އުރުގުއާއީ ކުޅުންތެރިން 20 އަހަރުންދަށުގެ ވޯލްޑްކަޕް ޓްރޮފީ އާއެކު އުފާފާޅުކުރަނީ
ކުޅިވަރު
12 Jun 2023 | 06:35
20 އަހަރުންދަށުގެ ވޯލްޑްކަޕް: ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު އިޓަލީ ބަލިކޮށް އުރުގުއާއީ ޗެންޕިއަންކަން ހޯދައިފި

20 އަހަރުންދަށުގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި 1-0 ގެ ނަތީޖާއަކުން އިޓަލީ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން އުރުގުއާއީ ހޯދައިފިއެވެ.

ރޭގެ ފައިނަލް މެޗުގެ ފުރަތަަމަ ހާފުގައި އުރުގުއާއީ އިން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނުއިރު، މި ހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް އެޓީމުން އުފެއްދި ގިނަ ހަމަލާތަކުގެ ހުރަހަކަށްވީ އިޓަލީގެ ކީއްޕަރު ސެބެސްޓިއާނޯ ޑެސްޕްލޭންޗޭސް އެވެ. އޭނާ ވަނީ ފުރަތަަމަ ހާފުގައި އުރުގުއާއީ އިން އިޓަލީގެ ގޯލާއި އަމާޒުކޮށް ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް ވަރަށް ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މިމުބާރާތުގައި ވަރަށް ވަރުގަދަ އެޓޭކިންގް ކުޅުމެއް އިޓަލީގެ ފަރާތުން ފެނިގެން ގޮސްފައިވީ ނަމަވެސް، މި މެޗުގެ ފުރަތަަމަ ހާފުގައި އުރުގުއާއީގެ ގޯލާއި އަމާޒުކޮށް އެންމެ ހަމަލާއެއް އެޓީމަށް ފޮނުވާލެވިފައެއް ނުވެއެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މެޗު ޑޮމިނޭޓުކުރީ އުރުގުއާއީ އިންނެވެ. ނަމަވެސް މި މެޗުގައި އެޓީމަށް ލަނޑެއް ކާމިޔާބުކުރެވޭވަރުވީ މެޗު ނިމެން ހަތަރު މިނެޓަށްވީ ފަހުންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލޫސިއާނޯ ރޮޑްރިގޭޒް އެވެ. މިއީ ފަހުހާފު 86 ވަނަ މިނެޓުގައި އިޓަލީގެ ގޯލު އޭރިޔާތެރެއިން ވަރަށް ހުސްކޮށް ލިބުނު ފުރުސަތެއްގައި ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އުރުގުއާއީ ކުރީގައި އޮވެގެންނެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާއަށް ދޭ އެޑިޑާސް ގޯލްޑަން ބޯލް އަދި މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއާއަށް ދޭ އެޑިޑާސް ގޯލްޑަން ބޫޓް ލިބުނީ މުބާރާތުގައި ކުޅުނު 07 މެޗުގައި 07 ލަނޑު ކާމިޔާބުކުރި އިޓަލީގެ ކެޕްޓަން ސެސަރޭ ކަސަޑޭ އަށެވެ.

މުބާރާތުގެ އެޑިޑާސް ސިލްވާ ބޯލް އުރުގުއާއީގެ އެލަން މަޓޫރޯ އަށް ލިބުނުއިރު، އެޑިޑާސް ބްރޯންޒް ބޯލް ލިބުނީ ސައުތު ކޮރެއާ ގެ ލީ ސެއުންގްވޮން އަށެވެ.

މީގެއިތުރުން މުބާރާތުގެ އެޑިޑާސް ސިލްވާ ބޫޓް ބްރެޒިލް ގެ މާކޯސް ލިއޮނާޑޯ ކާމިޔާބުކުރިއިރު، މި މުބާރާތުގައި ކުޅުނު 5 މެޗުގައި އޭނާ ވަނީ ފަސް ލަނޑު ކާމިޔާބުކޮށްފައެވެ. އަދިއެޑިޑާސް ބްރޯންޒް ބޫޓް ހޯދި ކޮލަމްބިއާގެ ފޯވާޑް އޮސްކާ ކޯޓްސް ވަނީ މުބާރާތުގައި ކުޅުނު ފަސް މެޗުގައި ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ.

މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަށް ދޭ އެޑިޑާސް ގޯލްޑަން ގްލޯވް ލިބުނީ ފައިނަލް މެޗުގައި މޮޅު ކުޅުމެއް ދެއްކި އިޓަލީގެ ސެބެސްޓިއާނޯ ޑެސްޕްލާންޗެސް އަށެވެ. އަދި މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ އެމެރިކާ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.