފައިނަލްގެ ދެވަނަ ޖާގަ ލިބިގެންދާނެއެވެ.

އިއްޔެ ފެށި މިއަހަރުގެ މުބާރާތުގައި ވެސް ފުރަތަމަ ކުޅޭނީ ޒޯން ބުރެވެ. އެއަށް ފަހު ޒޯންތަކުގެ ޗެމްޕިއަންކަން ހޯދާ ޓީމުތަކުގެ މެޗުގައި ލީގެއް ކުރިއަށް ދާނެ އެވެ.

ޒޯން 1 ގެ ވަން އެންޑް އޮންލީ އާއި ޖުމެއިރާ މޯލްޑިވްސް ބައްދަލުކުރި މުބާރާތުގެ ފުރަތަމަ މެޗުން ވަން އެންޑް އޮންލީ މޮޅުވީ، 25-15، 25-23، 25-20 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވަން އެންޑް އޮންލީ ރީތިރަށުގެ އަލީ ހުޒާމް (ހުޒާންޓޭ) އެވެ.

އިއްޔެގެ މެޗު ވަން އެންޑް އޮންލީ ރިސޯޓުގައި ކުޅުނުއިރު، މި ޒޯނުގެ ފައިނަލް މެޗުގެ އިތުރުން ލީގު ބުރުގެ ބައެއް މެޗުތައް ވެސް ބަނޑޮހުގައި ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

މުބާރާތުގައި ދެން އެންމެ އަވަހަށް ފެށުމަށް ހަމަޖެހިފައި ވަނީ ރ. އަދި ބ. އަތޮޅުގެ ރިސޯޓްތައް ހިމެނޭ ޒޯން 5 އަދި 6 ގެ މެޗުތަކެވެ. ސޮނެވާފުށި ރިސޯޓުގައި ކުރިއަށް ގެންދާ މި ޒޯންގެ މެޗުތައް ތާވަލް ކުރެވިފައި ވަނީ މިމަހުގެ 13-21 އަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.