ބަނޑޮސް ޓީމުގެ އިޝާން މުހައްމަދު
ކުޅިވަރު
11 Jun 2023 | 21:28
އިންޓަ ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕް 2023: ފުރަތަަމަ މެޗުގައި ބަނޑޮހަށް ފަސޭހަމޮޅެއް!

އިންޓަ ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕް 2023 ގެ ޒޯން އެކެއްގައި މިއަދު ހަވީރު ފޯސީޒަންސް އާއި ބަނޑޮސް ވާދަކުރި މެޗު 3-1 ގެ ނަތީޖާއަކުން އެންމެ ފަހުގެ ޗެމްޕިއަން ބަނޑޮހުން ކާމިޔާބުކޮއްފިއެވެ.

ބަނޑޮސް އައިލެންޑް ރިސޯޓްގައި ކުޅެވުނު މި މެޗުގެ ފުރަތަަމަ ސެޓުގައި ދެޓީމުގެ ފަރާތުން ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، 26-28 އިން މި ސެޓު ކާމިޔާބު ކުރީ ފޯސީޒަންސް އިންނެވެ.

ނަމަވެސް ޖެހިގެންއައި ދެ ސެޓުގައި ޗެންޕިއަން ބަނޑޮހުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ފަސޭހަކަމާއި އެކު މި ދެ ސެޓު ވެސް ކާމިޔާބުކޮށްފައެވެ. އެގޮތުން މެޗުގެ ދެވަަނަ ސެޓް 12-25 އިން ކާމިޔާބުކުރިއިރު، މެޗުގެ ތިން ވަނަ ސެޓް އެޓީމުން ގެންދިޔައީ 14-25 އިންނެވެ.

މެޗުގެ ހަތަރުވަނަ ސެޓުގައި ފޯސީޒަންސް އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް ބަނޑޮހަށް ރަގަޅު ފައިޓެއް ދިން ނަމަވެސް ބަނޑޮހުން ވަނީ 23-25 އިން ސެޓް ކާމިޔާބުކޮށް ފަހަތުން އަރައި ތިން ސެޓް އެއް ސެޓުން މެޗު ކާމިޔާބުކޮށް މުބާރާތުގައި އެޓީމުގެ ފެށުން ރަނގަޅުކޮށްފި އެވެ. މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ބަނޑޮހުގެ އިޝާން މުހައްމަދު އެވެ.

މިއަހަރުގެ އިންޓަ ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ޒޯން އެކެއްގައި ފަސް ޓީމު ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއްފަހަރު ކުޅެ އެންމެ ރަނގަޅަށް ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީ ފައިނަލަށް ހޮވޭގޮތަށެވެ.

ސެމީފައިނަލްގެ ފުރަތަަމަ މެޗުގައި ލީގު ބުރުގެ އެއްވަނަ އަދި ދެވަނަ ޓީމު ވާދަކޮށް މޮޅުވާ ޓީމަކަށް ފައިނަލްގެ ޖާގައެއް ލިބޭއިރު، އެމެޗުން ބަލިވާ ޓީމެއް ކުޅެންޖެހޭނީ ސެމީފައިނަލުގެ ދެވަނަ މެޗުގައި ލީގު ބުރުގެ ތިންވަނަ އާއި ހަތަރުވަނަ ވާދަކޮށް މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.

ފައިނަލުގެ ދެވަނަ ޖާގަ ލިބިގެންދާނީ ސެމީގެ ފުރަތަަމަ މެޗުން ބަލިވި ޓީމާއި ސެމީގެ ދެވަނަ މެޗުން މޮޅުވި ޓީމުގެ މެދުގައި ކުޅޭ ސެމީ ފައިނަލުގެ ތިންވަނަ މެޗުން މޮޅުވާ ޓީމަކަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.