Advertisement

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އުތުރަށް ހުދު ސަމާލު ނެރެފި

13 Jun 2023 | 11:30
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އުތުރަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އުތުރުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ކ. އަތޮޅާ ހަމައަށެވެ. އެސަރަހައްދަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު 10:15 އިން ފެށިގެން ހަވީރު 16:00 އާ ހަމައަށެވެ.

މިވަގުތުތަކުގެ ތެރޭގައި އެ ސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ވަނީ ހާމަކޮށްފައެވެ.

Advertisement

މޫސުމާއިބެހޭ ޤައުމީ އިދާރާއިން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި މިއަހަރުގެ ހުޅަނގު މޫސުން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިދިޔަ މެއި މަހުގެ 3 ވަނަ ދުވަހު ފެށިފައިވާއިރު، އުތުރުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށިފައިވަނީ 4 ވަނަ ދުވަހުއެވެ. ޢާންމު ކޮށްވެސް ކޮންމެ އަހަރެއްގެވެސް ޖޫން ޖުލައި ގައި ރާއްޖެއަށް ވިއްސާރަވެ ކަނޑުތައް ގަދަވެއެވެ.

Advertisement

ކޮމެންޓް