ސީރިޔާގެ ރައްޔިތުން ދިރިއުޅޭ ކޭމްޕްއެއް
ދުނިޔެ
14 Jun 2023 | 09:53
ފަންޑު މަދުވެ ޔޫއެން އިން ސީރިޔާގެ ރައްޔިތުންނަށް ދޭ އެހީގެ އެއްބައި ކަނޑާލަން ޖެހިދާނެ ކަމަށް ބުނެފި

ފަންޑު މަދުވުމުގެ ސަބަބުން ޔޫއެން އިން ސީރިޔާގެ ރައްޔިތުންނަށް ދެމުންދާ ކާބޯތަކެތީގެ އެހީގެ އެއްބައި ކަނޑާލަން ޖެހިދާނެ ކަމަށް އެ ޔޫއެން އިން ބުނެފިއެވެ.


ޔޫއެން އިން ބުނެފައިވަނީ ފަންޑު މަދުވުމުގެ ސަބަބުން އެ އޮގަނައިޒޭޝަންގެ ވޯލްޑް ފުޑް ޕްރޮގްރާމްގެ ދަށުން އެހީ ފޯރުކޮށްދޭ 5.5 މިލިއަން މީހުންގެ ޢަދަދު 2.5 މިލިއަނަށް މަދުކުރަން ޖެހިފައިވާ ކަމަށެވެ.

އަދި އެ އެންމެންނަކީވެސް އެމީހުންެގެ އެންމެ ޒަރޫރީ ބޭނުންތައް ފުއްދުމަށްވެސް އެ ފަދަ އެޖެންސީތަކުގެ އެހީއަށް ބަރޯސާވެފައި ތިބި މީހުން ކަމަށް އެ އޮގަނައިޒޭޝަނުން ވަނީ ބުނެފައެވެ.

ވޯލްޑް ފުޑް ޕްރޮގްރާމް އިން ބުނެފައިވަނީ 5.5 މިލިއަން މީހުންނަށް ކާބޯތަކެތި ފޯރު ކޮށްދިނުން ކުރިއަށް ގެންގޮސްފިނަމަ އޮކްޓޫބަރާއި ހަމައަށް ފަންޑު އެކީއެކަށް ހުސްވާމެ ކަމަށެވެ.

ސީރިޔާގައި 12 އަހަރުވަންދެން ކުރިއަށް ގެންދިޔަ ދާޚިލީ ހަނގުރާމައިގެ ސަބަބުން ބައި މިލިއަނެއްހާ މީހުން އެޤައުމުން ވަނީ މަރުވެ ގޮސްފައެވެ. އަދި ބައި މިލިއަނެއްހާ މީހުން ވަނީ ގެދޮރު ގެެއްލި ހާލުގައި ޖެހިފައެވެ.

މިއަހަރުގެ ފެބްރުއަރީ މަހު ތުރްކިޔާ އާއި ސީރިޔާ ގުޅޭ ހިސާބަށް އައި ބިނަހެލުނަ ތަކުގެ ސަބަބުން ދެ ޤައުމުންވެސް އެތައް ބަޔަކު  ވަނީ މަރުވެފައެވެ. ޔޫއެން އިން ބުނެފައިވަނީ މިކާރިސާގެ ކުރިނަވެސް 12.1 މިލިއަން ސީރިޔާގެ ރައްޔިތުން ތިބީ ބަނޑުހައި ހޫނުކަން މަތީގައި ކަމަށެވެ. އަދި އެ ކާރިސާތަކަށް ފަހު އެޢަދަދު ވަނީ އިތުރުވެފައެވެ.

ދުނިޔެއަށް މިފަހުން ކުރިމަތިވި އެންމެ ބޮޑު އިންސާނީ ކާރިސާ ކަމަށްވާ ކޮރޯނާވައިރަސްގެ ސަބަބުން ކުރިމަތިވި އިޤްތިޞާދީ
ކާރިސާއިން އަދިވެސް ސީރިޔާ އަށް އަރައިނުގަނެވެއެވެ.
ވޯލްޑް ފުޑް ޕްރޮގްރާމް އިން ބުނެފައިވަނީ ސީރިޔާގެ އާންމު މީހަކަށް މަހަކު ލިބޭ މުސާރައިން  ވަނީ ކާބޯތަކެއްޗަށް މަހެއްގެ އެއްކުއާޓަރުގައި ހަރަދު ކުރާހާ ކަމަށެވެ.

ސީރިޔާގައި ކާބޯތަކެތީގެ އަގު ހުރީ އެހާވެސް ބޮޑަށް މަތީގައެވެ. މީގެ އިތުރުން ކާބޯތަކެތީގެ އެހީ ލިބޭ ފަރާތްތަކަށްވެސް އެއިން ފުއްދާލެވެނީ ހަމަ ކިރިޔާ ކަމަށް ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ