މިއަދުގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން--
ހަބަރު
12 Jun 2023 | 11:07
އަފީފަށް"މުގާބޭ" އޭ ގޮވައި، މަޖިލިސް ހޫނުވުމުން، މިއަދަށް މަޖިލިސް ނިންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުاللهގެ އިތުބާރު ނެތްކަމުގެ މައްސަލަ ނުބަލައި މަޖިލިސް ކުރިއަށް ގެންދާތީ، ރިޔާސަތުގައި އިންނެވި، ވިލިފުށި ދާއިރާގެ މެންބަރު ހަސަން އަފީފަށް ނިސްބަތް ކުރައްވައި، އެމްޑީޕީ މެންބަރުން މުގާބޭ އޭ ގޮވަން ފެށުމުން މަޖިލިސް ހޫނުވެ، މިއަދަށް މަޖިލިސް ނިންމާލައިފި އެވެ. 

ނާއިބު ރައީސް އީވާ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅައި، ނޯޓިސް ދެއްވިތާ 14 ދުވަސް އިއްޔެއަށް ހަމަވާތީ މަޖިލީހުގެ ގަވާއިދުގައި ވާގޮތުން މިއަދު ކުރިއަށް ގެންދާން ޖެހޭނީ އެ މައްސަލަ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. 

އެހެންނަމަވެސް، ކޮމިޓީތައް އެކުލަވައި ލެވިފައި ނުވާތީ، މައްސަލާގައި ބަހުސް ކުރާނެ ވަގުތާއި، އީވާއަށް ޖަވާބުދާރީ ވާނެ ވަގުތު ކަނޑަނޭޅޭތީ، އެ މައްސަލަ މިއަދަށް އެޖެންޑާ ކޮށްފައެއް ނުވެއެވެ.

އޭގެ ބަދަލުގައި، މިއަދުގެ އެޖެންޑާގެ ފުރަތަމަ ކަމަކަށް އޮތީ، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާާއި ތިނަދޫ ދާއިރާގެ މެންބަރު އަބްދުލް މުޣުނީ ސުވާލު ކުރެއްވުމެވެ. ނަމަވެސް، މަޖިިލީހުގެ ރިޔާސަތުގައި އަފީފު އިންނެވީ ކޮން ހައިސިއްޔަތަކުންކަން ބުނެނުދެނީސް ސުވާލު ނުކުރައްވާާނެކަމަށް މުޣުނީ ވިދާޅުވުމާއި ގުޅިގެން މިނިސްޓަރު ނަހުލާގެ އަރިހުން އަފީފު ވަނީ އެނބުރި ވަޑައިގެންނެވުމަަށް އެދިލައްވާފައެވެ.   

އެއާއެކު އަފީފްއަށް ރިޔާސަތުގައި ނީނެވޭނެކަމަށް ބުނެ، އެމްޑީޕީ މެންބަރުން ގެންދިޔައީ އޭނާއަށް އަމާޒުކޮށް “މުގާބޭ” އަށް ގޮވައި މަޖިލީހުގައި އަޑު ގަދަ ކުރައްވަމުންނެވެ. އޭގެ ސަބަބުން މަޖިލީހުގެ ރިޔާސަތަށް ކޮންޓްރޯލް ނުކުރެވޭ ވަރަށް މެންބަރުން އަޑުގަދަވެ، ޖަލްސާ 5 މިނެޓު އިރަށް ވަނީ މެނދުކަނޑާލާފައެވެ. 

އެއަށްފަހު ޖަލްސާ ފެށިއިރުވެސް މެންބަރުންތައް ދިޔައީ މަޖިލީހުގެ ތަޅުމުގައި އަޑުގަދަކުރައްވަމުންނެވެ. ނަމަވެސް، ރިޔާސަތުގައި އިންނެވި އަފީފު ވަނީ، ކުއްލި މައްސަލައެއް ހުށަހެޅުމުގެ ފުރުސަތު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރަށް ދެއްވާފައެވެ. 

ސަރުކާރުން ބަދަލުގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ހުރިހާ ކުންފުނިތަކާއި، އެ ކުންފުނިތަކަށް ދޫކޮށްފައިވާ ފައިސާގެ އަދަދު ހާމަކުރުމަށް ގޮވާލައި އާދަމް ޝަރީފު ހުށަހެޅު އެ ކުއްލި މައްސަލަ ހުށަހަޅުއްވަމުން ދިޔަ ވަގުތުގައިވެސް އެމްޑީޕީ މެންބަރުން ދިޔައީ މަޖިލީހުގައި އަޑުގަދަ ކުރައްވަމުންނެވެ. އެގޮތުން، ޝަރީފުގެ ކުރިމަތީގައި ތިއްބެވި ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް އާއި، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވަނީ ނިޒާމީ މައްސަލައެއް އޮތް ކަމަށް ބުނެ އަޑުގަދަ ކުރައްވާފައެވެ. 

އަދި އާދަމް ޝަރީފް ވާހަކަދައްކަވަމުން ދިޔަ މައިކު ބޭނުން ކުރައްވައި، އިބްރާހީމް ޝަރީފް ވަނީ، ތަކުރާރުކޮށް ނިޒާމީ މައްސަލަ އެއް އޮތް ކަމަށް ވިދާޅުވެ އަޑުގަދަ ކުރައްވާފައެވެ. އޭގެ ސަބަބުން މައްސަލަ ހުށަހެޅުއްވުމަށްވެސް އާދަމް ޝަރީފަށް ދަތިތަކެއް ކުރިމަތިވެގެންދިޔައެވެ. އެހެންކަމުން، އެކަން ފާހަގަކުރައްވައި އާދަމް ޝަރީފުވެސް ނިޒާމީ ނުކުތާ ނެންގެވިއެވެ. 

އާދަމް ޝަރީފް ކުއްލި މައްސަލަ ހުށަހަޅަން އެމްޑީޕީ މެންބަރުން ހުރަސް އަޅަނީ

އެއަށްފަހުގައިވެސް ޝިފާއު ވަނީ އާދަމް ޝަރީފް ގެ މައިކު އަތުލައްވައި އެ މައިކު ބޭނުން ކުރައްވައިގެން ނިޒާމީ ނުކުތާ ނަންގަވައި ވާހަކަ ދައްކަވާފައެވެ. 

"މި މަޖިލީހުގައި އިތުރު ކަމެއް ކުރިއަށް ނުގެންދެވޭނެ، ނާއިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ނުބަލައެއް. އެ މައްސަލަ އެޖެންޑާ ކުރުމަކީ އެއީ ކުރަންޖެހޭ ކަމެއް. ރައީސް އަށް ލިބިގެންވާ އިޚްތިޔާރެއް ނޫން އެ މައްސަލަ އެޖެންޑާ ނުކޮށެއް މަޖިލީހެއް ނުހިންގޭނެ. މަޖިލީހުގެ ނާއިބު ރައީސް ގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅި، 14 ދުވަހުގެ ނޯޓިސް ހަމަވީމާ، އެ މައްސަލަ އެޖެންޑާ ކުރަންޖެހޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ނ) ވަރަށް ސާފުކޮށް އެބަ ބުނޭ. އެ މައްދާއާއި ޚިލާފަށް އެޖެންޑާ އޮތީ. އެކަން ކުރެވެންޖެހޭނީ." އާދަމް ޝަރީފްގެ މައިކު ބޭނުން ކުރައްވައި، މަޖިލީސް ކުރިއަށް ގެންދިޔުމަށް ހުރަސް އަޅުއްވަމުން ޝިފާއު ވިދާޅުވި އެވެ.  

ޝިފާއުގެ އިތުރުން ވެސް އެމްޑީޕީ މެންބަރުން ވަނީ ރިޔާސަތުގެ ކުރިމައްޗަށް ވަޑައިގެންވެސް އަފީފަށް "މުގާބޭ" އޭ ގޮވައި، ޖަލްސާ ކުރިއަށް ގެންދިޔުމަށް ހުރަސްއަޅުއްވާފައެވެ. އެހެންކަމުން، މަޖިލީހުގެ ކޮންޓްރޯލް ގެއްލި، ރިޔާސަތުގައި އިންނެވި، އަފީފު ވަނީ، ޖަލްސާ ދެން ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ، މިއަދުގެ ޖަލްސާ ނިންމަވާ ލައްވާފައެވެ. އަދި ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ މާދަމާ ކަމުގައިވެސް އަފީފު ވިދާޅުވި އެވެ. 

އަފީފު ޖަލްސާ ނިންމަވާލެއްވިކަން އިއުލާން ކުރެއްވުމާއި އެކު، އެމްޑީޕީ މެންބަރުން ވަނީ އަތްތިލަބަޑި ޖައްސަވައި، ހަޅޭލަވައި، އުފާފާޅުކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އައު އުސޫލުތަކާއެކު، ބޭރުގެ ފަރާތްތަކަށް ބައެއް ވިޔަފާރިތައް ކުރުން މަނާވެއްޖެ
މި ވިޔަފާރިތައް ކުރަމުން އައި ފަރާތްތަކަށް އުސޫލްގެ ތެރެއިން ކަންކަން ފުރިހަމަކުރުމަށް ދިން މުއްދަތު މިދިޔަ ބްރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ
10 Oct 2026
ޕާކިސްތާނުގައި 1,200 އަށްވުރެ ގިނަ ހަމަލާ؛ ސަލާމަތީ ނުރައްކާ ބޮޑުވަނީ
ރިޕޯޓުގައިވާ ގޮތުން، ނިމިދިޔަ ސެޕްޓެމްބަރު މަހަކީ ފާއިތުވި 12 އަހަރުގެ ތެރޭގައި އެންމެ ގިނައިން ހަމަލާތައް ދިން މަހެވެ. އެގޮތުން އެ މަހު އެކަނިވެސް 225 ހަމަލާއެއް ދީފައިވާއިރު، އެ ހަމަލާތަކުގައި 545 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރެއިން އެންމެ ގިނައިން މަރުވެފައިވަނީ ފުލުހުންނާއި ސިފައިންނެވެ
10 Oct 2026
ގާނޫނުން މަނާކުރިނަމަވެސް، ބޮޑުއަގުގައި ޑޮލަރު ވިއްކުން ހުއްޓުމެއް ނެތި ކުރިއަށް!
ބޭރު ފައިސާގެ ގާނޫނު (ގާނޫނު ނަންބަރު 32/2024) އަށް ގެނައި ފުރަތަމަ އިސްލާހު 2026 ވަނަ އަހަރުގެ އޮގަސްޓް 31 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައި، ސެޕްޓެމްބަރު އެއް ވަނަ ދުވަހު އެ ގާނޫނު ވަނީ ތަންފީޒުކުރަން ފަށާފައެވެ.
10 Oct 2026
ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މިމެޗަށް އޮޑި ނިކުތީ، އާ ކޯޗް ލޫސިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުންނެވެ. މި ސީޒަނުގައި އޮޑިއަށް އިރުޝާދުދެމުން އައިސްފައިވަނީ ޕޯޗްގަލްގެ ރުއީ ގްރެގޯރިއޯގެ ދަށުންނެވެ
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.