މިއަހަރުގެ ބެލެންޑޯ އެވޯޑަށް ވާދަކުރާ މެސީ އަދި ހާލަންޑް
ކުޅިވަރު
13 Jun 2023 | 06:33
މިއަހަރުގެ ބެލެންޑޯ އެވޯޑް ލިބޭނީ ކޮން ކުޅުންތެރިއަކަށް؟

ޔުއެފާ ޗެމްޕިއަންސްލީގު ފައިނަލް މެޗާއެކު ޔޫރަޕުގެ ފުޓްބޯޅަ ސީޒަން މިވަނީ ނިމުމަކަށް އައިސްފައެވެ. އާއެކު މިހާރު އެންމެ ގަދަޔަށް މި ދުވަސްކޮޅު ކުރެވޭ ބަހުސް އަކީ މިއަހަރުގެ ބެލެންޑޯ އެވޯޑް ލިބޭނީ ކޮން ކުޅުންތެރިއަކަށް ތޯ އެވެ.

ތުރުކީގެ އިސްތަންބޫލްގައި އިޓަލީގެ އިންޓަމިލާން ބަލިކޮށް މެންޗެސްޓާ ސިޓީން އެކުލަބުގެ ތާރީޚްގައި ފުރަތަމަ ފަހަރަށް ޔުއެފާ ޗެމްޕިއަންސްލީގުގެ ތަށި ހޯދުމާއެކު، އެޓީމުގެ އެޓޭކުތަކުގައި މިސީޒަނުގައި އެންމެ އިސް ދައުރެއް އަދާކޮށްފައިވާ ނޯވޭގެ ފޯވާޑް އެރްލިންގް ހާލަންޑް އަށް މި އަހަރުގެ ބެލެންޑޯ އެވޯޑް ލިބުމުގެ ފުރުސަތު ވަނީ ވަރަށް ބޮޑަށް ފަހިވެގެން ގޮސްފައެވެ.

ޖަރުމަނު ބޮރޫޝިއާ ޑޯޓްމަންޑް ދޫކޮށް އިގިރޭސި ޗެންޕިއަން މެންޗެސްޓާ ސިޓީއާއި މިދިޔައަހަރު ގުޅުނު ހާލަންޑް ވަނީ 2022/23 ވަނަ ސީޒަނުގައި ސިޓީއަށް ކުޅެދިން 53 މެޗުގައި 09 އެސިސްޓުގެ އިތުރުން 52 ލަނޑު އެކުލަބަށް ކާމިޔާބުކޮށްދީފައެވެ. މީގެ އިތުރުން ސިޓީއާއެކު އެފްއޭ ކަޕާއި ޕްރިމިއާ ލީގުގެ އިތުރުން މިއަހަރު ޗެންޕިއަންސް ލީގު ކާމިޔާބުކުރިއިރު ހާލަންޑް އަކީ މިސީޒަނުގެ ޕްރެމިއާ ލީގުގެ އިތުރުން ޔުއެފާ ޗެމްޕިއަންސްލީގުގެ ވެސް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއާއެވެ.

މީގެއިތުރުން ވެސް މިސީޒަނުގައި ހާލަންޑް ވަނީ ގިނަ ރެކޯޑުތަކެއް ހަދާފައެވެ. އޭގެ ތެރޭގައި ޕްރެމިއާ ލީގުގެ ތާރީހުގައި އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑުޖެހުމުގެ ރެކޯޑް ވަކިން ޚާއްޞަކޮށް ފާހަގަކޮށްލެވެއެވެ.

މިފަހަރުގެ ބެލެންޑޯ އެވޯޑަށް ހާލަންޑް އާއި އެންމެ ބޮޑަށް ވާދަކުރާނެކަމަށް ބެލެވެނީ މިހާރުވެސް ރެކޯޑް އަދަދަކަށް މި އެވޯޑް ހޯދާފައިވާ އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އެވެ. މި ސީޒަން ނިމުމާއެކު ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ ދޫކޮށް އެމެރިކާގެ އިންޓަ މިއާމީއަށް ބަދަލުވުމަށް ނިންމާފައިވާ، މެސީ ވަނީ ނިމިދިޔަ ސީޒަނުގައި ޕީއެސްޖީއަށް ކުޅެދިން 40 މެޗުގައި 20 އެސިސްޓުގެ އިތުރުން 20 ލަނޑު އެޓީމަށް ކާމިޔާބުކޮށްދީގައެވެ.

މީގެއިތުރުން ޕީއެސްޖީ އާއެކު ފްރާންސް ލީގު ކާމިޔާބުކުރުމުގެ އިތުރުން 2022 ވަނަ އަހަރުގެ ފަހުކޮޅު ގަތަރުގައި ބޭއްވުނު ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އާޖެންޓީނާ އަށް ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކޮށްދިން ކުޅުންތެރިއަކީ ވެސް މެސީ އެވެ.

ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިއާގެ މަގާމުގެ އިތުރުން ފައިނަލް މެޗުގައި ފްރާންސް ކޮޅަށް ޖެހި ދެ ލަނޑާއެކު ފުޓްބޯޅައިގެ ތަޖުރިބާކާރުންގެ މެދުގައި މިއަހަރުގެ ބެލެންޑޯ އެވޯޑް ހޯދުމުގެ ފުރުސަތު އެންމެ ބޮޑީ ކޮންމެ ކުޅުންތެރިއެއް ކަމާއި މެދު ވަނީ ހޫނު ގަދަ ބަހުސެއް ފެށިފައެވެ.

މެސީއަށް ތާއިދުކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ވޯލްޑްކަޕް އޮންނަ އަހަރުގައި ބެލެންޑޯ އެވޯޑް ލިބެންޖެހޭނީ ވޯލްޑްކަޕްގައި އެންމެ ރަގަޅު ކުޅުމެއް ދައްކާ ކުޅުންތެރިއަކަށެވެ. އަދި މީގެ އިތުރުން މިއަހަރުގެ ޗެންޕިްއަންސް ލީގުގެ ސެމީ ފައިނަލާއި ފައިނަލުގައި ހާލަންޑް ގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ނުފެންނަ ކަމަށާއި އެފްއޭ ކަޕް ފައިނަލުގައި ވެސް ހާލަންޑްގެ ފަރާތުން ފެނިގެންދިޔައީ ވަރަށް އާދައިގެ ކުޅުމެއްކަމަށް އެފަރާތްތަކުން ބުނެއެެވެ.

ހާލަންޑަށް ތާއިދުކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި މޮޅު ކުޅުމެއް ދެއްކުމަކީ މުޅި އަހަރުގެ އެންމެ މޮޅު ކުޅުންތެރިއާ ހޮވުމުގައި ހަމައެކަނި ޝަރުތެއް ނޫނެވެ.

ފާއިތުވެދިޔަ 23 އަހަރުގެ ތެރޭގައި ވޯލްޑްކަޕް ޗެމްޕިއަންކަން ހޯދި ޓީމަށް ނިސްބަތްވާ ކުޅުންތެރިއެއް ބެލެންޑޯ އެވޯޑް ހޯދާފައިވަނީ އެންމެ ދެ ފަހަރުއެވެ. އެއީ 2002 ވަނަ އަހަރު ވޯލްޑްކަޕްގެ ޗެމްޕިއަންކަން ހޯދި ބްރެޒިލްގެ ފޯވާޑް ރޮނާލްޑޯ އާއި 2006 ވަނަ އަހަރުގެ ވޯލްޑްކަޕް ޗެމްޕިއަންކަން ހޯދި އިޓަލީގެ ކެޕްޓަން ފަބިއޯ ކަނަވާރޯ އެވެ.

މިއަހަރުގެ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު ފުރާންސްގެ ވެރިރަށް ޕެރިހުގައި މި އަހަރުގެ ބެލެންޑޯ އެވޯޑް ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވާ މެސީ އާއި ހާލަންޑްގެ އިތުރުން މިއަހަރުގެ އެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ލިސްޓުގެ ތިންވަނަ އަދި ހަތަރުވަނާގައި އުޅެނީ ޕީއެސްޖީގެ ކެޕްޓަން ކިލިއަން އެމްބާޕޭ އާއި ރެއާލް މެޑްރިޑުގެ ބްރެޒިލް ފޯވާޑް ވިނީޝިއަސް ޖޫނިއަރ އެވެ.

މިއަހަރުގެ ބެލެންޑޯ ރޭންކިންގައި މިހާރުވެސް ކުރީގައި އުޅެނީ މެސީ އެވެ. މިއާއެކު އުފެދޭ ސުވާލަކީ މެސީ ފަހަތަށް ޖައްސާލުމަށްފަހު ހާލަންޑަށް މި އެވޯޑް ކާމިޔާބު ކުރެވިދާނެތޯއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.