ގެންބިއާއި ރާއްޖެއާއި ދެމެދު ވިސާ ލުއިކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރަނީ
ހަބަރު
12 Jun 2023 | 14:52
ދެން ވިސާއާ ނުލައި ދިވެހިންނަށް ގެމްބިއާއަށް ދެވޭނެ

ގެންބިއާގެ ސަރުކާރާއި ރާއްޖޭގެ ސަރުކާރާއި ދެމެދު ވިސާ ލުއިކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ދިވެހި އެމްބަސީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ދިވެހިރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ސައުދީ އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ހަލީލެވެ. އަދި ގެމްބިއާގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ގައުމުން ސައުދީ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އުމަރު ޖިބްރީލް ސޮލާހެވެ.

މިކަމާއި ގުޅިގެން ފޮރިން މިނިސްޓްރީއިން ނެރުން ނޫސް ބަޔާނެއްގައި ބުނެފައިވަނީ މިއަދު މި ދެ ސަރުކާރުގެ މެދުގައި ސޮއި ކުރެވުނު 'މިއުޗުއަލް އެގްޒެމްޕްޝަން އޮފް ވިސާ ރިކުއަޔާމެންޓްސް' އެއްބަސްވުމަކީ ރާއްޖެ އަންނަ ގެމްބިއާ މީހުންނަށާއި ގެމްބިއާއަށް ދާ ދިވެހިންނަށް 30 ދުވަހުގެ މުއްދަތަކަށް ވިސާއާ ނުލައި ދަތުރު ކުރެވޭނެ މަގު ފަހި ކޮށްދޭނެ އެއްބަސްވުމެއް ކަމަށެވެ.

ފޮރިން މިނިސްޓްރީއިން އިތުރަށް ބުނެފައިވަނީ އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ދިވެހިރާއްޖޭގެ ސަފީރު ޚަލީލު ވަނީ ގެެމްބިއާއިން ދެ ގައުމުގެ ދެމެދުގައި އޮންނަ ރައްޓެހި ކަމުގެ ގުޅުމާއި އެއްބާރުލުން އިތުރަށް ބަދަހި ކުރުމަށް ކުރައްވާ މަސައްކަތަށް ޝުކުރުއަދާކޮށް، މި އެއްބަސްވުމުގެ ސަބަބުން ދެގައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހި ކުރުމުގެ މަގުތައް އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައި ކަމަށެވެ.

މިއާއިއެކު ގެމްބިއާގެ ސަފީރު ވަނީ ގެމްބިއާގެ ސަރުކާރާއި ރާއްޖެއާއި ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމަށް އެއްވައްތަރުގެ މަސްލަހަތުހުރި ދާއިރާތަކުން މަސައްކުރައްވާނެކަމަށް ވިދާޅުވެފައި ކަމަށް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ރާއްޖެ އާއި ގެމްބިއާއާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރީ 1989 އަހަރު އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވި ސެންޓަރެކެވެ.
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.