އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް އާއި މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ-- ފޮޓޯ/ މަޖިލިސް
ހަބަރު
12 Jun 2023 | 11:40
އެމްޑީޕީ ޕީޖީން އަމީން އާންމު އާއިއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

ރައްޔިތުންގެ މަޖިލީސް މިހާރު ކުރިއަށްދާ ގޮތާއިމެދު ހުރި ކަންބޮޑުވުންތައް ހިއްސާ ކުރައްވަން، ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުން މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާއާ އާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުاللهގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައި، ނޯޓިސްދެއްވި މުއްދަތު ހަމަވުމުންވެސް އެ މައްސަލަ އެޖެންޑާ ނުކުރައްވާތީ، އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވަނީ މައްސަލަ މިއަދަށް އެޖެންޑާ ކުރެއްވުމަށް އެދި އަމީން އާންމަށް މިމަހު 11 ވަނަ ދުވަހު ސިޓީއެއް ފޮނުއްވާފައެވެ. 

އެ ސިޓީގައި އަސްލަމާ ވަނީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ނ) ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ގަރާރެއް މަޖިލީހަށް ލިބުމުން އެގަރާރުގެ ލިޔުންލިބޭތާ މަދުވެގެން 3 ދުވަހުގެ ތެރޭގައ،ި އެގަރާރުގެ ނޯޓިސް އަމީން ޢާންމު މެމްބަރުންނަށާއި މަޖިލީހުގެ ރައީސަށް ނުވަތަ ނައިބު ރައީސަށް ދިނުމަށްފަހ،ު އެނޯޓިހުގެ ތާރީހުން ފެށިގެން 14 ދުވަހުގެ މުއްދަތު ދިނުމަށްފަހު އެއްމެ އަވަހަށް އަންނަ ރަސްމީ ބަންދުނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެގަރާރު ހުށައަޅަންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަން ފާހަގަކުރައްވާފައެވެ. 

އެހެންކަމުން، 12 ޖޫން 2023 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކުރުން ގަވާއިދު ލާޒިމުކުރާކަމުގައި ވެސް އަސްލަމް ވިދާޅުވި އެވެ.

އެހެންނަމަވެސް، މިއަދުގެ ޖަލްސާގައި އެ މައްސަލަ އެޖެންޑާ ކޮށްފައި ނުވާތީ، މަޖިލިސް ފެށުމާއި އެކުއެކީހެން، އެމްޑީޕީ މެމްބަރުން ވަނީ އަޑުގަދަ ކުރަން ފަށާފައެވެ. އެއާއެކު 5 މިނެޓަށް ޖަލްސާ މެދުވެސް ވަނީ ކަނޑާލާފައެވެ. އެއަށްފަހުވެސް ޖަލްސާ ފެށުމުން، އެމްޑީޕީ މެންބަރުން ގޮވަމުން ދިޔައީ މަޖިލިސް ހިނގަމުންދަނީ ގަވާއިދާއި ޚިލާފަށް ކަމަށެވެ. އަދި އީވާގެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުގެންދެވޭނެ ކަމަށްވެސް މެންބަރުން ދިޔައީ ގޮވަމުންނެވެ. އެހެންކަމުން މަޖިލީހުގެ ކޮންޓްރޯލް ގެއްލި މިއަދަށް މަޖިލިސް ވަނީ ނިންމާލާފައެވެ. 

މަޖިލިސް ނިންމާލުމާއިއެކު، އެމްޑީޕީގެ މެންބަރުން ވަނީ އަމީން އާންމާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުމުގައި ރައްޔިތުންގެ މަޖިލީހުގައި މިވަގުތު ގަވާއިދާއި ހިލާފަށް ހިގަމުންދާ ގިނަ ކަންތައްތަކެއް ހައްލު ކުރުމާމެދު މަޝްވަރާކުރެވުނު ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވައެވެ. 

ބެލެވޭ ގޮތުގައި އެ ބައްދަލުވުމުގެ ތަފްސީލު މިއަދު އޮންނަ އެމްޑީޕީ ޕީޖީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ލިބިގެންދާނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އައު އުސޫލުތަކާއެކު، ބޭރުގެ ފަރާތްތަކަށް ބައެއް ވިޔަފާރިތައް ކުރުން މަނާވެއްޖެ
މި ވިޔަފާރިތައް ކުރަމުން އައި ފަރާތްތަކަށް އުސޫލްގެ ތެރެއިން ކަންކަން ފުރިހަމަކުރުމަށް ދިން މުއްދަތު މިދިޔަ ބްރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ
10 Oct 2026
ޕާކިސްތާނުގައި 1,200 އަށްވުރެ ގިނަ ހަމަލާ؛ ސަލާމަތީ ނުރައްކާ ބޮޑުވަނީ
ރިޕޯޓުގައިވާ ގޮތުން، ނިމިދިޔަ ސެޕްޓެމްބަރު މަހަކީ ފާއިތުވި 12 އަހަރުގެ ތެރޭގައި އެންމެ ގިނައިން ހަމަލާތައް ދިން މަހެވެ. އެގޮތުން އެ މަހު އެކަނިވެސް 225 ހަމަލާއެއް ދީފައިވާއިރު، އެ ހަމަލާތަކުގައި 545 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރެއިން އެންމެ ގިނައިން މަރުވެފައިވަނީ ފުލުހުންނާއި ސިފައިންނެވެ
10 Oct 2026
ގާނޫނުން މަނާކުރިނަމަވެސް، ބޮޑުއަގުގައި ޑޮލަރު ވިއްކުން ހުއްޓުމެއް ނެތި ކުރިއަށް!
ބޭރު ފައިސާގެ ގާނޫނު (ގާނޫނު ނަންބަރު 32/2024) އަށް ގެނައި ފުރަތަމަ އިސްލާހު 2026 ވަނަ އަހަރުގެ އޮގަސްޓް 31 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައި، ސެޕްޓެމްބަރު އެއް ވަނަ ދުވަހު އެ ގާނޫނު ވަނީ ތަންފީޒުކުރަން ފަށާފައެވެ.
10 Oct 2026
ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މިމެޗަށް އޮޑި ނިކުތީ، އާ ކޯޗް ލޫސިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުންނެވެ. މި ސީޒަނުގައި އޮޑިއަށް އިރުޝާދުދެމުން އައިސްފައިވަނީ ޕޯޗްގަލްގެ ރުއީ ގްރެގޯރިއޯގެ ދަށުންނެވެ
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.