މިނިސްޓަރ އިމްރާން އަބްދުﷲ
ހަބަރު
12 Jun 2023 | 05:03
އިލްމީ ހަމަތައް ހިފަހައްޓާނަމަ ދީނީ އިލްމުވެރިންނަށް ސިޔާސީ ވާހަކަ ދެއްކުން މަނަލެއް ނުކުރެވޭނެ: އިމްރާން

ދީނީ އިލްމުވެރިން، އިލްމީ ހަމަތައް ހިފަހައްޓާހާ ހިނދަކު ސިޔާސީ ވާހަކަ ދެއްކުން މަނާ ކުރެވޭނެ ހަމައެއް ސަބަބެއް ނޯންނާނެ ކަމަށް ހޯމް މިނިސްޓްރު އިމްރާން ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ، ދީނީ އެއްވެސް ދަރުހެއްގައި، ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި ގުޅިގެން ވާހަކަދެއްކުން އީސީން މަނާ ކުރުމާ ގުޅިގެންނެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމު ކޮށްފައިވާ ރިޔާސީ އިންތިހާބުގެ ގަވައިދުގައި ބުނެފައިވާ ގޮތުން، ދީނީ އެކިއެކި މުނާސަބަތުގައްޔާއި، ދީނީ ދަރުސްތަކުގައްޔާއި، ޚުޠުބާތަކުގައި ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެއެވެ. 

މީގެ އިތުރުން، ވަކި ޖިންސެއްގެ މީހަކަށް ވާތ،ީ ނުވަތަ އިސްލާމްދީނުގައި ވަކި މަޒުހަބަކަށް އުޅެންމުންދާކަމަށް ޓަކައ،ި ނުވަތަ ވަކި ބަހުރުވައަކުން ވާހަކަދައްކާ ކަމަށް ޓަކައ،ި އެއީ ވަކި ކެންޑިޑޭޓަކަށް ވޯޓު ދިނުމަށް ނުވަތަ ވޯޓު ނުދިނުމަށް އޮތް ސަބަބެއް ކަމުގައި އެއްވެސް ބަޔަކަށް ހުށަހަޅައިގެން ނުވާނެ ކަމަށްވެސް އެ ގަވާއިދުގައި ވެއެވެ. 

ހަމައެހެންމެ، ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައ،ި އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު އެއްވެސް ވާހަކައެއް ދައްކައ،ި އިސްލާމްދީނުގެ ޙުރުމަތްކެނޑޭ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށްވެސް ގަވައިދުގައިވެއެވެ. 

އިލެކްޝަންސް ކޮމިޝަނުގެ މި ގަވާއިދާއި އެކު ދީނީ ދަރުސްތަކުގައި ދެން ދިވެހިރާއްޖޭގެ މިހާރުގެ މަޝްރަހުގައި ކަންކަން ހިނގަމުން އަންނަ ގޮތާއި، ސަރުކާރުގެ ނުވަތަ އިދިކޮޅު ފަރާތްތަކުގެ ސިޔާސަތު ތަކުގައި ދީނާއި ބީރަށްޓެހި ކަންކަން ހުރި ނަމަ، އެކަމާއި ގުޅޭގޮތުންވެސް ވާހަކައެއް ނުދެއްކޭނެއެވެ. އެހެންކަމުން، މިއީ ދީނާއި ސިޔާސަތު ވަކިކުރުން ކަމުގައި ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ނަމަވެސް އެފަދައިން ކަން ކޮށްގެން ނުވާނެ ކަމަށްވެސް އެފަރާތްތަކުން އަންނަނީ ބުނަމުންނެވެ. 

މީގެ އިތުރުންވެސް، އަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިހު ވެރިކަމަށް ގެނައުމަށްވެސް ދީނީ ޢިލްމުވެރިޔާ އައްޝެއިޚު އިލްޔާސް ހުސައިން އާއި، ސްޓޭޓް މިނިސްޓަރު އިލްޔާސް ޖަމާލް ވަނީ، ގިނަ ދީނީ ދަރުސްތައް ދެއްވާފައި ކަން ފާހަގަކޮށްލަންޖެހެއެވެ. އެގޮތުން ރަށްރަށަށް ދަތުރުކޮށް އެ ރަށްރަށުގެ ރައްޔިތުންނާއި ވަކިވަކިން ބައްދަލުކޮށްވެސް ރައީސް ޞާލިހަށް ވޯޓު ދިނުމަށް އެ ދެ ބޭފުޅުންނާއި އެ ނޫންވެސް އިލްމުވެރިން ވަނީ ނަސޭހަތް ދީ ދަރުސް ދެއްވާފައެވެ.  

އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދުގައި ދީނީ ދަރުސްތަކުގައި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް ވާހަކައެއް ދެއްކުން މަނާ ކޮށްފައި މިވަނީ، "މިނިވަންކަން" ނަމުގައި، ޖަމިއްޔަތުއް ސަލަފުން ބޮޑު ދަރުހެއް ބޭއްްވި ފަހުންކަންވެސް ފާހަގަކޮށްލަންޖެހެއެވެ. އެ ދަރުސްތެރެއިން ޝެއިޚް ވަނީ ސިއްރު ސިޓީ ތަކުން ރާއްޖޭގެ މިނިވަންކަމަށް ކޮށްފައިވާ އަސަރުތައް ހާމަ ކުރައްވާފައެވެ. އަދި ދިވެހިރާއްޖެއަކީ މުސްލިމް ގައުމެއްގެ ގޮތުގައި އޮތުމަށް މިނިވަންކަން ނުހަނު މުހިންމު އިރު، މިހާރު އެ މިނިވަންކަމާއި މެދު ވިސްނާލަންޖެހިފައިވާ ކަމަށްވެސް ޝެއިޚު ވިދާޅުވި އެވެ. 

ކޮމެންޓް
މާހިދު
މޭޑޭ ސްޕީޗްގެ މިންގަޑު ހިފެހެށްޓުނީމާ އެ ޢިލްމީ ވެވުނީ. ކޮބާ ލަދު ؟
12 Jun 2023
މީމް
ޢިމްރާން މިހާރު ބޯގޮވަނީ އިމްރާން ހެޔޮކޮންމެވާހަކައެއްދެއްކިޔަސް މީވާބޭފުލުން
12 Jun 2023
ފާގަ
ދީނީ ޢިލްމުވެރިން ސިޔާސީ ވާހަކަ ދެއްކުން މަނަލެކޭ ބަޔަކު ނުބުނެއެވެ. މަނާކަމަށް ބުނަނީ ހުކުރު ޚުތުބާ ގައާއި ދީނީ ދަރުސް ތަކުގައި ސިޔާސީ ވާހަކަ ނުދެއްކުމަށެވެ.
12 Jun 2023
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ