ކިލިއަން އެމްބާޕޭ
ކުޅިވަރު
13 Jun 2023 | 09:39
އެމްބާޕޭގެ ޑްރާމާ އަނެއްކާވެސް ފެށިއްޖެ!

ޕީއެސްޖީ ޓީމުގެ ކެޕްޓަން ކީލިއަން އެމްބާޕޭ މިހާރު އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ދެން އެއްބަސްވުން އައުނުކުރާނެ ކަމަށް އޭނާ އެ ކުލަބަށް އަންގާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ޕީއެސްޖީއާއެކު އެމްބާޕޭ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އަދި އެ އެއްބަސްވުމުގައި ވާ ގޮތުން ދެފަރާތް އެއްބަސްވާ ނަމަ އެ މުއްދަތު އިތުރު އެއް އަހަރަށް އިތުރުކުރުމުގެ ފުރުސަތު އެބައޮތެވެ.

ނަމަވެސް މިހާރު އެމްބާޕޭ ވަނީ އިތުރަށް ޕީއެސްޖީގައި މަޑުކުރަން ބޭނުން ނުވާކަން އެކުލަބަށް އަންގާފައެވެ. ޕީއެސްޖީއާއެކު އެންމެ ފުރަތަމަ އެމްބާޕޭ ސޮއި ކުރި ދާއިމީ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ މިދިޔަ ސީޒަނުގެ ނިޔަލަށެވެ. އެއާއެކު އޭނާ އެ ކުލަބު ދޫކޮށް، ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތަކެއް ފެތުރުނެވެ. ނަމަވެސް ޕީއެސްޖީން ވަނީ އެމްބާޕޭގެ އެއްބަސްވުން ދެ އަހަރަށް އައު ކޮށްފަ އެވެ. އޭނާ ރެއާލަށް ނޫނެކޭ ބުނީ ފަހު ވަގުތު ކަމަށް ވެސް މީޑިއާތަކުން ބުނެ އެވެ. އޭރު އެމްބާޕޭ ޕީއެސްޖީގެ އެއްބަސްވުން އައު ކުރީ ފުރާންސްގެ ރައީސް ގެ އިތުރުން އެގައުމުގެ ނުފޫޒުގަދަ އެތައް ބައެއްގެ ޕްރެޝަރާ އެކު ކުލަބުން އޭނާ އަށް ބޮޑެތި ބާރުތަކެއް ވެސް ލިބޭ ގޮތަށެވެ.

ނަމަވެސް، ރެއާލް މެޑްރިޑުން އަދިވެސް އުންމީދު ކަނޑައެއް ނުލައެވެ. އެކުލަބުން އަންނަނީ އަދިވެސް އެމްބާޕޭ އަށް ފާރަލަމުންނެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޕީއެސްޖީގެ އެއްބަސްވުން އެމްބާޕޭ އައު ނުކޮށްފި ނަމަ، ކުލަބުން ވިސްނަނީ ހިލޭ ޓްރާންސްފާއެއްގެ ބަދަލުގައި، ރަނގަޅު އަގެއް ލިބޭ ގޮތަށް އޭނާ ވިއްކާލުމަށެވެ. ނަމަވެސް މިވަގުތު އެކުލަބުން މަސައްކަތް ކުރަމުން އަންނަނީ އިތުރު އެއް އަހަރަށް އެމްބާޕޭ އެކުލަބުގައި މަޑުކުރުމަށް އެއްބަސްކުރުވޭތޯ އެވެ. 

2017 ވަނަ އަހަރު މޮނާކޯ ދޫކޮށް 180 މިލިއަން ޔޫރޯގެ ޓްރާންސްފާ އެއްގައި ޕީއެސްޖީއަށް ބަދަލުވި ފަހުން އެމްބާޕޭ އަންނަނީ އެ ކުލަބުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެމްބާޕޭ ވަނީ މިހާތަނަށް ޕީއެސްޖީ އަށް ކުޅެދިން 260 މެޗުގައި 212 ލަނޑު އެކުލަބަށް ކާމިޔާބުކޮށްދީފައެވެ.

ޕީއެސްޖީގެ ތާރީޚުގައި އެކުލަބަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއާ އެމްބާޕޭ ވަނީ ފާއިތުވެދިޔަ 06 ސީޒަނުގައި އެކުލަބާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އޭގެތެރޭގައި އެކުލަބުގެ ތާރީޚްގައި ފުރަތަމަ ފަހަރަށް ޗެންޕިއަންސް ލީގުގެ ފައިނަލަށް ގެންގޮސްދިނުން ވެސް ހިމެނެއެވެ.

މީގެއިތުރުން ވެސް މިސީޒަން ނިމުމާއެކު ޕީއެސްޖީގެ މުހިންމު ދެކުޅުންތެރިން ކަމަށްވާ މެސީ އާއި ނޭމާ ކުލަބު ދޫކޮށްލަން ނިންމާފައިވާއިރު އެއްފަހަރާ މި ތިން ކުޅުންތެރިން ކުލަބު ދޫކޮށް ދިއުމަކީ ޕީއެސްޖީއަށް ފޫނުބެއްދޭނެ ވަރުގެ ގެއްލުމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.