މަޖިލީހުގެ ކެލާ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ޝަރީފް-- ފޮޓޯ/ މަޖިލިސް
ހަބަރު
13 Jun 2023 | 09:48
ރިޔާސަތަށް އަރާނެ މީހަކު އައްޔަން ނުކުރުމަކީ ރައީސް ނަޝީދު އަމިއްލައަށް އިސްތިއުފާދިނުން: ޝަރީފު

ނައިބުރައީސް އިތުބާރުނެތްކަމަށް ވޯޓްނަގަން ބާއްވާ މަޖިލީހުގެ ޖަލްސާގައި ޤަވާއިދުގައި ވާގޮތަށް ރިޔާސަތަށް އަރާނެ މީހަކު އައްޔަން ނުކުރުމަކީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަމިއްލައަށް އިސްތިއުފާދެއްވުން ކަމަށް، މަޖިލީހުގެ ކެލާ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ. 

މަޖިލިހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތް ހަމައެކަނި މައްސަލައަކީ އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލައާ މެދުގައި ގޮތެއް ނިންމުމެވެ. 

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައި ވާގޮތުން، ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްދާއިރު މަޖިލީހުގެ ރިޔާސަތުގައި އިންނަވާނީ މަޖިލީހުގެ ރައީސް ކަމަށެވެ. އަދި މަޖިލީހުގެ ރައީސް ގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްދާއިރު ރިޔާސަތުގައި އިންނަވާނީ ނާއިބު ރައީސް އެވެ. 

އެހެންކަމުން، މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުاللهގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކޮށް، އަމީން އާންމު ވަނީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެ އަރިހުގައި ސިޓީއަކުން އެދިލައްވާފައެވެ. އެހެންނަމަވެސް، އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލައާއި މެދު ވަކި ގޮތެއް ނުނިންމެނީސް އީވާގެ މައްސަލަ ކުރިއަށްދާއިރު ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާކަން އަންގަވާފައިވާ ކަމަށް އަމީން އާންމު ވިދާޅުވި އެވެ. އެހެންކަމުން އެ މައްސަލަ މިއަދު ކުރިއަށް ގެންދެވޭގޮތް ވަނީ ނުވެފައެވެ. 

މިކަމާއި ގުޅިގެން އިބްރާހީމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ނައިބުރައީސް އިތުބާރުނެތްކަމަށް ވޯޓްނަގަން ބާއްވާ މަޖިލީހުގެ ޖަލްސާ ޤަވާއިދުގައި ވާގޮތަށް ރިޔާސަތަށް އަރާނެ މީހަކު އައްޔަން ނުކުރުމަކީ ރައީސްގެ މަގާމުގެ މަސްއޫލިއްޔަތުން އެއްކިބާވުން، ނުވަތަ އިތުބާރުނެއްކަމުގެ ވޯޓުން އެއްކިބާވުމަށް އަމިއްލައަށް އިސްތިއުފާދެއްވުން ކަމަށެވެ. 

ރައީސް ނަޝީދު ވަޑައިނުގެންނެވުމުން ރިޔާސަތު ބަލަހައްޓަވާނެ ބޭފުޅަކު ނެތި، ރިޔާސަތު ކަނޑައެޅުމާމެދު ގޮތެއް ނުނިންމެނީސް މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވޭނެކަން އަންގައި ޖަލްސާ ވަނީ މިވަގުތަށް ނިންމާލާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.